Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޑޮނޭޝިއާ

ފިތިގެން މަރުވި މީހުންގެ ތެރޭގައި 17 ކުޑަކުދިން

މީގެ އިތުރުން ހަތް ކުދިންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2022 | ހޯމަ 06:27
ހިތާމަ ފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން

ހިތާމަ ފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން

އިންޑޮނޭޝިއާ ފުޓުބޯޅަ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ސަޕޯޓަރުންތަކަކާއި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ އަރެމާ އާއި ޕާސެބަޔާ ސުރަބަޔާ ދެމެދު ކުޅުނު މެޗުން އަރެމާ ބަލިވުމާއެކު ސަޕޯޓަރުން ދަނޑަށް އަރައިގަތުމުންނެވެ. އެވަގުތު ދަނޑަށް އަރައިގަން ސަޕޯޓަރުން ހުއްޓުވުމަށް ފުލުހުން ވަނީ ޓިއަރ ގޭސް ބޭނުންކޮށްފައެވެ. ޓިއަރ ގޭސް ބޭނުން ކުރުމުން، ސްޓޭޑިއަމުން ނުކުތުމަށް ސަޕޯޓަރުން އުޅުމުގެ ތެރޭގައި ތޮއްޖެހި، ނޭވާހާސްވެ ހިނގި މި ހާދިސާގައި މިހާތަނަށް ވަނީ 174 މީހުން މަރުވެ، 180 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައެވެ.

ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާގައި ވަނީ 17 ކުޑަކުދިން ވެސް މަރުވެފައެވެ. މީގެ އިތުރުން 7 ކުދިންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހާދިސާގައި މަރުވި 14 އަހަރާއި 15 އަހަރުގެ ދެ ކުދިންގެ ދައްތަ ރޮއިޓާސް އަށް ކިޔައިދިން ގޮތުގައި، ކަންތައް އެގޮތަށް ދިމާވެދާނެ ކަމަށް އާއިލާގެ މެމްބަރުން ހީނުކުރާ ކަމަށެވެ. އޭނާ ބުނީ އެ ދެ ކުދިންނަކީ އަބަދުވެސް ފުޓުބޯޅަ އަށް ލޯބި ކުރާ ދެ ކުދިންކަމަށެވެ. ނަމަވެސް، އަރެމާ އިން ކަންޖުރުހަމް ސްޓޭޑިއަމްގައި ކުޅުނު މެޗެއް ބަލަން ނުދާ ކަމަށެވެ. އެހެންކަމުން އެ މެޗަކީ އެ ކުދިންގެ ފުރަތަމަ މެޗު ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑޮނޭޝިއާގެ ޗީފް ސެކިޔުރިޓީ މިނިސްޓަރު މަހްފޫދް ހޯމަ ދުވަހު ވިދާޅުވީ އެ ހާދިސާގެ ކަންކަން ތަޙުގީގު ކުރުމަށް އެ ޤައުމުގެ ސަރުކާރުން ކޮމެޓީއެއް އެކުލަވާލާފައިވާނެ ކަމަށެވެ. އެ ކޮމެޓީގައި ފުޓުބޯޅައިގެ ތަޖުރިބާކާރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ބުނީ މި ހާދިސާގެ ކަންކަން އޮތް ހަފްތާތަކުގެ ތެރޭގައި ތަހުގީގުކޮށް، ޒިންމާ ނަގަން ޖެހޭ ފަރާތްތައް ހޯދާނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑޮނޭޝިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު