Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

އިންގްލެންޑު އޮތީ ބޮޑު ޕްރެޝަރެއްގައި: ކޭން

އެންމެ ފަހުން ކުޅުނު މެޗުގެ ނަތީޖާތައް ހުރި ގޮތުން ޓީމުގެ ކުޅުންތެރިން ތިބީ ބޮޑު ޕްރެޝަރެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ސެޕްޓެމްބަރު 2022 | އަންގާރަ 03:08
ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން

ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑް އޮތީ ބޮޑު ޕްރެޝަރެއްގައި ކަމަށް އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖަރުމަނުން ވަނީ ދެ ގޯލު ޖަހައި ލީޑު ނަގާފައެވެ. ނަމަވެސް، ލޫކް ޝޯ އާއި މޭސަން މައުންޓުގެ ގޯލުން އިންގްލެންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެެވެ. މެޗުގެ ފަހު ދިހަ މިނެޓުގައި ކޭން ވަނީ ލިބުނު ޕެނަލްޓީއެއްގައި ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ކައި ހަވާޓެޒް ވަނީ ޖަރުމަނަށް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

އެންމެ ފަހުން އިންގްލެޑުން ކުޅުނު ހަ މެޗު ވެސް އެ ޓީމު ނިންމާލަން ޖެހުނީ މޮޅެއް ނުހޯދިއެވެ. ތިން މެޗުން އެއްވަރުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފައެވެ.

މެޗަށްފަހު ކޭން ބުނީ ޤަތަރުގައި އޮންނަ ވޯލްޑް ކަޕަށް ދިޔުމުގެ ކުރިން މޮޅެއް ހޯދަން ޓީމު އޮތީ ބޭނުންވެފައި ކަމަށެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުގެ ނަތީޖާތައް ހުރި ގޮތުން ޓީމުގެ ކުޅުންތެރިން ތިބީ ބޮޑު ޕްރެޝަރެއްގައި ކަން ކޭން ވަނީ ފާހަގަކޮށްފައެވެ. ކޭން ބުނީ ޓީމުގެ ކުޅުންތެރިންނަށް ހެދޭ ގޯސްތަކުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށާއި، އެކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. ކޭން ބުނީ ޖަރުމަނުން ދެ ލަނޑު ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ތިން ލަނޑު ޖަހައި ލީޑު ނެގުމަކީ ވެސް ވޯލްޑް ކަޕްގެ ކުރިން ލިބުނު ޕޮސިޓިވް ކަމެއް ކަމަށެވެ.

ކޭން ބުނީ ޖަރުމަނާ ދެކޮޅަށް ކުޅޭ އިރު، ޚާއްސަކޮށް ވެމްބްލީ ގައި ކުޅޭ އިރު އެއީ ކޮންމެ މުބާރާތެއްގެ މެޗަކަށްވީ ނަމަވެސް، އެ މެޗަކީ ބޮޑު މެޗެއް ކަމަށެވެ. އޭނާ ބުނީ އިންޓަނޭޝަނަލް ބްރޭކަށްފަހު ކުޅުންތެރިން ކުލަބާ ގުޅި، ވޯލްޑް ކަޕްގެ ކުރިން ރަނގަޅު ފޯމަކަށް އަންނާނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

ޔުއެފާ ނޭޝަންސް ލީގުއިނގިރޭސިވިލާތްހެރީ ކޭން

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު