Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްޓީއޯ

އަސާސީ މުދާ ގަތުމަށް އައިޓީއެފްސީން އެސްޓީއޯއަށް 189 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް

25 ސެޕްޓެމްބަރު 2022 | އާދީއްތަ 11:58

މި އެއްބަސްވުމުގެ ދަށުން ތެލާއި ބޭސް އަދި ކާޑުގެ ބާވަތްތައް ގެންނަން އެހީވާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 11:58
އައިޓީއެފްސީ އާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ

އައިޓީއެފްސީ އާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ގަތުމަށް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއި އެސްޓީއޯއާ ދެމެދު 189 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގައި ސޮއި ކޮށްފިއެވެ.

އާދީއްތަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލް ވުމެއްގައި މި އެއްބަސްވުމުގައި އައިޓީއެފްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ ހާނީ ސަލީމަ ސޮންބޮލްއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުއެވެ.

Advertisement - newsAdvertisement

އައިޓީއެފްސީ އަކީ އިސްލާމިކް ފައިނޭންސިންގެ ތެރެއިން ވިޔަފަރާތިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ، އިސްލާމިކް ޑެވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ގޮތްޕެކެވެ. އެ ކޯޕަރޭޝަނުން އެސްޓީއޯއާއެކު ވެފައިވާ 189 މިލިއަން ޑޮލަރު (2.9 މިލިއަން ރުފިޔާ) ގެ އެއްބަސްވުމަކީ ވެސް އިސްލާމިކް ފައިނޭންސްގެ ތެރޭގައި ހިމެނޭ މުރާބަހާ ޓްރޭޑް ފައިނޭންސް ފެސިލިޓީއެއްގެ އެއްބަސްވުމެކެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މި އެހީ ލިބިފައިވަނީ ކޮވިޑް-19 އާއި ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ދުވަސްވަރެއްގައި ކަމަށެވެ. މި އެހީގެ ސަބަބުން ތެލާއި ކާޑުގެ ބާވަތްތަކާއި މެޑިކަލް ސާމާނާއި ބޭސް އެތެރެ ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި ތަކެތީގެ އަގުވެސް ވަރަށް ބޮޑަށް އުފުލިފައިވާއިރު އައިޓީއެފްސީގެ ފެސިލިޓީ، އެ ގޮންޖެހުންތަކުން އަރައިގަންނަންނަން ލިބޭ އެހީއަކަށް ވެގެންދާނެ ކަމަށެވެ.

އެސްޓީއޯ އާއި އައިޓީއެފްސީއާ ދެމެދު މިދިޔަ ޖޫން މަހު ވެސް ވަނި ޓްރޭޑް ފައިނޭންސް ފެސިލީޓެއްގައި ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އައިޓީއެފްސީން އެސްޓީއޯއަށް ދީފައިވަނީ 175 މިލިއަން ޑޮލަރުގެ އެހީއެކެވެ. މިއީ ވެސް ތެލާއި ކާޑާއި ބޭސް އެތެރެކުރުމަށް ދިން އެހީއެކެވެ.

ދިވެހިރާއްޖެއަކީ އޯއައިސީ މެމްބަރު ޤައުމެއްގެ ހައިސިއްޔަތުން މެދުނުކެނޑި އައިޓީއެފްސީގެ ފަންނީ އަދި މާލީ އެހީތެރިކަން ލިބެމުންދާ ޤައުމެކެވެ. އެގޮތުން އައިޓީއެފްސީން ވަނީ މީގެކުރިންވެސް އެސްޓީއޯއަށް މިފަދަ ފެސިލިޓީސް މެދުވެރިކޮށް ފައިނޭންސް ހަމަޖައްސާދީފައެވެ. އައިޓީއެފްސީގެ މައިގަނޑު މަޤްސަދަކީ އޯއައިސީ މެމްބަރު ޤައުމުތަކުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން ރަނގަޅުކޮށް އެޤައުމުތަކުގެ އިގުތިސާދު ކުރިއެރުވުމަށް އެހީތެރިވެދިނުމެވެ.

އާދިއްތަ ދުވަހު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އަދި އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު (އައިއެސްޑީބީ)ގެ ގަވަރުނަރު އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް