Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ވޯޓު

ޔޫކްރެއިން ރެފަރެންޑަމް: ހަތިޔާރު އެޅި ސިފައިން ވޯޓުފޮށި ހިފައިގެން ދޮރުން ދޮރަށް

24 ސެޕްޓެމްބަރު 2022 | ހޮނިހިރު 10:23

މިވޯޓަކީ ހަމައެކަނި ނަމަކަށް ކުރާ ކަމެއްކަމަށް، ބައިނަލްއަގުވާމީ މުޖްތަމައުން ދަނީ ބުނަމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 24 ސެޕްޓެމްބަރު 2022 | ހޮނިހިރު 10:23
ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތަކުގައި ވޯޓު ނަގަނީ

ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތަކުގައި ވޯޓު ނަގަނީ

ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ ގުޅާލަން ފެނޭތޯ ބެލުމަށް ނަގާ ވޯޓް ކުރިޔަށް ދާއިރު، ވޯޓުފޮށި ހިފައިގެން ހަރަކާތްތެރިވަނީ ހަތިޔާރުއެޅި ސިފައިންކަމަށް ޔޫކްރެއިން މީހުން ބުނަމުން އެބަދެއެވެ. މިގޮތުން ހަތިޔާރު ހިފައިގެން ތިބި ސިފައިންނާއެކު ވޯޓުފޮށި ދޮރުން ދޮރަށް ގެންދެވޭއިރު, ވޯޓުގައި ޖަވާބުދޭންޖެހެނީ އަނގަބަހުން ކަމަށާއި، އެގޮތަށް ޖަވާބު ދިނުމުން ފޮށި ހިފައިގެން ތިބޭ އޮފިޝަލުން ފޯމެއްގައި ލިޔުމަށްފަހު ފޮއްޓަށް ލާކަމަށްވެއެވެ. އަދި މިގޮތުން ފުރަނީ ކޮންމެ ގޭބިސީ އަކުން އެންމެ ފޯމެއް ކަމަށްވެއެވެ.

މިވޯޓަކީ މިނިވަން ހުޅުވާލެވިފައިވާ ވޯޓަކަށް ވާނެކަމަށް ރަޝިޔާއިން ބުނިނަމަވެސް، އެކަން އޮތީ އެހެން ނޫންކަން ރަޝިޔާގެ އަމަލުތަކުން ދަނީ ސާބިތު ވަމުންނެވެ.

ގިނަ މީހުން ގަބޫލުކުރާގޮތުގައި މިވޯޓަކީ ރަޝިޔާއިން ހަމައެކަނި ނަމަކަށް ކުރާކަމެކެވެ. މިފަދަ ވޯޓެއް ނެގުމަށްފަހު ވޯޓުގެ ނަތީޖާއިން، ތާއީދު ލިބުނީކަމަށް ބުނެ ޔޫކްރެއިންގެ ހަތަރު ސަރަހައްދު ރަޝިޔާއާ ގުޅާލުމަށް މަސައްކަތްކުރަމުން ދާކަމަށް ހުޅަނގުގެ ގައުމުތަކުންވެސް ދަނީ ބުނަމުންނެވެ.

ނަމަވެސް ރަޝިޔާގެ ސްޓޭޓް މީޑިޔާއިން މިކަން ވަނީ ދޮގުކޮށްފައެވެ. އެފަރާތުން ބުނިގޮތުގައި، ހަތިޔާރުއެޅި ސިފައިން ފޮށިތައް ހިފައިގެން ދަނީ ސަލާމަތީ ސަބަބުތަކަށް ޓަކައެވެ. އަދި އެމީހަކު އަމިއްލައަށް ފެންނަ ނުފެންނަ ޖަހާގޮތަށް ވޯޓުލުން 27 ސެޕްޓެމްބަރުގައި އޮންނާނެކަމަށް ސްޓޭޓް މީޑިޔާއިން ބުނެފައިވެއެވެ. ވޯޓުލުން ފަސްދުވަހަށް ކުރިޔަށް ދާނެ އެވެ.

އެމެރިކާގެ ރައީސް ޖޯބައިޑަންވެސް ވަނީ މިވޯޓަކީ ރަޝިޔާއިން ހިންގަން އުޅޭ ޣައިރު ޤާނޫނީ އަމަލެއް ފޮރުވަން ކުރާކަމެއް ކަމަށާއި، އެމެރިކާއިން އެސަހައްދުތައް އަދިވެސް ދެކޭނީ އެއީ ޔޫކްރެއިންގެ ސަރަހައްދުތަކުގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވަރލީވެސް ވަނީ މިވޯޓުގެ ނަތީޖާގެ ޓާގެޓް ރަޝިޔާގެ އޮފިޝަލުން މިހާރުވެސް ކަނޑައަޅާފައިވާ ކަމުގެ ހެކި ޔޫކޭއަށް ލިބިފައިވާ ކަމަށާއި، ވޯޓްލީ މީހުންގެ އަދަދުކަމަށް ބުނެ ދައްކާނެ އަދަދުތައްވެސް ނިންމާފައިވާ ކަމަށެވެ. އަދި މިއީ މަކަރުވެރި އަމަލެއް ކަމަށްވެސް ކްލެވަރލީ ވިދާޅުވިއެވެ. މިއީ ރަޝިޔާގެ އަތްދަށަށް މިހާރު ގެންގޮސްފައިވާ ހަތަރު ސަރަހައްދު ކަމަށްވާ ލުހާންސްކް، ޑޮނެސްކް، ޚަރސަން އަދި ޒަޕޮރީޒިޔާ ރަޝިޔާއާ ގުޅާލީ ގަވާއިދުގެ މަތިންކަމަށް ދެއްކުމަށް ކުރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިއެވްއިން ބުނެފައިވަނީ، މިވޯޓު ނެގިއަސް އަދި ނުނެގިއަސް ފަރުވާލެއް ނެތް ކަމަށާއި އެ ހަތަރު ސަރަހައްދުވެސް އަނބުރާ އަތުލުމަށް ހަނގުރާމަކުރާނެ ކަމުގައެވެ. ނަމަވެސް މީޑިޔާ ރިޕޯޓްތަކުން ބުނަނީ އެދުވަހަކުން ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާ ދިނީ ކަމަށް ބުނެ ރަޝިޔާއިން ހަނގުރާމަ އިތުރަށް ހޫނުކުރާނެ ކަމުގައެވެ. ރަޝިޔާއިން އެ ތައްޔާރުވަނީ އެކަމަށް ކަމުގައެވެ.

ދާދި ފަހުން ރައިސް ޕުޓިން ވަނީ، ހަގުރާމަޔަށް ދިއުމަށް އެންމެ މަދުވެގެންވެސް އިތުރު ތިންލައްކަ މީހުން ހޯދުމުގެ މަސައްކަތްޕުޅު ފައްޓަވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް