Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސަރުކާރު

ތަފާތުކުރުމެއްނެތި ފެނާއި ނަރުދަމާ: ޒަމާންވީ އުއްމީދުތަކުގައި ކުލަޖެހެމުންދަނީ

އެންމެ ބޮޑު އިސްކަމެއް ދީގެން ސަރުކާރުން ކުރަމުންދާ އެއް މަސައްކަތަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް

ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2022 | އަންގާރަ 06:07
ރައީސް ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ދަޢުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް، ބާރު ސްޕީޑްގައި ދަނީ ކުރެވެމުން

އާބާދީގެ ކުޑަބޮޑުމިނަށް ނުބަލައި، ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އެންމެ ބޮޑު ބަދަލުތަކެއް ގެނެސްދެވިފައިވަނީ ވޭތުވެދިޔަ 4 އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. ސިޔާސީ ފިކުރުގެ ސަބަބުން އެ ޙަޤީޤަތާއި ދެބަސްވާ މީހާވެސް ހިތުގެ އަޑިން ޤަބޫލުކުރާނެ ކަމަކީ ތަފާތުކުރުމެއް ނެތި މިއަދު ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ޚިދުމަތްތަކާއި ވަޞީލަތްތައް ފޯރުކޮށްދިނުމަށް މި ސަރުކާރު ކުރަމުންދާ މަސައްކަތެވެ.

ރައީސް ޞާލިޙުގެ ސަރުކާރު އެތައް ހުރަހަކާއި ކުރިމަތިލައިފިއެވެ. ޢާލަމީ ވަބާއަކާއި އިޤުތިޞާދީ ހީނަރުކަމެވެ. ހަނގުރާމައެއްގެ އަސަރުތަކާއި ޓެރަރިޒަމްގެ ބިރުވެރިކަމެވެ. މި ހުރިހާ ހުރަހަކާއިއެކުވެސް ބަދަލު ނުވެ އޮތީ ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ސަރުކާރުން ކުރަމުންދާ އެއް މަސައްކަތަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތެވެ.

ސާފު ބޯފެނާއި، ރައްކާތެރި ނަރުދަމާ ނިޒާމެއް އެއީ އިންސާނީ ކަރާމާތާއި ގުޅިފައިވާ މުހިއްމު އަސާސީ ދެ ޚިދުމަތް ނަމަވެސް، މި ސަރުކާރުން މަސައްކަތް ފަށައިގަތުމާއި ހަމައަށް އެ ޚިދުމަތް ނުލިބޭ، އަދި ތެދުތެދަށް ބުނާނަމަ، އެ ޚިދުމަތް ލިބޭނެ ކަމުގެ އުއްމީދުވެސް ނުކުރާ އެތައް ރައްޔިތުންނެއް ތިއްބެވެ. އެއީ އާބާދީ މަދުކަމުންނާއި، ސިޔާސީ ފިކުރުގެ ސަބަބުން ވޭތުވެދިޔަ އެތައް އަހަރަކު ބާކީކޮށްފައި ތިބި ރައްޔިތުންނެވެ. އެ ބާކީކުރުމުގެ ނަތީޖާއެއްގެ ގޮތުން، ތަޣައްޔަރުވެފައި ވަޅުތަކުން ފެން ނަގައި އެ ބޮއެ، އޭގެން ކައްކައި ކައިގެން އުޅެން އެތައް ބަޔަކަށް މަޖުބޫރުވިއެވެ. ނަޖިސް ފެނުން "ގައިންތާހިރުވުން" ނޫން ގޮތެއް އެތައް ރައްޔިތުންނަކަށް އޭރު ނެތެވެ. ރައީސް ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ދަޢުރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް، ބާރު ސްޕީޑްގައި ދަނީ ކުރެވެމުންނެވެ.

ތިލަދުންމައްޗަށް ރައީސް ޞާލިޙު މިހާރު ދަތުރުކުރައްވަމުން ގެންދަވާއިރު މި ދަތުރުފުޅުގައި މިހާތަނަށް ރައީސް ވަޑައިގެންނެވި މަންޒިލްތަކަށް ބައްލަވާށެވެ. ނިސްބަތުން އާބާދީ ކުޑަ ހދ. ފިނޭގައި ފެނާއި ނަރުދަމާގެ މަސައްކަތް އެވަނީ ނިމިފައެވެ. އެ އަތޮޅު ނައިވާދޫގެ ފެނުގެ ނިޒާމު މިހާރު ޤާއިމްކޮށްފައިވާއިރު، ނަރުދަމާ ނިޒާމުގެ މަސައްކަތް އެދަނީ ކުރެވެމުންނެވެ. ދެން ހއ. އުތީމެވެ. އުތީމުގައި ނަރުދަމާ ނިޒާމު ޤާއިމްކޮށް ނިމިފައިވާއިރު، އެ ރަށުގައި ސާފު ބޯފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް އެދަނީ ކުރެވެމުންނެވެ. ރަށުގެ މަޝްހޫރުކަމަށް، އާބާދީއަށް ނުވަތަ ސިޔާސީ ފިކުރަށް ބެލުމެއް ނެތި ރައީސް ޞާލިޙުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ހަމަ ގައިމުވެސް އެ ރަށްތަކުގެ މީހުން ބަލައިގަނެއެވެ.

ރައީސް ޞާލިޙުގެ ވިސްނުންފުޅު ރައްޔިތުންނާއި ޙިއްސާކުރައްވާ ކޮންމެ ފަހަރަކުމެ ހާމަވާ ދެ ކަމެއް އޮވެއެވެ. އެއް ކަމަކީ އެމަނިކުފާނު ރައްޔިތުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅުއްވާ ކަމެވެ. ދެވަނަ ކަމަކީ ފެނާއި ނަރުދަމާގެ ޚިދުމަތައް އެމަނިކުފާނު ދެއްވާ އިސްކަމެވެ. އެ އިސްކަން އެގޮތަށް ދެއްވަނީ އެ ދެ ޚިދުމަތަކީ ހަމައެކަނި އެ ޚިދުމަތް ލިބުމާއި ހަމައިން ނިމޭ ކަންކަމަށް ނުވުމުންނެވެ. އެއީ ރައްޔިތުންގެ ކުރިއެރުމާއި، ރަށްރަށުގެ އިޤުތިޞާދީ ކުރިއެރުމާއި ލާމެހިފައިވާ މުހިއްމު ދެ ކަމެވެ. ޚާއްސަކޮށް، މިއަދު ރާއްޖޭގައި އެންމެ ފުޅާވަމުން އަންނަ އިޤުތިޞާދީ މަސައްކަތް ކަމުގައިވާ ރަށު ފަތުރުވެރިކަމުގެ ދޮރު ހުޅުވާލުމަށް ފެނާއި ނަރުދަމާގެ ޚިދުމަތަކީ މުހިއްމު ދެ ޚިދުމަތެވެ.

ހަނޑަސްބުރި ހަދައިގެން ދިވެހިން އުޅުނު ޒަމާން ބަދަލުވެ، އެތަންތަން ގިފިލިތަކާއި ޒަމާނީ ފާޚާނާތަކަށް ބަދަލުވި ނަމަވެސް، ގިނަ ރަށްރަށުގައި ހުރި "ތަށިމުށިޖެހި ހަނޑަސްބުރިތައް"، މި ސަރުކާރުން އެ ދަނީ ޒަމާނީ ނަރުދަމާ ނިޒާމެއްގެ ތެރެއިން ރައްކާތެރި ތަންތަނަށް ބަދަލުކުރަމުންނެވެ. އަދި އެންމެހައި ރައްޔިތުންނަށް އެ ޚިދުމަތްތަކާއި އޭގެން އުފެދޭ ފުރުޞަތުތައް ފަހިވުމާއި ހަމައަށް ސަރުކާރުން ދާނީ އެ މަސައްކަތް ކުރަމުންނެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުސަރުކާރުގެ ވައުދުތައްފެނާއި ނަރުދަމާ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު