Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހަނިމާދޫގެ ތަރައްގީ

ހަނިމާދޫ ވެގެންދާނީ، ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑުބަދަލު ވަދެގެން އަންނަ މައި ދޮރާއްޓަށް - ރައީސް

މިޕްރޮޖެކްޓް ހިންގަނީ، ޖަޒީރާ ވަންތަ ވިޔަވަތި ދިރިއުޅުން، މިސަރަހައްދުގެ 41 ރަށަށް ލިބިދިނުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2022 | އަންގާރަ 17:59
ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބޮޑުތިލަދުންމަތި ގުޅާލުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބޮޑުތިލަދުންމަތި ގުޅާލުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ހަނިމާދޫ ވެގެންދާނީ، ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑުބަދަލު ވަދެގެން އަންނަ މައި ދޮރާއްޓަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބޮޑުތިލަދުންމަތި ގުޅާލުމުގެ ނަމުގައި، ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު މީގެކުރިން ބައިނަލް އަޤްވާމީ ކުރީ، ނަންބޯޑަކާއެކު އަންނަ، އިތުރު މަތިންދާ ބޯޓަކުން ކަމަށެވެ. ބޯޑުފީވެ، ފުރިބޯޓު އަނބުރާ ނައުމުން އެކަން ނިމި، ބައިނަލް އަޤްވާމީކަން ކެނޑޭ ކަމަށެވެ. ހަނިމާދޫ އެއަރޕޯރޓަށް، ދެންވާނީ ކުރިން ވީގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ރަންވޭއަށް އަންނަ ތަރައްޤީ، ޓަރމިނަލަށް ނުގެނެސް، ހަނިމާދޫ އިންޓަރނޭޝަނަލެއް ނުވާނެ ކަމަށެވެ. ބޭނުންވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް، ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލެއް، އަލުން އިމާރާތް ކުރެއްވުން ކަމަށެވެ. ރަންވޭ ދިގުކޮށް، ޓަރމިނަލް އާކޮށް ބޮޑު ކުރާނަމަ، އެއާ ގުޅޭ ކޮންމެހެން ލާޒިމު، އަނެއް ބޮޑު ބަދަލު، މިބޮޑު ތިލަދުން މައްޗަށް އަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ސަރަހައްދުގައި ރިޒޯޓް، ހޮޓާ، ގެސްޓް ހައުސްގެ ގޮތުގާ 8000 ޓޫރިސްޓް އެނދު ޤާއިމު ކުރުމުގެ އަމާޒު އެބައޮތް ކަމަށެވެ. މިމަހުގެ 25 ވަނަ ދުވަހު ކޮންޓްރެކްޓްކޮށް، އެވޯޑް ކުރެވިފާ މިވަނީ، މާލެ ސަރަހައްދުން ބޭރުގާ ހިންގޭ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށެވެ. މިޕްރޮޖެކްޓް ހިންގަނީ، ޖަޒީރާ ވަންތަ ވިޔަވަތި ދިރިއުޅުން، މިސަރަހައްދުގެ 41 ރަށަށް ލިބިދިނުމަށް ކަމަށެވެ.

އަދި ހަނިމާދޫ ވެގެންދާނީ، ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑުބަދަލު ވަދެގެން އަންނަ މައި ދޮރާއްޓަށް ކަމަށެވެ. މިފަހަރު، އެންމެ ފަހުކަމެއްގެ ގޮތުގާ ނޫނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ނަންބޯޑު ހަރެއް ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރާއްޖެ ޓްރާންސްޕޯޓް ލިންކްއެމްޓީސީސީހަނިމާދޫ އެއަރޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު