Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިއާ ހަނގުރާމަ

ޖަރުމަނުން ޔޫކްރެއިނަށް އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދެނީ

މިއީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ވަރުގަދަ އެއަރ ޑިފެންސް ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ ސިސްޓަމްތަކެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 އޮކްޓޯބަރު 2022 | އާދީއްތަ 09:05
ޖަރުމަނުުގެ ޑިފެންސް މިނިސްޓަރު ކްރިސްޓީން ލަމްބްރެޗްޓް

ޖަރުމަނުުގެ ޑިފެންސް މިނިސްޓަރު ކްރިސްޓީން ލަމްބްރެޗްޓް

ޖަރުމަނުން ޔޫކްރެއިނަށް އެޑްވާންސްޑް އައިރިސް-ޓީ އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދޭނެ ކަމަށް އެގައުމުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ކުއްލިގޮތަކަށް ޔޫކްރެއިންގެ އޮޑެއްސާއަށް ކުރެއްވި ދަތުރުފުޅެއްގައި ޖަރުމަނުުގެ ޑިފެންސް މިނިސްޓަރު ކްރިސްޓީން ލަމްބްރެޗްޓް ވަނީ ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ޖަރުމަނުން ފުރަތަމަ ފަހަރަށް، ޔޫކްރެއިނަށް އައިރިސް-ޓީ އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދޭނެ ކަމަށް އިއުލާނުކުރައްވާފައެވެ.

އެގޮތުން އޮޑެއްސާއަށް ކުރެއްވި ދަތުރުފުޅުގައި ލަމްބްރެޗްޓް ވަނީ ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު އޮލެސްކީ ރެޒްނިކޮވްއާ ވެސް ބައްދަލުކުރައްވާފައެވެ. ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު ވަނީ ޖަރުމަނުގެ ޑިފެންސް މިނިސްޓަރު މޮލްޑޮވާއަށް ވަޑައިގަތުމަށް ދައުވަތުއަރުވާފައެވެ.

ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ޖަރުމަނުން ޔޫކްރެއިނަށް އައިރިސް-ޓީ އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދޭނެ ކަން އިއުލާނުކުރައްވަމުން ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ވަނީ މިއީ ޑްރޯން މެދުވެރިކޮށް ދެވޭ ހަމަލާތަކުން ދިފާއުވުމަށް މުހިންމު ސިސްޓަމްތަކެއްކަން ފާހަގަކުރައްވާފައެވެ.

ޖަރުމަނުން ޔޫކްރެއިނަށް އައިރިސް-ޓީ ސަރފޭސް ޓު އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދޭން އުޅޭކަމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފަށާފައިވަނީ މެއި މަހުއެވެ. މީގެ ކޮންމެ އެއަރ ޑިފެންސް ސިސްޓަމެއްގެ އަގަކީ 147 މިލިއަން އެމެރިކާ ޑޮލަރެވެ.

ޖަރުމަނުން މި އެއަރ ޑިފެންސް ސިސްޓަމްތައް ފޯރުކޮށްދޭނެ ކަމަށް އިއުލާނުކޮށްފައިވާއިރު، މީގެ ސިސްޓަމްތަކަކީ މިވަގުތު ޖަރުމަނުގެ އަސްކަރިއްޔާގައިވެސް ހުރި ސިސްޓަމްތަކެއް ނޫނެވެ. އެހެން ނަމަވެސް މިއީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ވަރުގަދަ އެއަރ ޑިފެންސް ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ ސިސްޓަމްތަކެކެވެ.

މިދަތުރުފުޅުގެ ތެރޭގައު ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ވަނީ ރަޝިއާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާނެ ކަމަށް ބުނެ ދެމުންދާ އިންޒާރަތަކަށް ބިރުން ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ފަސްނުޖެހުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވާފައެވެ. ރަޝިއާގެ ހަމަލާތަކަށް ވިސްނައި އެހަމަލާތަކުން ދިފާއުވުމަށް ހުށިޔާރަށް ތިބެންޖެހޭ ކަމަށްވެސް ޖަރުމަުގެ ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރަޝިއާގެ އަސްކަރިއްޔާއާ ކުރިމަތިލާން، ޔޫކްރެއިންގެ އަސްކަރިއްޔާއަށް އެންމެ ޒަމާނީ ހަތިޔާރާއި ޓޭންކަރު ބޭނުންވާކަމަށް ބުނެ ޖަރުމަނަށް ގޮވާލަމުންދާކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެހެން ނަމަވެސް ޖަރުމަނުން ބުނަމުން ދަނީ އަދި މިހާތަނަށް އެއްވެސް ގައުމަކުން ޔޫކްރެއިނަށް ސޯވިއެޓްގެ ޓޭންކުތަކަށްވުރެ ޒަމާނީ ޓޭންކް ފޮނުވާފައިނުވާކަމަށް ބުނެ، ޒަމާނީ ހަތިޔާރާއި ޓޭންކަރު ޔޫކްރެއިނަށް ފޮނުވުމަށް ފަސްޖެހެމުންނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިންޖަރުމަނު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު