Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު ނާޒިމް

ކުރީގެ މެމްބަރު ނާޒިމް ހޯދައިދިނުމަށް ކަރެކްޝަނުން ފުލުހުންގެ އިދާރާގައި އެދެފި

ނާޒިމް ހައްޔަރު ކޮށްގެން ކަރެކްޝަނަށް ހާޒިރު ކުރަން އަމުރެއް ނެރެފައެއް ނެތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 ޖޫން 2017 | އަންގާރަ 08:07
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު، އަދި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު، އަދި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް

އުމުރަށް ޖަލަށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ފުލުހުންގެ އިދާރާގައި އެދިއްޖެ އެވެ.

ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންނެވިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބޭސްފަރުވާއަށް ވަޑައިގެންނެވި ގޮތަށް ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ. ނަމަވެސް ޖަލު ހުކުމަކަށް ފިއްލަވައިގެން އުޅުއްވާ ކަމަށް ބުނެ ހައްޔަރު ކޮށްގެން ވެސް ހާޒިރުކޮށްދޭން ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ބުނެ ފުލުހުން ވަނީ ރައީސް ނަޝީދު ހައްޔަރުކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން އަމުރެއް ހޯދާފަ އެވެ.

Advertisement - newsAdvertisement

ޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާ ކަމަށް ބުނެ ރައީސް ނަޝީދު ހައްޔަރުކުރުމަށް އަމުރު ނެރުނު ނަމަވެސް، ނާޒިމް ހައްޔަރުކުރުމަށް އެފަދަ އަމުރެއް ނެރެފައެއް ނުވެ އެވެ. ހަމައެކަނި ފުލުހުންގެ ކިބައިން އެދިފައި ވަނީ ނާޒިމް ހޯދާދިނުމަށެވެ. މިކަން ވަނީ ކެރެކްޝަންގެ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުުގައި ނާޒިމް އިނގިރޭސީވިލާތަށް "ފިއްލެވީ" ސަރުކާރުން ދިން ހުއްދައެއްގެ ދަށުން ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގަތުމަށް ފަހުގައެވެ. ސިންގަޕޫރުން ބޭސްފަރުވާ ކުރުމަށް 2015 ވަނަ އަހަރުގެ ޑިސެމްބަރުގައި ވަޑައިގެންނެވި ފަހުން ފަރުވާ ފުރިހަމަ ނުވާތީ އޭނާ އަށް ދިން މުއްދަތު ދެ ފަހަރަކު އިތުރު ކޮށްދިނެވެ. ތިން ވަނަ ފަހަރަށް އެ މުއްދަތު އިތުުރުކޮށް ނުދީ، 2016 ވަނަ އަހަރުގެ މާޗު މަހު ސަރުކާރުން ވަނީ ނާޒިމަށް 48 ގަޑިއިރުގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށް އަންގާފަ އެވެ.

އަނބުރާ ރާއްޖެ ވަޑައިގަތުމަށް އެންގުމާ އެކު ނާޒިމް ވަނީ، އިނގިރޭސީވިލާތަށް ވަޑައިގަންނަވާފަ އެވެ. ސަރުކާރުން ބުނީ، ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ނާޒިމަށް ދިން ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން ވަޑައިގެންނެވޭނީ ހަމައެކަނި ސިންގަޕޫރަށް ކަމަށެވެ. ނަމަވެސް، ފަހުން ހާމަވި ގޮތުގައި ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ދިވެހި ސަރުކާރުން ދޫކުރި ކަމަށް ބުނާ ޓްރެވަލް ޑޮކިއުމެންޓް ބޭނުންކުރައްވައިގެންނެވެ.

ނާޒިމަށް ދޫކުރި ޓްރެވަލް ޑޮކިއުމެންޓަކީ ހަމައެކަނި ސިންގަޕޫރަށް ވަޑައިގެންނެވޭ ގޮތަށް ދޫކުރި ލިޔުމެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ޑޮކިއުމެންޓް ދޫކޮށްފައި ވަނީ ސިންގަޕޫރުގެ އިތުރުން އިނގިރޭސިވިލާތަށް ވެސް ވަޑައިގެންނެވޭ ގޮތަށްކަން ފަހުން ހާމަވި އެވެ.

އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ނާޒިމަށް އިނގިރޭސީވިލާތަށް ފުރުނު ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އުމަރު ވަނީ އެކަމާ ގުޅިގެން ތަހުގީގެއް ވެސް ފައްޓަވާފަ އެވެ. ނަަމަވެސް، ފަހުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވާފައެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ނާޒިމް، 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ކޮރަޕްޝަނުގެ މައްސަލައެއްގައި 2015 ވަނަ އަހަރުގެ އޭޕްރީލްގަ އެވެ.

ނާޒިމް ޖަލަށްލުމަށް ކުރި ހުކުމުގައި ވަނީ މަކަރާއި ހީލަތް ހަދައިގެން 15000 ދިވެހި ދިދަ ގަތުމަށް އާންމުކޮށް ހުޅުވާލުމުން ބިޑް ކާމިޔާބުކޮށް ހީލަތްތެރި ގޮތެއްގައި ހޯދި 1.4 މިލިއަން ރުފިޔާގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ފައިސާ ޖަމާކުރި ޗެކްތަކުގައި ސޮއިކޮށްފައި ވަނީވެސް ނާޒިމް ކަމަށް ހުކުމްގައި ވެއެވެ. މި މައްސަލައިގަ ހައި ކޯޓުން ނިންމާފައި ވަނީ ނާޒިމް ކުށްވެރި ނުވާ ގޮތަށެވެ. ނަމަވެސް ސުޕްރީން ކޯޓުގައި މައްސަލަ އަލުން ބަލައި ނާޒިމް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ނާޒިމްގެ މައްޗަށް އިއްވި 25 އަހަރު ދުވަހުގެ ޖަލު ހުކުމާއެކު ނާޒިމް ތަމްސީލުކުރައްވަމުން ގެންދެވި، ދިއްގަރު ދާއިރާގެ ގޮނޑި ހުސްވި އެވެ. އެއާއެކު ބޭއްވި ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކޮށް މިހާރު ދިއްގަރު ދާއިރާ ތަމްސީލުކުރައްވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު