Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަމުގެ ރަންޔޫބީލް

ފަތުރުވެރިން އެންމެ ގަޔާވާ ނާދިރު ޖަވާހިރަކީ ދިވެހިންގެ މެހެމާންދާރީއާއި މިރާއްޖޭގެ އަމާންކަމާއި ސުލްހަމަސަލަސްކަން: ރައީސް

ދިވެހިރާއްޖެއަކީ މިހާރު އޭގެ ޒާތުގައި ބްރޭންޑް ނަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 17:28
ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅުދައްކަވަނީ

ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅުދައްކަވަނީ

ފަތުރުވެރިން އެންމެ ގަޔާވާ ނާދިރު ޖަވާހިރަކީ، ދިވެހިންގެ މެހެމާންދާރީއާއި މިރާއްޖޭގެ އަމާންކަމާއި ސުލްހަމަސަލަސްކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިން ޝައުގުވެރިކުރުވާ ގިނަ ސިފަތަކެއް ލިބިފައިވާ އެތައް މަންޒިލްތަކެއް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އެބަހުރިކަމަށާއި، ދެކެލަން ބޭނުންވާ އެތައް އަޖައިބުތަކެއް އެބަހުރިކަމަށެވެ. ސަގާފީ އަދި އާސާރީ މުއްސަނދިކަން ލިބިފައިވާ އެތައް ގައުމެއްވެސް އެބައޮތް ކަމަށެވެ. ނަމަވެސް ފަތުރުވެރިން އެންމެ ގަޔާވާ ނާދިރު ޖަވާހިރަކީ، ދިވެހިންގެ މެހެމާންދާރީއާއި މިރާއްޖޭގެ އަމާންކަމާއި ސުލްހަމަސަލަސްކަން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީވަމުން އައި ދުވަސްވަރު، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި އޮތީ ވަރަށް ބޮޑު ވާދަވެރިކަމެއް ކަމަށެވެ. މާކުރީއްސުރެ ތަރައްގީވެފައި ހުރި މަންޒިލްތަކާ ވާދަކޮށް، ރާއްޖެއަށް ފަތުރުވެރިންގެ މިސްރާބު ބަދަލުކޮށްލުމުގައި، ޓުއަރ އޮޕަރޭޓަރުން ކުރީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެއަށް އުފުލުމުގައި، ބައިނަލްއަގުވާމީ އެއަރލައިންތަކުން އަދާކުރި ދައުރަށްޓަކައިވެސް ޝުކުރު އަދާކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އެ ހުރިހާ ބޭފުޅުންގެ މަސައްކަތުން، ދިވެހިރާއްޖެއަކީ މިހާރު އޭގެ ޒާތުގައި ބްރޭންޑް ނަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ނަން މަޝްހޫރު މަންޒިލެއް ނަމަވެސް އެ މަޝްހޫރުކަމާއި މަގުބޫލުކަމަކީ ހަމައެކަނި ކާމިޔާބެއްކަމުގައި ދެކެގެން ފުއްދާލައިގެން ތިބެވެން ނެތްކަމަށެވެ.

މިސިފަތައް ދިވެހި ފަތުރުވެރިކަމުގައި ދެމެހެއްޓޭނީ "ވަން އައިލެންޑް، ވަން ރިސޯޓް"ގެ ކޮންސެޕްޓް އެ ގޮތުގައި ދަމަހައްޓައިގެން ކަމަށާއި، އެ ކޮންސެޕްޓާއެކު ފަތުރުވެރިންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތްކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރުމަށްވެސް މިއަދު އިތުރު ސަމާލުކަމެއް ދޭން އެބަޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ހަގީގަތުގައި ރާއްޖޭގައި މި އޮތް ފަތުރުވެރިކަމަކީ، ދުނިޔޭގެ އެހެން ތަނެއްގައި އޮތް ވިޔަފާރި މަރުކާއެއް ރާއްޖެ ގެނެސް ތަރައްގީކުރުން ނޫންކަމަށާއި، މިއީ ދިވެހިންތަކެއްގެ އަމިއްލަ ވިސްނުމާއި އަމިއްލަ އީޖާދުން އުފަންކުރުވި ސިނާއަތެއްކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީވުމުގެ ކުރިން، ދިވެހިންގެ މި ކޮންސެޕްޓަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެހެން އެއްވެސް ގައުމެއް ދުނިޔެއަކު ނެތްކަމަށް ވިދާޅުވިއެވެ.

ދިވެހި ފަތުރުވެރިކަން އުފަންކުރެއްވި ބޭފުޅުން އެބަތިއްބެވި ކަމަށާއި، އޭގެތެރޭގައި މިހާރުގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް، ކޮލިގޭ މުޙައްމަދު ޢުމަރު މަނިކު އަދި ޗަމްޕާ ޙުސައިން ޢަފީފް ހިމެނޭކަމަށް ވިދާޅުވިއެވެ. މިކަމުގައި އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅަކީ އިޓަލީ ވިލާތުގެ ޖޯޖް ކޯބިން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިރޭ އަގު ވަޒަންކުރަނީ މި މުހިންމު ސިނާއަތް ރާއްޖޭގައި އުފަންކުރެއްވި ބޭފުޅުންގެ އެކަނި ނޫންކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަކީ ދިވެހިންގެ ފަޚުރާއި ޝަރަފުކަމުގައި ވެގެން ދިޔައީ އެތައް ހާސް ދިވެހިންނެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އެއީ އެތައް ބަޔަކު ރެޔާއި ދުވާލު ދާ އޮހޮރުވައިގެން ވެފައިވާ މަތިވެރި ގުރުބާނީގެ ސަބަބުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާނާ މީހުންނާއި ވަޑިންނާއި ތަފާތު ހުނަރުވެރި މަސައްކަތްތެރިންގެ ދައުރު ފާހަގަކުރަންޖެހޭ ކަމަށާއި، ކެއްކުންތެރިންނާއި، ވެއިޓަރުންނާއި، ރޫމްބޯއީން، އަދި ފަތުރުވެރިންނާ އެންމެ ގާތުން ޚިދުމަތްދެއްވި ހުރިހާ ބޭފުޅުންގެ ދައުރުވެސް ވަރަށް މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ލަވަކިޔުންތެރިންނާއި މޫސީގާރުންނާއި ނެށުންތެރިންގެ މުނިއަވަސްފިލުވުންތަކުން ފަތުރުވެރިންގެ ހިތްތަކަށް ލިބިދޭ ތަސައްލީ އެހާ ބޮޑު ކަމަށާއި، ދުނިޔޭގެ ލޯތަކަށް ރާއްޖޭގެ އެއްގަމާއި ކަނޑުއަޑީގެ ރީތިކަން ހާމަވެގެން ދިޔައީ ފޮޓޯގްރާފަރުންނާއި ޑައިވަރުންގެ ވަރަށް ބުރަ މަސައްކަތުން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ސާފު ގޮނޑުދޮށްތަކުން ފަތުރުވެރިންނަށް އުފަލާއި އަރާމު ލިބޭނީ މި ވެށި ސާފުކޮށް ބެލެހެއްޓުމަށް އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށާއި، އެއީ ހަމައެކަނި ރިސޯޓުތަކުގެ ޒިންމާއެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ މިރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށާއި، މީހުން ދިރިއުޅޭ ރަށްތަކާއި ފަޅުރަށްތަކާއި ފަރުތަކާއި ފިނޮޅުތައް ހިމާޔަތްކޮށް ބެލެހެއްޓުމަކީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމަށް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ރަންޔޫބީލް ފަތުރުވެރިކަމުގެ ރަން އަހަރު 2022ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު