Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެއްކާ ބެހޭ ޤާނޫނު

ހެއްކާ ބެހޭ ޤާނޫނުގައި ހިމެނޭ ނޫސްވެރިކަމުގެ އިމްތިޔާޒާ ގުޅޭ މާއްދާ އިސްލާހު ކުރުމުގެ ބިލު ރައީސް އޮފީހަށް ފޮނުވައިފި

2 އޮކްޓޯބަރު 2022 | އާދީއްތަ 06:12

ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 އޮކްޓޯބަރު 2022 | އާދީއްތަ 06:12
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހި ނޫސްވެރިންތަކެއް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހި ނޫސްވެރިންތަކެއް

ހެއްކާ ބެހޭ ޤާނޫނުގައި ހިމެނޭ ނޫސްވެރިކަމުގެ އިމްތިޔާޒާ ގުޅޭ މާއްދާ އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މި ބިލު ފޯނުވާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. މިއީ ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ވަކި ހާލަތެއްގައި ހާމަ ކުރުމަށް ހެއްކާ ބެހޭ ޤާނޫނުގައި ލާޒިމް ކުރާ މާއްދާއާ ގުޅިގެން ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައިވާތީ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހުށަހަޅާ އިސްލާހެކެވެ.

Advertisement - newsAdvertisement

ހެއްކާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމް ކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތައް އިތުރަށް ސާފުވާނެފަދައިން، ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާނީ ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމާއި ޓެރަރިޒަމްގެ ކުށްތަކަކީ "ޓެރަރިޒަމް މަނާ ކުރާ ޤާނޫނު" ގެ ދެވަނަ މާއްދާފައި ބަޔަންކުރާ ކުށްތައް ކަމަށް ޤާނޫނުގައި ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމު ކުރުމުގައި ކޯޓުން ރިއާޔަތް ކުރަން ޖެހޭ ކަންކަން ޤާނޫނުގައި ކަނޑައެޅުމަށާއި އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުންކަން ކަނޑައެޅުމަށް އިސްލާހު ހުށަހަޅާ ކަމަށް ވެސް އެޓާރނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެޓަރނީ ޖެނެރަލް އޮފީހުން ބުނެފައިވާ ގޮތުގައި މި އިސްލާހުތައް ގެނައުމަށް އެކުލަވާލާ ބިލު މޯލްޑިވްސް ޖަރނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް އެޑިޓަރސް ގިލްޑް އާ އެ ނޫންވެސް ކަމާ ބެހޭ ފަރާތްތަކާއެކު ވަނީ މަޝްވަރާތައް ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހެއްކާބެހޭ ބިލުބަންޑާރަނައިބުގެ އޮފީސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
13 އޮކްޓޯބަރު 2025

ގުނަވަނުގެ ވިޔަފާރިކުރާ ހޮސްޕިޓަލުތައް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް

13 އޮކްޓޯބަރު 2025
ގުނަވަނުގެ ވިޔަފާރިކުރާ ހޮސްޕިޓަލުތައް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް
12 އޮކްޓޯބަރު 2025

އޭޖީ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ހަފްލާ އަށް ޚަރަދުވި ވަރެއް ހަފްލާ ނިމުނު އިރުވެސް ނޭނގޭ

12 އޮކްޓޯބަރު 2025
އޭޖީ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ހަފްލާ އަށް ޚަރަދުވި ވަރެއް ހަފްލާ ނިމުނު އިރުވެސް ނޭނގޭ
09 އޮކްޓޯބަރު 2025

ފައެނާގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތި، އެއާއި ހަވާލުވީ އޭނާގެ ފިރިމީހާ

09 އޮކްޓޯބަރު 2025
ފައެނާގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތި، އެއާއި ހަވާލުވީ އޭނާގެ ފިރިމީހާ
08 އޮކްޓޯބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލްފައެނާ ދޫކޮށްލައިފި، ފިރިމީހާ އަށް 15 ދުވަސް

08 އޮކްޓޯބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލްފައެނާ ދޫކޮށްލައިފި، ފިރިމީހާ އަށް 15 ދުވަސް
08 އޮކްޓޯބަރު 2025

ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

08 އޮކްޓޯބަރު 2025
ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް