Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެސްއައިޕީ ޕްރޮޖެކްޓުތައް

އޯގަސްޓު މަހުގެ ނިޔަލަށް 4.6 ބިލިއަން ރުފިޔާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ޚަރަދު ކުރެވިފައިވޭ

ބޯހިޔާވަހިކަމަށް އެކަނިވެސް 477 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަޝްރޫއު ހިންގާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 08:34
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

އޯގަސްޓު މަހުގެ ނިޔަލަށް 4.6 ބިލިއަން ރުފިޔާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ޚަރަދު ކުރެވިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ، ސިއްޙީ ދާއިރާއިންވެސް 28 ޕްރޮޖެކްޓެއް ނިމި، އިތުރު ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ތަރައްޤީގެ މަޝްރޫއުތައް ހުރިހާ ރަށެއްގައިވެސް ކުރިއަަށްދާކަން މިއުވާން ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

މިއުވާން ވިދާޅުވީ، ދުނިޔޭގެ އިޤްތިސާދަށް ކުރަމުންދާ އަސަރު ރާއްޖޭގެ މަޝްރޫއުތަކަށްވެސް ކުރާ ކަމަށެވެ. އެގޮތުން ތަކެތި ގެނައުމުގައި ހުރި ގޮންޖެހުންތަކާއި ތަކެތީގެ އަގު ބޮޑުވުން ފަދަ ކަންކަން ފާހަގަ ކުރެވޭކަމަށް މިއުވާން ވިދާޅުވިއެވެ.

އޯގަސްޓު މަހުގެ ނިޔަލަށް 4.6 ބިލިއަން ރުފިޔާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ޚަރަދު ކުރެވިފައިވާކަން މިއުވާން ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމަށް އެކަނިވެސް 477 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަޝްރޫއު ހިންގާފައިވާއިރު، ބިން ހިއްކުމާއި، މަގު ހެދުމުގެ 718.2 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ހިންގާފައިވަނީ 3.1 ބިލިއަން ރުފިޔާގެ މަޝްރޫއެވެ.

ސަރުކާރުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް އައިއިރު ދައުލަތުން ކުރި ޚަރަދު ވަނީ 24.5 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 17.9 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމެނެއެވެ.

ޕީއެސްއައިޕީރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
18 ސެޕްޓެމްބަރު 2025

ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

18 ސެޕްޓެމްބަރު 2025
ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.
07 އޯގަސްޓު 2025

ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

07 އޯގަސްޓު 2025
ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!
07 އޯގަސްޓު 2025

ސަރުކާރުން ލާރި ނުދީގެން ކުންފުނިތައް އިނދަޖެހެނީ

07 އޯގަސްޓު 2025
ސަރުކާރުން ލާރި ނުދީގެން ކުންފުނިތައް އިނދަޖެހެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު