Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ ގޭސް ހޮޅިން ކަނޑަށް ގޭސް ލީކުވުން

ކަނޑު އަޑިން ގޮއްސަ އޮތް ގޭސް ހޮޅިން ލީކުވަމުން ދަނީ، ވީ ކިހިނެއްބާ؟

28 ސެޕްޓެމްބަރު 2022 | ބުދަ 01:59

މިއީ މީގެ ކުރިން ދުވަހަކުވެސް މިގޮތަށް ގޭސް ލީކު ވީވަރެއް ނޫން ކަމަށް ރިޕޯޓުތައް ބުނޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 28 ސެޕްޓެމްބަރު 2022 | ބުދަ 01:59
ގޭސް ލީކުގެ ސަބަބުން އެއް ކިލޯމީޓަރު ވަރުގެ ސަހައްދެއްގައި ބޮކިޖަހަމުން ދަނީ

ގޭސް ލީކުގެ ސަބަބުން އެއް ކިލޯމީޓަރު ވަރުގެ ސަހައްދެއްގައި ބޮކިޖަހަމުން ދަނީ

ރަޝިޔާއިން ޖަރމަނީއަށް ތެޔޮ ފޯރުކޮށްދިނުމަށް ބޯލްޓިކް ކަނޑުތެރެއިން އަޅާފައިވާ ދެ ގޭސް ހޮޅިން އާދަޔާ ޚިލާފަށް ގޭސް ލީކުވަމުން ދާތީ އެކަމުގެ ކަންބޮޑުވުން އުފެދި ޔޫރަޕްގެ ގައުމުތަކުން ވީގޮތެއް ބަލަމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ. ޑެންމާކްގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި ނޯޑްސްޓްރީމް އެކެއް އަދި ދޭކުން ގޭސް ލީކުވާތީ ކަނޑުގެ ލޮނުގަޑު އެއްކިލޯމީޓަރު ވަރު ސަރަހައްދެއްގައި ބޮކިޖަހާ، ކެކިއަރާ ތަން ފެނެއެވެ. މިއާއެކު މިއީ ހޮޅިތަކަށް ބަޔަކު ގަސްތުގައި ގެއްލުން ދީފައި ވުމުގެ ސަބަބުން ވާކަމެއް ތޯ ބެލުމަށް ވަނީ ތަހުގީގުތައް ފަށާފައި ކަމަށް ޚަބަރުތައް ބުނެއެވެ.

ރަޝިޔާ ޔޫކްރެއިން ހަނގުރާމަޔާއި ގުޅިގެން ރަޝިޔާގެ ތެލާއި ގޭސް ގަތުން ޔޫރަޕުން ހުއްޓާލުމާއި ގުޅިގެން ރަޝިޔާއިން ޖަރމަނީ އަށް އަޅާފައި އޮންނަ ސަޕްލައި ހޮޅިވަނީ ބަންދުވެސް ކޮށްފައެވެ.

ރަޝިޔާގެ ސަޕްލައި ހުއްޓުމާއި ގުޅިގެން ޔޫރަޕު ގެ ގައުމުތަކުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔައެވެ. ނޯވޭ އިން ޕޯލަންޑަށް ފޯރުކޮށް ދިނުމަށް ބޯލްޓިކް ކަޑު ހުރަސްކޮށް އަޅާފައިވާ ހޮޅި ވެސް، ތެލުގެ އަގުބޮޑުވުން ފޫބެއްދުމަށް ޓަކައި މިހާރު ވަނީ ހުލުވާފައިކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް ރަޝިޔާގެ ހޮޅި ނޯޑް ސްޓްރީމް އެކެއް އަދި ދޭކުން ކުއްލިއަކަށް ލީކުވާން ފެށި ޚަބަރާއި ގުޅިގެން ނޯވޭގެ ހޮޅި ހުޅުވި ޚަބަރަށް ވަނީ ހިޔަނި އެޅިގެން ގޮސްފައެވެ.

ނޯޑް ސްޓްރީމް ދޭއް އޮޕަރޭޓް ކުރާ ފަރާތްތަކުން ވަނީ ހޮޅީގެ ޕްރެޝަރު ކުއްލިއަކަށް ވެއްޓިފައިވާ ކަމަށް ހޯމަ ދުވަހު ރިޕޯޓުކޮށްފައެވެ. އަދި ލީކެއް އުޅޭކަމަށް ވެދާނެ ކަމަށް އޭރު ތަރުޖަމާނަކު ބުނެފައި ވެއެވެ. އެއާއެކު ޑެންމާކު ސަރަހައްދުން ދުވެފައި އޮންނަ ހޮޅީގައި އަސްލުވެސް ލީކެއް އެބައުޅޭކަމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން ބުނެފައި ވެއެވެ. އޭގެ ދެތިން ގަޑިއިރު ފަހުން ވަނީ ނޯޑް ސްޓްރީމް އެހެން ހޮޅިއެއް އޮޕަރޭޓް ކުރާފަރާތުން ވެސް ހޮޅީގެ ޕްރެޝަރު ވެއްޓިފައިވާކަން ރިޕޯޓުކޮށްފައެވެ.

ސްވީޑްން އަދި ޑެންމާކުގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވަނީ ނޯވޭ އިން ޕޯލަންޑަށް ތެޔޮ ފޮނުވުމަށް އެޅި އައު ހޮޅި ހުޅުވި ވަގުތާއި ދިމާކޮށް ކުއްލިއަކަށް މިގޮތަށް ގޭސް ލީކުވާން ފެށުމުން ކޮންމެވެސް ފަރާތަކުން މެސެޖެއް ދޭން އުޅެނީ ކަމަށްވެސް ވެދާނެ ކަމުގައެވެ. އެމެސެޖަކީ އަލަށް ހުޅުވި ނޯވޭގެ ގޭސް ހޮޅިއަށް ވެސް ހަމަ މިފަދަ ކަމެއް ދިމާވެދާނެ ކަމުގެ އިންޒާރެވެ.

ނޯޑްސްޓްރީމް ދެހޮޅިން ވެސް ގޭސް ލީވާކަމުގެ ހެކި ފެންނަ ފޮޓޯތައް ހާމަކުރަމުން ޑެންމާކުން ދަނީ އެހިސާބާ ފަސް ނޯޓިކަލް މޭލު ދުރުން ދަތުރު ކުރުމަށް ކަނޑު ބޯޓުތަކަށް އަންގަމުންނެވެ.

ނޯޑްސްޓްރީމް ދެހޮޅިން ގޭސް ލީކުވާން ދިމާވި ސީދާ ސަބަބު އަދި ނުހޯދޭ ކަމަށް ވެއެވެ. އެނަލިސްޓުން ބުނާ ގޮތުގައި މިގޮތަށް ކަނޑު އަޑިން އަޅާފައި އޮންނަ ގޭސް ހޮޅިތަކުން ގޭސް ލީކުވުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ. އެއާ އެކު އެއް އޮޕަރޭޓަރަކު ވަނީ މިފަހަރުގެ ލީކަކީ މީގެ ކުރިން މިކަން ދުވަހަކުވެސް ހިނގާފައި ނުވާވަރަށް ވެފައިވާ ލީކެއް ކަމަށް ބުނެފައެވެ.

މިހެން ދިމާވެދާނެ ސަބަބުތަކުގެ ތެރޭގައި ޓެކްނިކަލް މައްސަލައެއް ދިމާވުން، މެއިންޓެނަންސްގައި އުޅުނު މައްސަލައަކުން އަދި ނޫނީ ގަސްތުގައި ބަޔަކު އެކަން ކުރުން ހިމެނެއެވެ.

މިހާދިސާއާއި ގުޅިގެން ޔޫކްރެއިނުން ބުނެފައިވަނީ އެހެން ދިމާވީ ރަޝިޔާއިން ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ކަމަށް ވުން އެކަށީގެންވާ ކަމުގައެވެ.

ޕޯލަންޑްގެ ބޮޑުވަޒީރު ވިދާޅުވީ ގޭސް ލީކަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ. އަދި ޑެންމާކުގެ ލީޑަރުވެސް ވަނީ އެމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.

ކޮނެމެއަކަސް މުޅި ޔޫރަޕުން އަދި މުޅި ދުނިޔެ ވެސް ވަނީ މި ގޭސްލީކުގެ ސަބަބުން ކަންބޮޑުވެ ހާސްކަންމަތީގައެވެ.  

ރަޝިއާދުނިޔެ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
11 ޖުލައި 2025

ރައީސްގެ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވަން ޓްރަމްޕް ނިންމަވައިފި

11 ޖުލައި 2025
ރައީސްގެ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވަން ޓްރަމްޕް ނިންމަވައިފި
08 ޖުލައި 2025

ޔުކްރެއިން އަށް އިތުރު ހަތިޔާރު ފޮނުވަން ޓްރަމްޕް ނިންމަވައިފި

08 ޖުލައި 2025
ޔުކްރެއިން އަށް އިތުރު ހަތިޔާރު ފޮނުވަން ޓްރަމްޕް ނިންމަވައިފި
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
02 ޖުލައި 2025

ތިން އަހަރު ފަހުން މެކްރޮން އާއި ޕުޓިންގެ މަޝްވަރާއެއް

02 ޖުލައި 2025
ތިން އަހަރު ފަހުން މެކްރޮން އާއި ޕުޓިންގެ މަޝްވަރާއެއް
29 ޖޫން 2025

ރަޝިޔާ އިން ޔޫކްރެއިން އަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ހޮނިހިރު ދުވަހުގެ ރޭ ދީފި

29 ޖޫން 2025
ރަޝިޔާ އިން ޔޫކްރެއިން އަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ހޮނިހިރު ދުވަހުގެ ރޭ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް