Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގޭންގުތަކުގެ މާރާމާރީ

"ފުލުހުންނަށް ދެންނެވީ އެންމެ ވާހަކައެއް، ހައްލެއް ހޯއްދަވައިދެއްވެންދެން މީހަކު މަރުވިޔަނުދީ ބަލަހައްޓަވައިދެއްވުމަށް"

ގޭންގުތަކުގެ މީހުން ހަމަލާދިނުމަށް ގެންގުޅޭ ހަތިޔާރުތައް މިހާރު ތަފާތު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2022 | ހޮނިހިރު 16:04
މާރާމާރީ

މާރާމާރީ

މިދިޔަ އަހަރު ފާހަގަވެގެން ގޮސްފައިވަނީ ގޭންގުތަކުގެ މާރާމާރީތައް އިތުރުވި އަހަރަކަށެވެ. އަބަދުވެސް އޭރު އަޑު އިވެމުންދިޔައީ މާލޭގެ ކޮންމެވެސް ތަނެއްގައި މީހެއްގެ ގަޔަށް ވަޅިހަރައިގެން އުޅޭ ވާހަކައެވެ. ނުވަތަ ތޫނު އެއްޗަކުން ހަމަލާދިން ވާހަކައެވެ. ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލައިލުމުންވެސް އޭރު މާރާމާރީގެ މައްސަލަތައް ހުށަހެޅުނު މިންވަރު އިތުރުކަން ފާހަގަކުރެވެއެވެ. އެގޮތުން 2021 އަހަރުގެ އޮގަސްޓް މަހު 49 މައްސަލަ، ސެޕްޓެމްބަރު މަހު 61 މައްސަލަ، އޮކްޓޯބަރު މަހު 52 މައްސަލަ، ނޮވެމްބަރު މަހު 41 މައްސަލަ، އަދި ޑިސެމްބަރު މަހު 44 މައްސަލަ ހުށަހެޅިފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅުނު މައްސަލަ ނިސްބަތުން މަދުނަމަވެސް، އެ ދުވަސްވަރު މާލެ އޮތީ ވަރަށް ނާމާން ހާލަތެއްގައެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި މަޝްހޫރު ގޭންގެއްގެ ތެރޭގައި އުފެދުނު މައްސަލައަކާހުރެ ގޭންގު ދެބައިވެ، އިތުރު ގޭންގެއް އިތުރު ނަމެއްގައި އުފެދިގެންދިޔައެވެ. ދެބައިމީހުންގެ މާރާމާރީއާ ތަޅާފޮޅުން އެ ދުވަސްވަރު މާލޭގައި އިތުރުވެގެންދިޔައެވެ. އެ ވަގުތު މާލޭގައި ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ.

ރޭގަނޑުގެ ވަގުތު ފިނި ބުރެއްޖަހާލަން ނުކުންނަ އާދައިގެ މީހާ ހުންނަންޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޮޓަރި ކުއްޔަށްދޭ ތަނަކުން ކޮޓަރި ނުދިނީމައިވެސް ހިންގަނީ މާރާމާރީއެވެ. އޭރު މާލޭގެ ހާލަތު އޮތީ މިހެންނެވެ. މަގުމަތީގައި އެކަނި ނުވަތަ މީހަކާއެކުވެސް ހިނގާފައިވާ ދާން ބިރުގަންނަ ހިސާބަށް ކަންތައްތައް އޮތީ ގޮސްފައެވެ.

މިފަދަ މާރާމާރީތައް ހިންގަނީ ކީއްވެގެންކަމާއި ނުވަތަ މިކަންތައްތައް ހުއްޓުވުމަށްޓަކައި ފުލުހުން ކުރާ މަސައްކަތްތަކުގެ މާބޮޑު ތަފްސީލުތަކެއް އޭރު ނުލިބެއެވެ. އެނގޭހާވެސް މައުލޫމާތަކީ މާރާމާރީއެއް ހިނގައިފިކަމެވެ. އަދި ބައެއް ފަހަރު މީހެއްގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމެވެ. އަދި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކުރިނަމަ އެކަމުގެ ތަފްސީލެވެ. ފުލުހުން ބުނާގޮތުންނަމަ މިފަދަ ގިނަ ވާހަކަތަކަކީ ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް އޭރު ހިނގައިދިޔަ ކަންތައްތަކުގެ ވާހަކަ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ރާއްޖެޓީވީއާ ހިއްސާކުރައްވާފައެވެ.  

އިމްރާން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، 24 ގަޑިއިރުވަންދެން އެ ގްރޫޕްތައް ހަރަކާތްތެރިވި ހިސާބު ބަލަހައްޓަން ފުލުހުންނަށް ޖެހުނުކަމަށެވެ. އިރުއޮއްސުމާއެކު، ވަޅިތަކާއި ކަނޑިތައް ހިފައިގެން ނުކުމެ ގޭންގުގަކުގެ މީހުން މަގުމަތީގައި ދުވަމުން ދިޔަކަމަށާއި، ފުލުހުންގެ ސްޕެޝަލް ފޯހެއް އެކަމަށް ކަނޑައެޅި އެ މަސައްކަތް ވަރަށް ވަރުގަދައަށް ކުރަމުން ގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ފުލުހުންނަށް އެންގެވީ އެންމެ ވާހަކައެއްކަމަށެވެ. އެށީގެންވާ ހައްލެއް ހޯދައިދެވެދެން މީހަކު މަރުވިޔަނުދީ ބަލަހައްޓައިދިނުމަށް ކަމަށެވެ. އޭރުވެސް އަދި މިހާރުވެސް މާރާމާރީ ހިންގާއިރު މީހެއްގެ ފުރާނަ ދުއްވާލަކަށް ޖެހިލުމެއްނުވެއެވެ. ގިނަ ފަހަރަށް ހަމަލާދޭނީވެސް އެމީހަކު ދުއްވާލުމުގެ ނިޔަތުގައެވެ. ކަން މިހެން ހުރިއިރު، އެ ދަނޑިވަޅުގައި އެކަންތައްތައް ދިރާސާކުރުމަށްފަހު، ގޭންގުތަކުގެ ފަހަތުގައި ސިޔާސީ މީހުންނާއި ނުފޫޒުގަދަ މީހުން ތިބިކަން ފާހަގަކުރެވުނުކަމަށް އިމްރާން ވިދާޅުވިއެވެ.

އަދި މިހާރުވެސް މިފަދަ ގޭންގުތަކުގެ ފަހަތުގައި ސިޔާސީ މީހުންނާއި ނުފޫޒުފަދަ މީހުން އުޅެމުންދާއިރު، މާލޭގައި އެކަނިވެސް 44 ގްރޫޕެއް ހަރަކާތްތެރިވާކަމަށާއި, މީގެ ތެރެއިން ނުރައްކާތެރިކަން ބޮޑު 9 ގްރޫޕަކުން ހަރަކާތްތެރިވާކަމަށް ފުލުހުން ބުންޏެވެ. މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކަށް ބަލާއިރު، މިހާތަނަށް 2800 މީހުން އެ ގޭންގުތަކުގައި އުޅޭކަމަށާއި، އޭގެ ތެރޭގައި 60 ކުޑަކުދިން ހިމެނޭކަމަށްވެސް ފުލުހުން ބުންޏެވެ. މި ގޭންގުތަކުގެ އިސް ސަފުގައި އުތުރާއި މެދުރާއްޖެތެރޭގެ މީހުންވެސް އިސްކޮށް ހަރަކާތްތެރިވާކަން ފުލުހުން ފާހަގަކުރެއެވެ.

ކުރިއާ އަޅައިބަލާއިރު ގޭންގުތަކުގެ މީހުން ހަމަލާ ދިނުމަށް ގެންގުޅޭ ހަތިޔާރުތައް ތަފާތުވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެގޮތުން، ކުރިން ދަގަނޑާއި ކަނޑި ފަދަ ތަކެތި ހިފައިގެން މާރާމާރީ ހިންގިއިރު، މިހާރު ގިނަ ގޭންގުތަކުން ބޭނުން ކުރަނީ ފޮރުވައިގެން ގެންގުޅެވޭފަދަ ހަތިޔާރުކަމަށް ފުލުހުން ބުންޏެވެ.

ގޭންގުތަކުން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ވިޔަފާރިއަކީ މަސްތުވާތަކެތީގެ ވިޔަފާރިކަން ފާހަގަކޮށް ފުލުހުން ބުނީ، މަސްތުވާތަކެތި ވިއްކާ ބޮޑުން ތަފާތު އެހެން ވިޔަފާރިތައް ކުރަމުންގެންދާ ކަމަށެވެ. އަދި އެކި ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ސިޔާސީ ފަރާތްތަކާ ގުޅުން ބަދަހިކުރަމުންދާކަމާއި، އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ވަކީލުންނަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅާކަން ފާހަގަކުރެވިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، ގޭންގު މާރާމާރީތަކުގައި 31 މީހަކު މަރާލާފައިވާއިރު މީގެ ތެރެއިން 9 މީހުންނަކީ ގޭންގުތަކާ ގުޅުން ނެތް ބައެކެވެ. އެ މީހުން މަރާލާފައިވަނީ "އޮޅިގެން" ކަމަށް ފުލުހުން ބުންޏެވެ.

މާރާމާރީގެ މައްސަލައަކީ އެތައް އަހަރެއްވަންދެން މޫލައި ހަރުލާފައި އޮތް ސީރިއަސް މައްސަލައަކަށްވާއިރު، މި ސަރުކާރު އައީވެސް އަދި ދެމިއޮންނާނީވެސް ގޭންގުތަކުގެ އެހީގައި ނޫންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން ބުނަމުންދަތީ ގޭންގުތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަމަށެވެ. އެ "ގަޓު" މި ސަރުކާރުގައި ހުރިކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިރައީސް ލާދީނީ ވާހަކައެއް ނުދައްކަވަނީތޯ އެވެ؟

މިރައީސް ލާދީނީ ވާހަކައެއް ނުދައްކަވަނީތޯ އެވެ؟

12 އެޕްރީލު 2018
ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

28 ޑިސެމްބަރު 2017
ފުލުހުންނަށް އޮޅިގެން ކުރެވޭ ކަންތަކުން ދައުލަތުގައި "މޮޔަ" ސިފަ ޖެހިފައި؟

ފުލުހުންނަށް އޮޅިގެން ކުރެވޭ ކަންތަކުން ދައުލަތުގައި "މޮޔަ" ސިފަ ޖެހިފައި؟

21 ޑިސެމްބަރު 2017
ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

10 ނޮވެމްބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު