Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ އާންމުން އަސްކަރިއްޔާއަށް ވެއްދުން

ރަޝިއާގެ އާންމުން އަސްކަރިއްޔާއާ ގުޅުމާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި 730ށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

25 ސެޕްޓެމްބަރު 2022 | އާދީއްތަ 14:04

ރައީސްގެ މިނިންމެވުމާއެކު 300،000އެއްހާ މީހުންނަށް އަސްކަރިއްޔާއާ ގުޅުމަށް އެންގޭނެކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރު ސަރްގެއި ޝޮއިގު ވަނީ ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 14:04
ރަޝިއާގައި އާންމުން އަސްކަރިއްޔާއާ ގުޅުމަށް އަމުރުނެރުމުން، ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ފުލުހުން މީހަކު ހައްޔަރުކުރަނީ

ރަޝިއާގައި އާންމުން އަސްކަރިއްޔާއާ ގުޅުމަށް އަމުރުނެރުމުން، ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ފުލުހުން މީހަކު ހައްޔަރުކުރަނީ

ރަޝިއާގެ އާންމު ރައްޔިތުން އެގައުމުގެ އަސްކަރިއްޔާއާ ގުޅުމަށް އެގައުމުގެ ރައީސް ވްލެޑްމިއަރ ޕުޓިން ކުރެއްވި އަމުރާއެކު މިކަމާ ދެކޮޅަށް އާންމުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ހޮނިހިރު ދުވަހު ރަޝިއާގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި 730ށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މިމުޒާހަރާތައް ރަޝިއާގެ 32 ސިޓީއެއްގައި ކުރިއަށްދާކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް އެގައުމުގެ އާންމު ރައްޔިތުން އަސްކަރިއްޔާއާ ގުޅުމަށް ރަޝިއާގެ ރައީސް އަމުރު ނެރުއްވާފައިވަނީ ނިމުނު ހަފުތާގެ ތެރޭގައެވެ. ރައީސްގެ މިނިންމެވުމާއެކު، އަސްކަރިއްޔާއާ ގުޅުމަށް 300،000އެއްހާ މީހުންނަށް އެންގޭނެކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރު ސަރްގެއި ޝޮއިގު ވަނީ ވިދާޅުވެފައެވެ.

ރަޝިއާގެ ރައީސް ވަނީ ހުޅަނގުން އެގައުމަށް "ނިއުކްލިއަރ ބްލެކްމެއިލް" ކުރަމުންދާނަމަ، ދިފާއުގައި އެގައުމުގެ އަސްކަރީ ހުރިހާ ބާރެއް ބޭނުންކުރަން ރަޝިއާއިން ތައްޔާރަށް އޮތްކަމަށް ވިދާޅުވެ، ހުޅަނގަށް އިންޒާރުދެއްވާފައެވެ.

އެގޮތުން ރަޝިއާގެ މީޑިއާތައް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅެއްގައި ޕުޓިން ވަނީ، ގައުމަށް ނުރައްކާވާނަމަ، ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރައްވަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ގައުމާއި ރައްޔިތުންގެ ދިފާއުގައި ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް އޮތް ކަމަށް ބުނާ ބުނުމަކީ ސަމާސާއަކަށް ބުނާ ބުނުމެއް ނޫންކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވަނީ ހުޅަނގުން ގުޅިގެން ރަޝިއާ ނައްތާލަން މަސައްކަތްކުރާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިހާރު ޔޫކްރެއިންގައި ރަޝިއާއިން ކޮންޓްރޯލްކުރަމުންދާ ސަރަހައްދުތައް ރަޝިއާއާ ގުޅެން ބޭނުންވޭތޯ ކަށަވަރުކުރުމަށްޓަކައި އެސަރަހައްދުތަކުގައި ރެފެރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށް ތާއީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއީ ހުޅަނގުންވެސް އަދި އެހެން ގައުމުތަކުންވެސް ގަބޫލުކުރާނެ ކަމެއް ނޫނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް