Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި

23 ޖުލައި 2017 | އާދީއްތަ 11:29

މާގާމުން ދުރުކޮށްފައިވަނީ އެކްސްކޯގައި ތިއްބެވި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެ ވަޑައިގަންނަވާ 3 މެމްބަރުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 23 ޖުލައި 2017 | އާދީއްތަ 11:29
އެފްއޭއެމް ހައުސް

އެފްއޭއެމް ހައުސް

ފޫޓްބޯލް އެސޯސިއޭޗަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) ގެ ތިން މެމްބަރަކު މަގާމުން ވަކިކޮށްފިއެވެ.

އެފްއޭއެމް އިން އާދީއްތަ ދުވަހު މީޑިއާ ތަކާއި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ، ވިދިވިދިގެން އެކްސްކޯގެ 6 ބައްދަލުވުމަށް ހާސިރުވެފައި ނުވާތީ، އެއިދާރާގެ އެކްސްކޯގެ މެމްބަރުން ކަމަށްވާ، ހުސައިން ޝަހުދީ އާއި، އަލީ ޝާހް އާއި، އަބްދުﷲ އަހުމަދު، އެކްސްކޯގައި ފުރުއްވަމުން ގެންދަވާ މަގާމުން ވަކިކުރެވިފައި ވާކަމަށެވެ.

އެފްއޭމްއިން ބުނެފައިވަނީ، އެއިދާރާގެ ހިންގާ ގަވާއިދުގެ އާރޓިކަލް (ށ) ގެ (33) ވަނަ ވާއްދާގެ (9) ވަނަ ނަމްބަރަށް ރިއާޔަތްކޮށް އެކްސްކޯ މެމްބަރެއްގެ މަގާމު ހުސްވުމަށް ކަނޑައަޅާފައިވާ ހާލަތްތަކުގެ ތެރެއިން، ހުސައިން ޝަހުދީ އާއި، އަލީ ޝާހް އާއި، އަބްދުﷲ އަހުމަދު، ވިދިވިދިގެން އެކްސްކޯގެ 6 ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީ، އެހާލަތަކީ އިސްވެ ދެންނެވެވުނު މާއްދާގެ ދަށުން މަގާމު ހުސްވުމަށް މެދުވެރިވާ ހާލަތެއްކަމުން، 23 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން މި 3 މެމްބަރުން އެކްސްކޯގައި ފުރުއްވަމުން ގެންދަވާ މަގާމުން ވަކިކުރެވިފައިވާ ކަމަށެވެ.

އަދި ހުސްވެފައިވާ މަގާމުތަކުން އެކްސްކޯގެ މެމްބަރުކަމަށް އަލްފާޟިލް އަލީ އުމަރު އައްޔަންކުރުމަށް، 22 ޖުލައި 2017 ވަނަ ދުވަހު ބޭއްވުނު އެކްސްކޯގެ ބައްދަލުވުމުގައި ފުރިހަމަ އަގުލަބިއްޔަތުން ފާސްކުރެވިފައިވާ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރަށްވެސް އެއިދާރާއިން ބުނެފައިވަނި، އެއިދާރާއަށް ދިމާވެފައިވާ މައްސަލަތަށް ހައްލު ކުރުމަށާއި، ފުޓުބޯޅަ ކުރިއެރުވުމަށް އެއިދާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އަސާސީ ގަވާއިދުގެ މަތީން އެކްސްކޯގެ މެމްބަރުންނަށް މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި މެމްބަރުންނަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަށް އަސާސީ ގަވާއިދާ އެއްގޮތަށް ޕްރޮފެޝަނަލް ކަމާއި އެކު އަދާކުރުމަށް ނަސޭހަތްތެރި ވެފައިވާ ކަމަށާއި، ނަމަވެސް އިސްވެ ދެންނެވުނު 3 މެމްބަރުންންގެ ފަރާތްޕުޅުން އެންމެ ފުރިހަމަ އެއްބާރުލުން ލިބެމުން ނުދާކަށް އެއިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް