Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބަޞަރާގެ ފޮތް ވިއްކާ މަގު

މަގެއް ތަރައްޤީވަނީ ހަމައެކަނި ތާރު އަޅައިގެން ނޫންކަން ބަޞަރާއިން ސާބިތުކޮށްދީފި

ޘަޤާފީ އަދި ފޮތްތެރި މަގެއްގެ ގޮތުގައި ފަރަހީދީ މަގުގެ އާބާތުރަ ފިލުވާފައިވާ ފޮތް ކިއަން ލޯބިކުރާ މީހުންނަށް ހާއްސަ މަގެއްގެ ގޮތުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 26 ސެޕްޓެމްބަރު 2022 | ހޯމަ 06:54
ޘަޤާފީ މަރުކަޒެއްގެ ގޮތުގައި ބަޞަރާ މަޝްހޫރު ކުރުމުގައިވެސް ފަރަހީދީ މަގު މިއަދު މަޤުބޫލު

ޘަޤާފީ މަރުކަޒެއްގެ ގޮތުގައި ބަޞަރާ މަޝްހޫރު ކުރުމުގައިވެސް ފަރަހީދީ މަގު މިއަދު މަޤުބޫލު

ތަފާތު އެކި ކަހަލަ ފޮތް ކިއާ ހެދުމަކީ އެކަމުގައި އެތައް ފައިދާތަކެއް ލިއްބައިދެނިވި ކަމަކަށް ވާއިރު، ޒަމާނީ ވަޞީލަތްތަކުގެ ބޭނުން ހިފުމުގެ ބަދަލުގައި، ސީދާ ފޮތުން ފޮތް ކިއުމަށް ލޯބި ކުރާ މީހުންވެސް މަދެއް ނޫނެވެ. ޑިޖިޓަލް ޓެކްނޮލޮޖީއާއެކު ގިނަ ފޮތްތަކެއް ސްކްރީންތަކުގެ ފޭރަމަށް ބަދަލުވި ކަމުގައިވީ ނަމަވެސް، ކަރުދާހަށް ޗާޕްކޮށްފައި ހުންނަ ފޮތްވެސް ވަކި މަދެއް ނުނެވެ. ފޮތެއް ކިއާލުމުގެ ޙަޤީޤީ އުފާ ލިބެނީވެސް އެފަދަ ގޮތަކަށް ފޮތެއް ކިއާލީމައެވެ.

ނަމަވެސް، ހަލަބޮލިވެފައިވާ ދިރިއުޅުމުގެ ތެރެއިން، ކުތުބުޚާނާއަކަށް ނޫނީ، ފޮތް ފިހާރައަކަށް ޒިޔާރަތް ކޮށްލާނެ ވަގުތު އޮންނަނީ ނުވެފައެވެ. އަމިއްލަ ގެދޮރުގެ ޖާގައިގެ ދަތިކަމާ ހެދި، ގޭގައިވެސް އެފަދަ ހަރުގަނޑެއް ބަހައްޓާލުމުގެ ނަޞީބު ލިބެނީ މަދު މީހަކަށެވެ. މިފަދަ ޙާލަތަކަށް އެންމެ އެކަށޭނަ ގޮތަށް، ފޮތް ކިއާލުމުގެ ފުރުޞަތު އާންމުންނަށް ހޯދާދޭ އެއް ތަނަކީ، ދާދި ފަހުން އާބާތުރަ ފިލުވި، ޢިރާޤުގެ ދެކުނުގެ ސިޓީއެއް ކަމަށް ވާ ބަޞަރާގެ ފަރަހީދީ މަގެވެ.

ޘަޤާފީ އަދި ފޮތްތެރި މަގެއްގެ ގޮތުގައި ފަރަހީދީ މަގުގެ އާބާތުރަ ފިލުވާފައިވާ ފޮތް ކިއަން ލޯބިކުރާ މީހުންނަށް ހާއްސަ މަގެއްގެ ގޮތުގައެވެ. ކިއޯސްކްތަކުގައި ފޮތްތައް ބަހައްޓާފައި ހުންނައިރު، ފޮތް ކިއަނީ މަގުމައްޗަށްވާ އައްޔަކުންނެވެ. އިށީނދެލައިގެން އިނދެ ފޮތް ކިޔަން ބޭނުން ނަމަ، ޕޭވްމަންޓްގައި އިނދެގެން ފޮތް ކިޔާލަން ވީއެވެ. ބަލާލަން ކިތަންމެ ހާވެސް ހިތްޤައިމު މަންޒަރެކެވެ.  

މި ފެންވަރަށް ފަރަހީދީ މަގު ތަރައްޤީ ކުރީ ޢިލްމާއި ޙިލްމުގެ ފަންނުގައި ކުރިއަރާ ގޮސްފައި ވާ ބަޔަކާއި އަމިއްލަ ބަޔަކު ގުޅިގެންނެވެ. އެއީ ބުރަ، އަދި ޒިންމާދާރުކަން ބޮޑު މަސައްކަތެއްގެ ނަތީޖާ ކަން، ބަޞަރާގެ ރިސާޗަރެއް ކަމަށްވާ އިޞްރާ ޠާހާ ޙަސަން ވަނީ ފާހަގަކޮށްފައެވެ.

ފަރަހީދީ މަގު ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ސުޕަރވިޜަން ކޮމިޓީގެ އިސްވެރިޔާ، ސަފާ އަލް-ޛާހީ ބުނި ގޮތުގައި 2015 ވަނަ އަހަރު ވުޖޫދުވި ފަރަހީދީ މަގަކީ، އެންމެ އެކަށީގެންވާ ގޮތެއްގައި ތަރައްޤީވަމުން އައި މަގެއް ނޫނެވެ. ނަމަވެސް، އެ މަގަށް ޒިޔާރަތް ކުރާ ފަރާތްތަކާއި، ސަރަހައްދީ އިދާރާތަކާއި، ޔޫއެސްއެއިޑްގެ އެހީގައި އެ މަގަށް ވަނީ، ޢަދަބީ ޘަޤާފަތުގެ އިންޤިލާބެއް އައިސްފައެވެ. މިއަދު، ޘަޤާފީ ގިނަ ހަރަކާތްތަކެއް އެ މަގުގައި ކުރިއަށް ގެންދެވޭ ފެންވަރަށް، ފަރަހީދީ މަގު ވަނީ ތަރައްޤީ ކޮށްފައެވެ.

ބަޞަރާގައި ފޮތް ވިއްކުމުގެ ވިޔަފާރި ކުރުމަކީ މީގެ ކުރިން ތަކުލީފު ބޮޑު މަސައްކަތެކެވެ. ފޮތް ވިއްކާ ފަރާތްތަކުން، އެމީހުންގެ ގުދަންތަކަށް ދިއުމަށްޓަކާ ދުރު ރާސްތަކަށް ހިނގަން ޖެހެއެވެ. މޫސުމީ ގޮތުންވެސް ތަކުލީފުތަކަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް ފަރަހީދީ މަގުގައި މިއަދު ތަރައްޤީ ކޮށްފައި ވާ ކިއޯސްކްތަކާއެކު، ފޮތްވިއްކާ މީހުންގެ މަސައްކަތް ވަނީ އެތައް ގުނައެއް ލުއިވެފައެވެ. އޭގެ އިތުރުން، ޘަޤާފީ މަރުކަޒެއްގެ ގޮތުގައި ބަޞަރާ މަޝްހޫރު ކުރުމުގައިވެސް ފަރަހީދީ މަގު މިއަދު މަޤުބޫލެވެ.

ފަރަހީދީ ޘަޤާފީ އަދި ފޮތްތެރި މަގުބަޞަރާފަރަހީދީ މަގު

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2023

އިރާގޭ ބުނުމުން ބޮލުގައި ކުރެހޭ ތަސްވީރު ބަދަލުކޮށްލި ބަސްރާ!

14 ޖެނުއަރީ 2023
އިރާގޭ ބުނުމުން ބޮލުގައި ކުރެހޭ ތަސްވީރު ބަދަލުކޮށްލި ބަސްރާ!
23 ޑިސެމްބަރު 2022

ފަލަސްޠީނުގައި އޮތް ހަމައެކަނި ކަމަކީ ލޭއޮހުރުވުން ކަމުގައި ހީވަނަމަ، ތިޔަ ކުރެވެނީ ކުށް ހީއެއް!

23 ޑިސެމްބަރު 2022
ފަލަސްޠީނުގައި އޮތް ހަމައެކަނި ކަމަކީ ލޭއޮހުރުވުން ކަމުގައި ހީވަނަމަ، ތިޔަ ކުރެވެނީ ކުށް ހީއެއް!
29 އޮކްޓޯބަރު 2022

ދުނިޔޭގައި ލިބެން ހުރި އެންމެ ކުޅި މިރުސް އަޅައިގެން ޗޮކްލެޓެއް ކާލަން ކެރޭނެތަ؟

29 އޮކްޓޯބަރު 2022
ދުނިޔޭގައި ލިބެން ހުރި އެންމެ ކުޅި މިރުސް އަޅައިގެން ޗޮކްލެޓެއް ކާލަން ކެރޭނެތަ؟
25 އޯގަސްޓު 2022

ސަތޭކަ އެތައް މިލިއަން އަހަރެއް ކުރިން ޑައިނަސޯ ހިނގިކަމަށް ބުނާ މަގެއް ފެނިއްޖެ

25 އޯގަސްޓު 2022
ސަތޭކަ އެތައް މިލިއަން އަހަރެއް ކުރިން ޑައިނަސޯ ހިނގިކަމަށް ބުނާ މަގެއް ފެނިއްޖެ
10 ސެޕްޓެމްބަރު 2020

މަޝްހޫރު ރެޕަރ ރަފްތާރުވެސް ކޮވިޑަށް ޕޮޒިޓިވް

10 ސެޕްޓެމްބަރު 2020
މަޝްހޫރު ރެޕަރ ރަފްތާރުވެސް ކޮވިޑަށް ޕޮޒިޓިވް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު