Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިގުތިސާދީ ކޮމިޓީގެ ބައްދަލުވުން

ހޮރައިޒަންގެ މައްސަލަ ކުރިއަށްގެންދިޔަ ކޮމިޓީ ބައްދަލުވުން މިނިސްޓަރގެ އެދިވަޑައިގަތުމަށް ސިއްރު، ބައްދަލުވުމުގައި ގާސިމް އިންނެވި

ހޮރައިޒަންއަކީ ގާސިމްގެ ވިލާ ކުންފުނީގެ ސަބްސިޑަރީ ކުންފުނި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2022 | އަންގާރަ 14:21
އިގުތިސާދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އިގުތިސާދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ހޮރައިޒަން ފިޝަރީޒްއަށް ހޯނޑެއްދޫއިން މަސް ފެކްޓަރީ އަޅަން ދޫކޮށްފައިވާ ބިމުގެ އެގްރީމަންޓްގެ މައްސަލާގައި، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރަމުން އަންނަ އިގުތިސާދީ ކޮމިޓީގެ ބައްދަލުވުން، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ އެދިވަޑައިގަތުމަށް ސިއްރުކޮށްފިއެވެ.

ފިރުޝާން ހުށަހަޅުއްވާފައިވާ މި މައްސަލައަކީ، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން އެތައް ފަހަރެއްގެ މަތިން އެއްބަސްވުމާ ޚިލާފުވެފައިކަން މަޖިލީހުގައި ފިޝަރީޒް މިނިސްޓަރު އެކި ފަހަރު މަތިން ދެއްވާފައިވާ ޖަވާބުތަކުން އެނގޭއިރު، މި މައްސަލައިގައި ފިޝަރީޒް މިނިސްޓަރު އެއްވެސް ގޮތެއް ނުނިންމަވާ ސަބަބާއި، އަދި މިކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ވޭތޯއާއި، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުން ބާތިލުވެފައިވާއިރުވެސް، ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އަދި ހެދިފައިވާ އެންމެހައި އުސޫލުތަކުގެ ބޭރުން އެއްބަސްވުން ދަމަހައްޓާ މައްސަލަ ބައްލަވައި، ހައްލެއް ހޯއްދަވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

މިމައްސަލަ ދިރާސާކުރަމުން އަންނަ އިގުތިސާދީ ކޮމިޓީން އަންގާރަ ދުވަހުގެ 12:30ގައި ބޭއްވި ބައްދަލުވުމަށް މިނިސްޓަރ ހާޒިރުކުރިއިރު ކޮމިޓީ ބައްދަލުވުން ސިއްރުކުރެއްވުމަށް އެދިވަޑައިގެންނެވީ މިނިސްޓަރެވެ. ކޮމިޓީ ބައްދަލުވުން ސިއްރުކުރެއްވުމަށް އެދިވަޑައިގަންނަވަމުން މިނިސްޓަރ ވިދާޅުވީ، ކޮމިޓީ ބައްދަލުވުމުގައި ދައްކާ ވާހަކައާ ގުޅިގެން އެކުލަވާލާ ރިޕޯޓަކީވެސް ސިއްރު ރިޕޯޓެއްކަމަށް ހައްދަވައިދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މިނިސްޓަރ އެގޮތަށް އެދިވަޑައިގަތުމުން ކޮމިޓީގެ މުގައްރިރު އަލިފުށި ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ، ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުން އެކަމަށް އިއުތިރާޒު ނުކުރައްވާނަމަ ކޮމިޓީ ބައްދަލުވުން ސިއްރުކުރެވޭނެކަމަށެވެ. ކޮމިޓީ ބައްދަލުވުމުގައި އެވަގުތު ތިއްބެވީ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އަލީ ރިޒާއާއި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާހީމް ނާޒިލްއާއި، މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމްއާއި، ނިލަންދޫ ދާއިރާގެ މެމްބަރ އަބްދުލް މުހުސިން ހަމީދު، އަދި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރ މުހައްމަދު ސައީދެވެ.

ހޮރައިޒަންއަކީ ގާސިމްގެ ވިލާ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެވެ. ކޮމިޓީ ބައްދަލުވުން ސިއްރުކުރުމާމެދު މެމްބަރުންގެ މެދުގައި ވޯޓެއް ނަންގަވާނެކަމަށް ކޮމިޓީގެ މުގައްރިރު ވިދާޅުވުމުން ގާސިމް ވަނީ، މިއީ އެމަނިކުފާނާ ގުޅުންހުރި މައްސަލައަކަށްވާތީ ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާނެކަމަށް ވިދާޅުވެފައެވެ.

އޭގެފަހުން މެމްބަރުންނަށް ވާހަކަދެއްކެވުމަށް ހުޅުވާލި ފުރުސަތުގައި ނިލަންދޫ ދާއިރާގެ މެމްބަރ އަބްދުލް މުހުސިން ވަނީ، މިނިސްޓަރ އެގޮތަށް އެދިވަޑައިގަންނަވާކަމަށްވާނަމަ ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް ތާއީދުކުރާކަމަށް ވިދާޅުވެފައެވެ. އަދި މިލަންދޫ ދާއިރާގެ މެމްބަރ އަލީ ރިޒާ ވަނީ މުހުސިންގެ ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ.

ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް ނިލަންދޫ ދާއިރާގެ މެމްބަރ އަބްދުލް މުހުސިން ހަމީދުއާއި މިލަންދޫ ދާއިރާގެ މެމްބަރ އަލީ ރިޒާ އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލް ވޯޓު ދެއްވިއެވެ. އެއާއެކު 3 މެމްބަރުންގެ ވޯޓުން ކޮމިޓީ ބައްދަލުވުން ސިއްރުވެގެންދިޔައެވެ.

އަންގާރަ ދުވަހުގެ 1:30ގައި ވަނީ މިމައްސަލައާ ގުޅިގެން ހޮރައިޒަން ފިޝަރީޒްގެ ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީ ބައްދަލުވުމެއް އެޖެންޑާކޮށްފައެވެ. އެބައްދަލުވުމުގައި ގާސިމް ވަނީ ހޮރައިޒަންގެ ޗެއާމަންގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވާފައެވެ.

މެންބަރު ފިރުޝާން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ހޯނޑެއްދޫ ބިމުން ފިޝަރީޒް މިނިސްޓްރީއަށް ދޫކޮށްފައިވާ ބިން އެ މިނިސްޓްރީން 2005 ވަނަ އަހަރު ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް މަސް ފެކްޓްރީއެއް އެޅުމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާކަމަށެވެ. ނަމަވެސް އެ ބިން ކުއްޔަށް ދޫކުރިތާ 17 އަހަރު ވާން ގާތްވެފައިވާއިރު، އެ ބިމުގައި މަސް ފެކްޓްރީއެއް އަޅައި، އެތަނުން މަސްވެރިންނަށް ޚިދުމަތް ދީފައި ނުވާކަމަށެވެ. އަދި މި މައްސަލައިގައި، އެ ބިމުގައި މަސް ފެކްޓްރީ އަޅައި އޮޕަރޭޝަނަށް ނުގެނެސް ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް ފިޝަރީޒް މިނިސްޓަރު ހާޒިރުކުރައްވައި، އެކަމާ ގުޅޭގޮތުން މަޑަވެލި ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުމާއި އަދި އުފެދޭ ސުވާލުތަކާއި އަދި ބޭނުންވާ ހައްލުތަކުގެ ވާހަކަވެސް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ދަންނަވާފައިވާނެ ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ ސުވާލު ކުރުމުގެ ފުރުސަތުގައި ތަކުރާރުކޮށް ކުރާ ސުވާލުތަކަށް މިނިސްޓަރު ދެއްވާ ޖަވާބުތަކަކީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ ކުންފުނީގެ ދިފާއުގައި ދެއްވާ ޖަވާބުތަކެއް ކަމަށެވެ. އަދި އެ ޖަވާބުތަކުން ދޭހަވަނީ، މިނިސްޓްރީގެ އަދި މިނިސްޓަރުގެ އެއްވެސް ސީރިއަސްކަމެއް މި މައްސަލަ ހައްލުކުރުމުގައި ނެތްކަންކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ.

އަދި 29 އޮގަސްޓް 2022ގައި މަޖިލީހުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މި މަސް ފެކްޓްރީ އެޅުމަށް ވެފައިވާ އެއްބަސްވުމާއި އަދި ސްކިޕްޖެކް އިންވެސްޓްމަންޓް އެގްރީމަންޓް ފޯ ޒޯން 3 އެންޑް 4ގެ ދަށުން، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯނޑެއްދޫގައި އަޅާ ކޯލްޑް ސްޓޯރޭޖާއި މަސް ގަންނަ ފެސިލިޓީގެ މަސައްކަތް ފުރިހަމަކޮށްފައި ނުވާތީ، 30 ދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް ނިންމުމަށް އަންގައި، އެއްބަސްވުމާއި ޚިލާފުވެގެން ދޭ ނޯޓިސް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް 10 ޖޫން 2020ގައި ދީފައިވާ ކަމަށް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެފައިވާ ކަމަށްވެސް މި މައްސަލައިގައި ވަނީ ބުނެފައެވެ.

ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުންވަނީ އެތައް ފަހަރެއްގެ މަތިން އެއްބަސްވުމާ ޚިލާފުވެފައިކަން މަޖިލީހުގައި ފިޝަރީޒް މިނިސްޓަރު އެކި ފަހަރު މަތިން ދެއްވާފައިވާ ޖަވާބުތަކުން އެނގޭކަމަށް މި މައްސަލާގައި ބުނެފައިވެއެވެ. އަދި ކަން މިހެންއޮތްއިރު، އެއްބަސްވުމާ ޚިލާފުވެގެން މިއަދާ ހަމައަށް ހޮރައިޒަންއަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށާއި އެއްބަސްވުން ބާތިލްކޮށްފައި ނުވާއިރު، ފިޝަރީޒް މިނިސްޓްރީން މި މައްސަލައިގައި އެއްވެސް ނިންމުމެއް ނުނިންމައި ތިބޭ ތިބުމަކީ ކޮރަޕްޝަނާއި ފައިދާތަކަށް ހުޅުވިގެން ތިބޭ ތިބުންކަމަށް މެންބަރުގެ މައްސަލައިގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްގާސިމް އިބްރާހީމްހޮރައިޒަން ފިޝަރީޒް މޯލްޑިވްސްމިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން

ކޮމެންޓް

އިތުރަށް ކިޔާލަން

ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

03 އޮކްޓޯބަރު 2025
ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

22 އޯގަސްޓު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް

ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް

18 ފެބުރުއަރީ 2025
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު