Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލްގެ ތެލުގެ ވައްކަން

އެމްޕީއެލްގެ ތެލުގެ ވައްކަން ހިންގީ އެއް މުވައްޒަފުންތަކެއް، ވަޒީފާއިން ވަނީ ވަކިކޮށްފައި: ސީއީއޯ

2 އޮކްޓޯބަރު 2022 | އާދީއްތަ 08:53

މިމައްސަލަ ފެންމަތިވެފައިވަނީ ކޮވިޑް-19ގެ ފުރަބަންދުގައި ކުރެވުނު މަސައްކަތްތައް ބެލުމަށް ހިންގުނު އިންޓާރނަލް އޮޑިޓްތަކުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 އޮކްޓޯބަރު 2022 | އާދީއްތަ 08:53
އެމްޕީއެލްގެ ނޫސްވެރިންގެ ބައްދަލުވުން

އެމްޕީއެލްގެ ނޫސްވެރިންގެ ބައްދަލުވުން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ތެރެއިން ހިނގާފައިވާ ތެލުގެ ވައްކަމުގައި އެމްޕީއެލް އިން ބައިވެރިވީ އެއް މުވައްޒަފުންތަކެއް ކަމަށާއި އެ މުވައްޒަފުން މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ފުރަބަންދުގައި އެމްޕީއެލްގެ ތެރޭގައި ހިނގާދިޔަ ތެލުގެ ވަގު ވިޔަފާރި ހިންގާފައިވަނީ އެމްޕީއެލްގެ މުވައްޒަފުންނާއި، ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައިގެ މުވައްޒަފުން ބައިވެރިވެގެންނެވެ. މި މައްސަލަ ފެންމަތިވެގެން އައީ 2020 ވަނަ އަހަރު ކަމަށް ވާއިރު އޭރު ބެލެވުުނު ގޮތުގައި އެކަން ހިނގީ އެ 2020 ވަނަ އަހަރު އެކަންޏެވެ. އެހެންނަމަވެސް މިހާރު ބެލެވޭ ގޮތުން މި ހިޔާނާތަކީ 2018އިން ފެށިގެން ހިނގަމުން އައި ކަމެކެވެ.

Advertisement - newsAdvertisement

މިމައްސަލަ ފެންމަތިވެފައިވަނީ ކޮވިޑް-19ގެ ފުރަބަންދުގައި ކުރެވުނު މަސައްކަތްތައް ބެލުމަށް ހިންގުނު އިންޓާރނަލް އޮޑިޓްތަކުން ކަމަށް ވާއިރު މި އޮޑިޓްތަކުން ވަނީ އެމްޕީއެލްއަށް ނުލިބޭ ތެލަކަށް ބިލްތަކެއް ހަދައި ފައިސާ ނަގާފައިވާކަން ހާމަވެފައެވެ. އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން އެމްޕީއެލްގެ އިންޓަރނަލް އިންވެސްޓިގޭޝަނެެއްގެ އިތުރުން މިނިވަން އޮޑިޓަރެއްގެ ރިޕޯޓްތަކުން ލިބުނު މައުލޫމާތުގެ އަލީގައި މި ހިޔާނާތަކީ 2018 އިން ފެށިގެން އެކަން ހިނގަމުން އައި ކަމެއްކަން އެނގިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްޕީއެލްގައި މިފަދަ ކަމެއް އިތުރަށް ވިޔަ ނުދިނުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ފުލުހުން ވެސް ދަނީ ތަހުގީގުކުރަމުންނެވެ. އަދި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް ވަރަށް އަވަހަށް މި މައްސަލައިގައި ނިންމާނެ ކަމަށް ބެލެވޭ ކަމަށް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

އެމްޕީއެލް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް