Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑް

ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމައިފި

ބޮޑު ވަޒީރު ޝިނަވަތުރާ ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމާފައިވާއިރު، އެ ކޯޓުން ބަލަމުން ގެންދާ މައްސަލަ ނިމެންދެން ވަގުތީ ބޮޑު ވަޒީރަކަށް ހަަމަަޖައްސާފައި ވަނީ އެ ޤައުމުގެ ޑެޕިއުޓީ ބޮޑު ވަޒީރު ސުރިޔާ ޖުއަންގްރޫންގްރުއަންގްކިޓް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2025 | އަންގާރަ 13:18
ތައިލެންޑުގެ ބޮޑު ވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ

ތައިލެންޑުގެ ބޮޑު ވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ

ތައިލެންޑުގެ ބޮޑު ވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ ވަގުތީ ގޮތުން ސަސްޕެންޑު ކުރުމަށް އެ ޤައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ނިންމައިފި އެވެ.

ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ނިންމާފައި ވަނީ، ކެމްބޯޑިއާގެ އިސް އޮފިޝަލަކާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކެއް ލީކުވެފައި ވަނިކޮށް، އެކަމާ ގުޅިގެން ކުރިއަށް ގެންދާ އެތިކްްސް ތަހުގީގުގެ ދަށުންނެވެ. ކޯޓުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، 36 ސެނެޓަރުން ހުށަހެޅި މައްސަލަ ބަލައިގަނެފައިވާ ކަމަށެވެ. 

ތައިލެންޑުގެ ބޮޑު ވަޒީރު ޝިނަވަތުރާ ކެމްބޯޑިއާގެ ކުރީގެ ލީޑަރު ހުން ސެންއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކުގެ ސަބަބުން އެ ޤައުމުގެ ސިޔާސީ މަސްރަހު ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި އެއީ ތައިލެންޑުގެ ބޮޑު ވަޒީރުގެ ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ވަރުގެ ކަމެއް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

ބޮޑު ވަޒީރު ޝިނަވަތުރާ ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމާފައިވާއިރު، އެ ކޯޓުން ބަލަމުން ގެންދާ މައްސަލަ ނިމެންދެން ވަގުތީ ބޮޑު ވަޒީރަކަށް ހަަމަަޖައްސާފައި ވަނީ އެ ޤައުމުގެ ޑެޕިއުޓީ ބޮޑު ވަޒީރު ސުރިޔާ ޖުއަންގްރޫންގްރުއަންގްކިޓް އެވެ. ކޮންސްޓިޓިއުޝަނަލް ކޯޓުން ވަނީ ބޮޑު ވަޒީރު ޝިނަވަތުރާ އަށް ޖަވާބުދާރީ ވުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. 

ނިމުނު ޖޫން މަހުގެ 15 ވަނަ ދުވަހު ކުރެވުނު އެ ފޯނު ކޯލަކީ ދެ ޤައުމުގެ ދެ މެދުގައި އުފެދިފައިވާ ބޯޑަރު މައްސަލަ ކުޑަ ކުރުމަށް ދެކެވުނު ކަމަށް ބުނާ މުއާމަލާތެކެވެ. އެ ފޯނު ކޯލުގައި ބޮޑު ވަޒީރު ޝިނަވަތުރާ ވަނީ، ހުން ސެންއާ ވަރަށް ގާތްކޮށް ވާހަކަ ދައްކަވައި، ތައިލެންޑުގެ އަސްކަރިއްޔާގެ ކޮމާންޑަރަކަށް ފާޑު ވިދާޅުވެފައި ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ތައިލެންޑުގެ ގިނަ ބަޔަކު މުޒާހަރާކޮށް، ޝިނަވަތުރާގެ އިސްތިއުފާ އަށް ގޮވާލަމުން އަންނައިރު، އޭނާ ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އެއީ ވާހަކައިގެ ތެރެއިން "ނުބައި ނިޔަތެއް" ނެތި ދެކެވުނު ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވެފަ އެވެ. ބޮޑު ވަޒީރުގެ އެ ފޯނު ކޯލާ ގުޅިގެން ތައިލެންޑުގެ ސަރުކާރު ހިމެނޭ ކޯލިޝަން ވެސް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ މުހިންމު ޕާޓީއެއް އެ ކޯލިޝަން އިން ވަކިވެފައިވާއިރު، ބޮޑު ވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއް ހުށަހެޅުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

ތައިލެންޑްކެމްބޯޑިއާޕެޓޮންގްޓާން ޝިނަވަތުރާ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި
25 އޮކްޓޯބަރު 2025

އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

25 އޮކްޓޯބަރު 2025
އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ
09 ސެޕްޓެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި

09 ސެޕްޓެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި
05 ސެޕްޓެމްބަރު 2025

ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި

05 ސެޕްޓެމްބަރު 2025
ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި
16 ޖުލައި 2025

މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި

16 ޖުލައި 2025
މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު