Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލަންޑުގެ ބޮޑުވަޒީރުގެ މަގާމު

ތައިލަންޑުގެ ބޮޑުވަޒީރަށް އަދި މަގާމުގައި ހުންނެވޭނެ

1 އޮކްޓޯބަރު 2022 | ހޮނިހިރު 18:19

ތައިލަންޑުގެ ގާނޫނު އަސާސީ ބުނާ ގޮތުން ބޮޑުވަޒީރަށް 8 އަހަރުގެ ދައުރެއް ލިބިވަޑައިގަންނަވާނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 1 އޮކްޓޯބަރު 2022 | ހޮނިހިރު 18:19
ތައިލަންޑުގެ ބޮޑުވަޒީރު ޕްރަޔުތު ޗަންއޮޗާ

ތައިލަންޑުގެ ބޮޑުވަޒީރު ޕްރަޔުތު ޗަންއޮޗާ

ތައިލަންޑުގެ ބޮޑުވަޒީރު ޕްރަޔުތު ޗާންއޮޗާއަށް މަގާމުގައި ހުންނެވުމަށް ލިބިވަޑައިގަންނަވާ ގާނޫނީ މުއްދަތު ހަމަވެފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކޯޓަށް ވެއްދި މައްސަލަ ބޮޑުވަޒީރާ އެއްކޮޅަށް ނިމިއްޖެއެވެ.

އަސްކަރީ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި ޖެނެރަލް ޕްރަޔުތު ވެރިކަމަށް ވަޑައިގެންފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހު ގެނެވުނު މިލިޓަރީ އިންގިލާބެއްގައެވެ. އަދި އެ އަހަރުގެ އޮގަސްޓު މަހު އަމިއްލަފުޅަށް ޕްރައިމް މިނިސްޓަރުގެ މަގާމަށް ވަޑައިގެންކަން އިއުލާނުކުރެއްވި އެވެ. އެހެންކަމުން އިދިކޮޅުން ބުނަނީ ޕްރަޔުތުގެ ވެރިކަމުގެ މުއްދަތު ގުނަން ޖެހޭނީ 2014 ވަނަ އަހަރުން ކަމުގައެވެ. އެޤައުމުގެ ގާނޫނު އަސާސީ ބުނާ ގޮތުން ޕްރައިމް މިނިސްޓަރުގެ ދައުރުގެ މުއްދަތަކީ 8 އަހަރެވެ.

މައްސަލަ ނިންމަމުން ތައިލެންޑުގެ ކޮންސްޓިޓުޝަނަލް ކޯޓުން ބުނެފައިވަނީ ޕްރަޔުތުގެ ދައުރުގެ މުއްދަތު ގުނޭނީ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި އަހަރު ކަމަށްވާ 2017 ވަނަ އަހަރުން ފެށިގެން ކަމުގައެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ޕްރައިމް މިނިސްޓަރުގެ ދައުރުގެ މުއްދަތަކީ 8 އަހަރުކަމަށް ވާއިރު، ދައުރުގެ އެއްބައި އަދި އެބައޮތެވެ.

މި މައްސަލަ ކޯޓަށް ވެއްދި ހަމައިން ޕްރަޔުތު ޗާންއޮޗާ ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑު ކުރެވިފައެވެ. އަދި އެމަގާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދެވީ ބޮޑުވަޒީރުގެ ނާއިބެވެ.

ޕްރަޔުތު ޗާންއޮޗާ ގެންދަވަނީ 2023 ވަނަ އަހަރު ބާއްވާ އިންތިޚާބަށް ތައްޔާރުވަމުންކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާގެ އުންމީދަކީ ތައިލަންޑުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރަށް ވުމެވެ.

ތައިލެންޑްދުނިޔެ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި
25 އޮކްޓޯބަރު 2025

އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

25 އޮކްޓޯބަރު 2025
އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ
09 ސެޕްޓެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި

09 ސެޕްޓެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި
05 ސެޕްޓެމްބަރު 2025

ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި

05 ސެޕްޓެމްބަރު 2025
ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި
16 ޖުލައި 2025

މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި

16 ޖުލައި 2025
މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި
01 ޖުލައި 2025

ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމައިފި

01 ޖުލައި 2025
ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމައިފި
01 ޖުލައި 2025

ލީކުވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑް ކޮށްފި

01 ޖުލައި 2025
ލީކުވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑް ކޮށްފި
29 ޖޫން 2025

ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ

29 ޖޫން 2025
ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ
07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް