Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާނުގެ އިގްރިސާދީ ކާރިސާ

ލުބުނާނަށް ދިމާވި އިގްތިސާދީ ކާރިސާއަށްފަހު އެގައުމުގެ ބޭންކުތައް މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފި

22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 18:54

ކުޅޭ ކުޅޭ ބަޑި ހިފައިގެން ވަދެ ބޭންކްތަކުން ފައިސާ ނަގަން މަސައްކަތް ކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 18:54
ލުބުނާނުގެ ބޭންކުތަކުގެ ކުރިމަތީގައި އާންމުން އިށީންދެގެން

ލުބުނާނުގެ ބޭންކުތަކުގެ ކުރިމަތީގައި އާންމުން އިށީންދެގެން

ލުބުނާނަށް ދިމާވި އިގްތިސާދީ ކާރިސާ އަށްފަހު އެގައުމުގެ ބޭންކުތައް މުއްދަތެއް ނެތްގޮތަށް ބަންދުކުރަން ނިންމާފައިވާކަމަށް އެގައުމުގެ ބޭންކްތަކުގެ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ ބޭންކުތައް ބަންދުކުރަން ނިންމީ، ބޭންކުތަކުގައި ފްރީޒް ކޮށްފައި ހުރި ސޭވިންގ އެކައުންޓްތަކުގައި ހުރި ފައިސާ ކަސްޓަމަރުން ނަގަން ބޭންކުތަކަށް ކަސްޓަމަރުން ވަދެފައިވާތީ އެއްވެސް ރައްކާތެރިކަމެއް ނެތުމުގެ ސަބަބުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޭންކުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނުރައްކާ އޮތް ކަމަށާއި، އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ވެސް އަޅާފައި ނުވާ ކަމަށެވެ.

ލުބުނާނުގެ ބޭންކް ތައް ބަންދުކުރަން ނިންމާފައިވާ އިރު، ބުދަ ދުވަހު، އަންހެނަކު ވަނީ ކުޅޭ ކުޅޭ ބަޑިއެއް ހިފައިގެން ބޭންކަށް ވަދެ، އާއިލާގެ މެޑިކަލް ބިލްތަކަށް ފައިސާ ދައްކަން ބޭނުންވާކަމަށް ބުނެ ވަދެގަނެފައެވެ. މިއާއެކު ހުކުރު ދުވަހާ ހަމައަށް މިފަދަ އިތުރު 5 ވަރަކަށް ހާދިސާ ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ލުބުނާނަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއާއިއެކު، އެގައުމުގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ވަނީ ކާނާ އާއި ބޭސް ވެސް ގަނެވޭނެ ފަދަ ނެތިފައެވެ.

ބަޑި ހިފައިގެން އާންމުން ބޭންކުތަކަށް ވަދެ އެކައުންޓުގައި ހުރި އަމިއްލަ ފައިސާތައް ނަގަން ބޭނުންވާކަމަށް ބުނެ ޑިމާންޑްކޮށްފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ މީގެ ކުރިން އެއްވެސް ކަހަލަ ކުށުގެ ރެކޯޑެއް ނެތް އާންމުން ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެމީހުން ބިލްތަކަށް ފައިސާ ނުދެއްކިގެން މިފަދަ އަމަލުތައް ހިންގަމުންދާކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ލުބުނާނުގެ ބޭންކުތަކުން ވަނީ 2019 ވަނަ އަހަރުން ފެށިގެން ބޭންކުތަކުން ޑޮލަރު ނެގޭ މިންވަރު ހިފަހައްޓާފައެވެ. އަދި މިގޮތަށް ނިންމާފައިވަނި ލުބުނާނުގެ ޕައުންޑުގެ އަގު ވެއްޓި އިންފްލޭޝަން ވަރަށް ބޮޑަށް މަތިވުމާއި ގުޅިގެންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2017

ކައިރި މުސްތަގުބަލެއްގައި ލުބުނާނަށް ދާނަން: ސާދުލް ހަރީރީ

18 ނޮވެމްބަރު 2017
ކައިރި މުސްތަގުބަލެއްގައި ލުބުނާނަށް ދާނަން: ސާދުލް ހަރީރީ
08 ނޮވެމްބަރު 2017

ޚާމަނާއީގެ މުޝީރުގެ އިންޒާރު ހަރީރީއަށް:ބައްޕާފުޅަށް ދިމާވި ގޮތް ވެދާނެ

08 ނޮވެމްބަރު 2017
ޚާމަނާއީގެ މުޝީރުގެ އިންޒާރު ހަރީރީއަށް:ބައްޕާފުޅަށް ދިމާވި ގޮތް ވެދާނެ
16 އޮކްޓޯބަރު 2017

ވައިގެ ތެރޭ ދިމާވި ކަމަކުން އެއާއޭޝިއާގެ ފްލައިޓެއް އަނބުރާ ޖައްސައިފި

16 އޮކްޓޯބަރު 2017
ވައިގެ ތެރޭ ދިމާވި ކަމަކުން އެއާއޭޝިއާގެ ފްލައިޓެއް އަނބުރާ ޖައްސައިފި
03 އޮކްޓޯބަރު 2017

ޕުއަޓަ ރީކޯ އަށް އެރި ތޫފާނާ ގުޅިގެން އެގައުމުގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ވަޑައިގަންނަވަނީ

03 އޮކްޓޯބަރު 2017
ޕުއަޓަ ރީކޯ އަށް އެރި ތޫފާނާ ގުޅިގެން އެގައުމުގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ވަޑައިގަންނަވަނީ
15 އޯގަސްޓު 2017

ލަންކާގެ އާ ފޮރިން މިނިސްޓަރަކަށް އެގައުމުގެ ޑިވަލޮޕްމަންޓް އެސައިންމަންޓްސް މިނިސްޓަރު ހަމަޖައްސަވައިިފި

15 އޯގަސްޓު 2017
 ލަންކާގެ އާ ފޮރިން މިނިސްޓަރަކަށް އެގައުމުގެ ޑިވަލޮޕްމަންޓް އެސައިންމަންޓްސް މިނިސްޓަރު ހަމަޖައްސަވައިިފި
05 ޖުލައި 2017

އެމެރިކާއިން އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަނީ

05 ޖުލައި 2017
އެމެރިކާއިން އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަނީ
08 ޖޫން 2017

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި
06 ޖޫން 2017

ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި

06 ޖޫން 2017
ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި
05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
01 ޖޫން 2017

ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ

01 ޖޫން 2017
ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް