Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ބާސެލޯނާގެ ކުޅުންތެރިނާމެދު ޒަވީ ހިތްހަމަޖެހިފައި، ޚާއްސަ ތައުރީފެއް ލެވަންޑޯސްކީ އަށް

ޒަވީ ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ލެވަންޑޯސްކީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލް ސްކޯރާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އޮކްޓޯބަރު 2022 | އާދީއްތަ 02:34
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމާމެދު ހިތްހަމަ ޖެހިފައި ހުރިކަން އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ޒަވީ މިހެން ބުނީ ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު މަޔޯކާއާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. މެޗަށްފަހު ޒަވީ ބުނީ ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓު ކަމަށާއި، ޚާއްސަކޮށް އިންޓަނޭޝަނަލް ބްރޭކަށްފަހު އައިސް ކުޅޭ ފުރަތަމަ މެޗުން މުހިންމު ކަމަށެވެ. ޒަވީ ބުނީ އެކަހަލަ މެޗުތަކުގައި ދެ ވަނަ ލަނޑެއް ނުޖަހައިފިނަމަ، އޭގެ އުނދަގޫ ފަހުން ފޯރައިފާނެ ކަމަށެވެ.

މީގެ އިތުރުން ޒަވީ ބުނީ މެޗުގެ ފުރަތަމަ ހާފު ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ކަމަށެވެ. ނަމަވެސް އޭނާ ފާހަގަ ކުރި ގޮތުގައި ދެ ވަނަ ހާފުގައި ދިޔައީ އުނދަގޫ ގޮތަކަށް ކަމަށެވެ. އެ ހާފުގައި ކުޅުންތެރިން ދަށް ވެގެންދިޔަކަން ވެސް ޒަވީ ވަނީ ފާހަގަކޮށްފައެވެ.

ޒަވީ ބުނީ ބާސެލޯނާއަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަކީ މޮޅު ކުޅުންތެރިޔެއް ކަމަށެވެ. ލެވަންޑޯސްކީ އަކީ އަބަދުވެސް ގެރެންޓީ ދޭ ކުޅުންތެރިޔެއްކަން ފާހަގަކޮށް އޭނާ ބުނީ، އެއީ ވަރަށް ސާފުކޮށް އެނގެން އޮތް ހަގީގަތެއް ކަމަށެވެ. ޒަވީ ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ލެވަންޑޯސްކީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލް ސްކޯރާ ކަމަށެވެ.

މަޔޯކާއާ ދެކޮޅަށް ލިބުނު މޮޅާއެކު ޒަވީ އަށް ވެސް ވަނީ ޚާއްސަ ޝަރަފެއް ލިބިފައެވެ. އެއީ ސްޕެނިޝް ލީގުގައި މެޗަކުން ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރި ރެކޯޑެވެ. ކުރިން މި ރެކޯޑު އޮތީ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ޒިނެދިން ޒިދާން އަތުގައެވެ. ޒަވީއާއެކު ބާސެލޯނާ ވަނީ ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު 18 މެޗު ވެސް ބަލިނުވެ ނިންމާލާފައެވެ.

ސްޕެނިޝް ލީގުބާސެލޯނާޒަވީރޮބަރޓް ލެވަންޑޯސްކީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް