Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގޮންޒާލޯ ހުގުއިން

އަސަރުގަދަ ވާހަކަތަކަކާއެކު ހިގުއިން ފުޓުބޯޅައިން ރިޓަޔާވެއްޖެ

އުމުރުން 34 އަހަރުގެ ހިގުއިން އަކީ އާޖެންޓީނާގެ އިތުރުން ކުލަބް ލެވެލްގައި ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2022 | އަންގާރަ 02:18
ގޮންޒާލޯ ހިގުއިން

ގޮންޒާލޯ ހިގުއިން

އާޖެންޓީނާގެ ޤައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ ފޯވާޑް ގޮންޒާލޯ ހިގުއިން ފުޓުބޯޅައިން ރިޓަޔާވިކަން އިއުލާންކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ހިގުއިން އަކީ އާޖެންޓީނާގެ އިތުރުން ކުލަބް ލެވެލްގައި ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ. އޭނާ ވަނީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ކުޅެދީފައެވެ.

ހިގުއިން ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކުރި އިރު އޭނާ ހުރީ އެމެރިކާގެ އިންޓަ މިއާމީގައެވެ. ހިގުއިން އޭނާގެ ސީނިއާ ކެރިއަރު ފަށާފައިވަނީ 2005 ވަނަ އަހަރު އާޖެންޓީނާގެ ރިވާ ޕްލޭޓުންނެވެ. ދެ އަހަރު އެ ޓީމަށް ކުޅެދިނުމަށްފަހު، 2007 ވަނަ އަހަރު އޭނާ ބަދަލުވީ ސްޕެއިންގެ ގަދަ އެއް ބާރު ރެއާލް މެޑްރިޑަށެވެ. އެ ޓީމުގައި އޭނާ ވަނީ ކާމިޔާބު ހަ އަހަރު ހޭދަކޮށްފައެވެ. ރެއާލްގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް ކުޅެދިން 264 މެޗުގައި 121 ލަނޑު ޖަހާފައެވެ. އެ ޓީމާއެކު އޭނާ ވަނީ ހަ ތައްޓެއް ވެސް ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށް 2013 ވަނަ އަހަރު ހިގުއިން ބަދަލުވީ އިޓާލިއަން ލީގުގެ ނަޕޯލީއަށެވެ. އެއަށްފަހު 2016 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވިއެވެ. ޔުވެންޓަސްގައި ހުރެ އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނާއި ޗެލްސީ އަށް ކުޅެފައެވެ. ހިގުއިން އެންމެ ފަހުން ކުޅުނު ކުލަބު އިންޓަ މިއާމީ އަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ.

ހިގުއިން ވަނީ 2009 އިން 2018 އަށް އާޖެންޓީނާގެ ޤައުމީ ޓީމަށް ވެސް ކުޅެފައެވެ. ޤައުމީ ޓީމަށް ކުޅެދިން 75 މެޗުން އޭނާ ވަނީ 31 ލަނޑު ޖަހާފައެވެ. އާޖެންޓީނާއާއެކު 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް ކުޅުނު އިރު، 2015 އާއި 2016 ވަނަ އަހަރުގެ ކޮޕަ އެމެރިކާ މުބާރާތުގެ ފައިނަލް ވެސް ކުޅެފައިވެއެވެ.

ފުޓުބޯޅައިން ރިޓަޔާވިކަން އިއުލާންކޮށް ދެއްކި ވާހަކައިގަ ހިގުއިން ބުނީ، ސޯޝަލް މީޑިއާ ގައި މީހުންނަށް ނިސްބަތްކޮށް ކުރާ ކޮމެންޓުތަކުގެ ސަބަބުން މީހުންނަށް ވަރަށް ގެއްލުންވާ ކަމަށެވެ. އެކަމުން އެ މީހަކަށް ކުރާ ގެއްލުމުގެ އަސަރު އެހެން މީހަކަށް ތަސައްވަރު ވެސް ނުކުރެވޭނެ ކަން ފާހަގަކޮށް ހިގުއިން ބުނީ، އޭނާ އަށް ވެސް އެކަން ކަން ވަރަށް ބޮޑަށް ދިމާވި ކަމަށެވެ. އަދި އެކަމުގައި އޭނާ އަށް އެހީވެދިނީ އާއިލާގެ މެމްބަރުންކަން ވެސް ހިގުއިން ފާހަގަ ކުރިއެވެ. ނިންމާލަމުން އޭނާ ބުނީ ސޯޝަލް މީޑިއާގައި މީހަކަށް ހަމަލާ ދިނުމުގެ ކުރިން އެކަމާ ވިސްނާލަން ޖެހޭނެ ކަމަށެވެ.

އާޖެންޓީނާގޮންޒާލޯ ހިގުއިން

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

20 މާރިޗު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު