Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭދަފުށީ ކަޕް

އޭދަފުށީ ކަޕް ފައިނަލް: ޝަރަފުވެރި މެހުމާނަކަށް ސެމްބެ

މިއީ ނައިބް ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން ޝަރަފުވެރިކޮށްދެއްވާ ފުރަތަމަ މުބާރާތް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 27 އޮކްޓޯބަރު 2023 | ހުކުރު 00:29
Hussain Mohamed Latheef

Hussain Mohamed Latheef

ރެޑްވޭވް އޭދަފުށީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހުމާނަކަށް އިންތިހާބީ ނައިބް ރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސައިފި އެވެ.

މިއީ ނައިބް ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން ކުޅިވަރުގެ މިފަދަ މުބާރާތެއް ޝަރަފުވެރިކޮށްދެއްވަން ސެމްބެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މިއަދު ހަވީރު އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ ފައިނަލް މެޗަށް ސެމްބެ ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހެނދުނު އެވެ.

ސެމްބެއާއެކު އޭދަފުށީ ދާއިރާގެ މެމްބަރު އަދި މުބާރާތް ސްޕޮންސާކުރާ ރެޑްވޭވް ކުންފުނީގެ ވެރިޔާ އަހުމަދު ސަލީމް އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ވެސް މިއަދު އޭދަފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭދަފުށީ ކަޕް ފުޓްބޯޅަ މުބާރާތަކީ އެރަށުގައި ތައްޔާރުކުރި ފުޓްބޯޅަ ސްޓޭޑިއަމް ހުޅުވަން ކުޅޭ މުބާރާތެވެ. އަދި މިއީ އަތޮޅުތެރޭގައި މުޅިން އަލަށް ޓިކެޓް ވިއްކައިގެން ކުޅޭ ފުރަތަމް މުބާރާތެވެ. މިމަހުގެ މެދުތެރެއިން ފެށިގެން ހަތަރު ޓީމު ވާދަކުރި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ވެލާ ސިޓީ އާއި ހުސްސޮންގުން ޓީމެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 30000ރ. އެވެ. ރަނައަޕް ޓީމަށް 20000ރ. އެވެ. މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އާއި މުއާސަލާތީ ކުންފުނި އުރީދޫ އާއި ކުޅިވަރު ސާމާނު ވިއްކާ އޮބިއޮން އާއި ގްރަފިކާ އާއި އެލްމޮބައިލް ހިމެނެ އެވެ.

ބ. އޭދަފުށިކުލަބް އޭދަފުށި

އިތުރަށް ކިޔާލަން

12 ޖުލައި 2025

އޭދަފުށީ ކައުންސިލުން ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވޭ: އޮޑިޓް ރިޕޯޓް

12 ޖުލައި 2025
އޭދަފުށީ ކައުންސިލުން ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވޭ: އޮޑިޓް ރިޕޯޓް
08 މެއި 2024

އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އަޅަނީ

08 މެއި 2024
އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އަޅަނީ
14 ނޮވެމްބަރު 2023

އޭދަފުށީގެ ފަޚުރުވެރި ކެޕްޓަން މަޖީދު: ރަށުގައި އަދިވެސް އޮތީ އިޙްތިރާމާއި ލޯބި

14 ނޮވެމްބަރު 2023
އޭދަފުށީގެ ފަޚުރުވެރި ކެޕްޓަން މަޖީދު: ރަށުގައި އަދިވެސް އޮތީ އިޙްތިރާމާއި ލޯބި
05 ނޮވެމްބަރު 2023

ވާހިދު: އުއްމީދުގެ ދަންމަރު ދިއްލައިދިން ފަހުރުވެރި ލެޖެންޑް

05 ނޮވެމްބަރު 2023
ވާހިދު: އުއްމީދުގެ ދަންމަރު ދިއްލައިދިން ފަހުރުވެރި ލެޖެންޑް
02 ނޮވެމްބަރު 2023

އޭދަފުށީގައި ކުރިން ކުޅެނީ މަތިން، މިހާރު ތިރިން

02 ނޮވެމްބަރު 2023
އޭދަފުށީގައި ކުރިން ކުޅެނީ މަތިން، މިހާރު ތިރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު