Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓާފް ދަނޑުތަކުން ނުކުންނަ ނުރަނގަޅު ނަތީޖާ

އަތޮޅުތަކުގައި ޓާފް ދަނޑުތައް އެޅުމުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ ކަންބޮޑުވުމެއް!

ކަންބޮޑުވުން އޮތީ ދަނޑުތައް ބޭނުންކުރަން ލިބޭ ވަގުތު މަދުވުމުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2022 | ބުދަ 06:24
ޑުންގާ ޝަރީފް

ޑުންގާ ޝަރީފް

ސަރުކާރުން އަތޮޅުތަކުގައި ޓާފް ފުޓްބޯޅަ ދަނޑުތައް އަޅަމުންދާތީ އޮތް ބޮޑު ކަންބޮޑުވުމެއް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) ފާޅުކުރައްވައިފިއެވެ.

އަތޮޅުތަކުގައި ސަރުކާރުން ގިނަ ޓާފް ދަނޑުތަކެއް އަޅަމުންދާކަން ފާހަގަކުރައްވާ ޑުންގާ ވިދާޅުވީ އޭގެ ރަނގަޅު އަސަރަށްވުރެ ނުރަނގަޅު އަސަރު ފެންނަމުންދާކަމަށެވެ. އެކަމަކު އެއީ ދަނޑު އަޅާތީ ނޫންކަމަށާއި, ދަނޑުތައް ބޭނުންކުރާ ގޮތުގެ ސަބަބުން ހުރި ކަންބޮޑުވުންތަކެއްކަން ޑުންގާ ފާހަގަކުރެއްވިއެވެ. ޑުންގާ ސުވާލުކުރެއްވީ އެދަނޑުތައް އެޅުމުން އަންނާނެ ބަދަލުތަކާމެދުގައެވެ.

ޑުންގާ ވިދާޅުވީ ޓާފް ދަނޑުނެތީމަ ބޭނުން ކޮންމެ ވަގުތަކު ގޮސް ކުދިން ކުޅެން ގޮސްތިބޭކަމަށާއި, އެކަމަކު ޓާފް ދަނޑެއް ހެދީމަ އެތަނަށް ނޭރޭކަމަށެވެ. ޓާފް ދަނޑުތައް އެއީ ރީއްޗަށް ބާއްވާ ތަނެއްތޯ ސުވާލު އުފައްދާ ޑުންގާ ވިދާޅުވީ ކުޅުނަކަސް ދަނޑުތައް ހަލާކުނުވާނެކަމަށެވެ. ގިނައިން ކުޅުނު ވަރަކަށް ވާނީ ރަނގަޅު ކަމަށާއި, ހަލާކުވަނީ ހަލާކުވާންޖެހޭ ގޮތަށް ކަންތައްކުރުމުން ކަމަށް ޑުންގާ ވިދާޅުވިއެވެ. ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްގެންދެވޭނީ އަތޮޅުތަކުގައި ތިބި ކުދިންނަށް ގިނައިން ކުޅެން ފުރުޞަތު ދީގެން އެތަންތަނުގައި މުބާރާތްތަކާއި އެއްޗިހި ބޭއްވިގެންކަން ޑުންގާ ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތެރެއަށް ޑިވެލޮޕްމަންޓް އައިސްގެން ނޫނީ މިހާރު އޮތް ލެވެލްއިން ފުޓްބޯޅަ ނެގުމަކީ ފަސޭހަކަމެއްނޫންކަމަށް ވިދާޅުވިއެވެ.

އަޙްމަދު ޝަރީފް (ޑުންގާ)

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2022

ޕްލޭން އެބައޮތް، ހައްލު އެނގޭ އެކަމަކު ނަތީޖާ ރަނގަޅެއް ނުކުރެވޭ!

02 އޮކްޓޯބަރު 2022
ޕްލޭން އެބައޮތް، ހައްލު އެނގޭ އެކަމަކު ނަތީޖާ ރަނގަޅެއް ނުކުރެވޭ!
11 އޮކްޓޯބަރު 2018

ކުޅުންތެރިންގެ މުސާރަ ލަސްވަނީ އެފްއޭއެމްގެ ސަބަބުން!

11 އޮކްޓޯބަރު 2018
ކުޅުންތެރިންގެ މުސާރަ ލަސްވަނީ އެފްއޭއެމްގެ ސަބަބުން!
11 ޖޫން 2018

ފީފާގެ ކޮންގްރެސްގައި ރާއްޖެ ތަމްސީލުކުރުމަށް އެފްއޭއެމްގެ ވެރިން ރަޝިއާއަށް

11 ޖޫން 2018
ފީފާގެ ކޮންގްރެސްގައި ރާއްޖެ ތަމްސީލުކުރުމަށް އެފްއޭއެމްގެ ވެރިން ރަޝިއާއަށް
23 ޖުލައި 2017

އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި

23 ޖުލައި 2017
އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި
23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު