Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހިނިތުންވުމަކީ ޞަދަޤާތެއް

ހިނިތުންވެ ތިބެ ޚިދުމަތް ދިނުން

ހިނިތުންވެ ތިބެ އެހެން މީހުންނާއި ބައްދަލުކޮށް އެމީހުންނަށް ޚިދުމަތްކޮށް، ޚިދުމަތްދިނުމަކީ ޚިދުމަތް ލިބިގަންނަ ފަރާތަށް ދެވޭ ވަރަށް އަގުބޮޑު ހަދިޔާއެއް

ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 08:42
ކުޑަ ފިރިހެން ކުއްޖަކު ހިނިތުންވުމާއެކު ސަލާމްކުރަނީ

ކުޑަ ފިރިހެން ކުއްޖަކު ހިނިތުންވުމާއެކު ސަލާމްކުރަނީ

ހިތްހެޔޮކަމާއި ހިނިތުންވުމަކީ ކޮންމެ މީހެއްގެ ކިބާގައި ހުންނަށް ޖެހޭ ރިވެތި ސިފައެކެވެ. އެކަކު އަނެކަކާ ބައްދަލުވާ ހިނދުގައްޔާއި ޚިދުމަތްދޭ ހިނދު، ހިނިތުންވެ އުފާވެރި މޫނަކާއިގެން ބައްދަލުވުމަކީ މީހާގެ ހިތްހެޔޮ ކަމުގެ ރަމުޒެކެވެ. އޭގެ ސަބަބުން ތިމާގެ ޝަޚްޞިއްޔަތުގެ މާތްކަމާއި މަތިވެރި ކަމުގެ މާނަތައް ދޭހަވެގެންދެއެވެެ. އެފަދަ މީހަކު އެހެން މީހުންނަށް ހިތްހެޔޮކަން ފާޅުކޮށް، ހިތްތިރިވެއެވެ. އަޅުގަނޑުމެން މުސްލިމުން ކުރާ އަޅުކަންތަކާއި ހެޔޮ ޢަމަލުތައް ޤަބޫލުވުން ވެސް ވަނީ ހިތްހެޔޮކަމާއި ހިތްތިރިކަމުގައެވެ. ހިތްސާފު ކަމުގައެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "މާތްﷲ ގެ ޙަޟްރަތަށް ބުރާސްފަތި ދުވަހާއި ހޯމަ ދުވަހު މީސްތަކުންގެ ޢަމަލުތައް ހުށަހެޅޭނެއެވެ. ފަހެ، އެދުވަހު މާތްﷲ އަށް ޝަރީކު ނުކުރާ، އަދި އޭނާއާއި އޭނާގެ އަޚާއާއި ދެމެދު ދެކޮޅުވެރިކަމަކާއި ހިތްނުބައި ކަމެއް ނެތް ކޮންމެ މީހެއްގެ ފާފަތައް ފުއްސަވާ ދެއްވާނެއެވެ." (ރަވާހު މުސްލިމް).

ހިނިތުންވެ ތިބެ އެހެން މީހުންނާއި ބައްދަލުކޮށް އެމީހުންނަށް ޚިދުމަތްކޮށް، ޚިދުމަތްދިނުމަކީ ޚިދުމަތް ލިބިގަންނަ ފަރާތަށް ދެވޭ ވަރަށް އަގުބޮޑު ހަދިޔާއެކެވެ. ހިނިތުންވެހުރެ އުފާވެރި މޫނަކާއިގެން ޚިދުމަތްދޭ މީހާ ސިފަވެގެންދާނީ އޯގާތެރި ހިތްހެޔޮ މީހެއްގެ ގޮތުގައެވެ. އަދި ރިވެތި އަޚްލާގީ ސިފަތަކުން ޒީނަތްތެރިވެފައިވާ މީހެއްކަމެވެ. ހިނިތުންވުމުގެ މާތްކަން ބަޔާން ކުރައްވާ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. " تَبَسُّمُكَ فِي وَجْهِ أَخِيْكَ لَكَ صَدَقَةٌ وَأَمْرُكَ بِالْمَعْرُوْفِ وَنَهْيُكَ عَنِ الْمُنْكَرِ صَدَقَةٌ وَإِرْشَادُكَ الرَّجْلَ فِي أَرْضِ الضَّلاَلِ لَكَ صَدَقَةٌ " (رواه الترمذي) މާނައީ: ތިބާގެ އަޚާގެ މޫނުމަތީގައި ތިބާ ހިނިތުންވެލުމަކީ ތިބާއަށް ހުރި ޞަދަޤާތެކެވެ. ތިބާ ހެޔޮ ކަމަކަށް ގޮވާލައި މުންކަރާތަކުން ނަހީކުރުމަކީ ތިބާއަށް ހުރި ޞަދަޤާތެކެވެ. އަދި މަގު ގެއްލިފައިވާ މީހާއަށް މަގު ދައްކާދިނުމަކީ ތިބާއަށް ހުރި ޞަދަޤާތެކެވެ."

އަނެކާއަށްޓަކައި ހިނިތުންވެލުމަކީ މާތްﷲގެ މަގުގައި ޞަދަޤާތެއް ކުރުންފަދަ މާތްކަމެކެވެ. ހިނިތުންވުން ޞަދަޤާތެއްކަމުގައި ވަނީ ނަފްސާނީ ފަރުވާއެއް އެކަމުގެ ތެރޭގައި ހިމެނޭތީކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ހިތާމައާއި ވޭނުގަ އުޅެމުންދާ މީހެއްގެ މޫނުމަތީގައި ހިތްހެޔޮކަމާއެކު ހިނިތުންވެލުމަކީ އޭނާއަށް ލިބޭ ހިތްހަމަޖެހުމެކެވެ. އޭނާގެ ހިތާމަތަކާއި ވޭންތައް ލުއިކޮށްދޭ ކަމެކެވެ. އެހެންކަމުން އެފަދަ މީހަކަށް ހިތްހަމަޖެހުމެއް ލިބިއްޖެނަމަ އެއީ ޞަދާޤާތެއް ކުރުންފަދަ ކަމެކެވެ. މިގޮތުން ހޮސްޕިޓަލްތަކުގައި ޚިދުމަތްދޭ މީހުންގެ ހިތްހެޔޮކަމާއި ރިވެތި އަޚްލާގުގެ ސަބަބުން ބަލިމީހުންނަށް އެމީހުންގެ ބަލިތަކަށް ލުއިކަން ލިބިގެންދެއެވެ. އެމީހުންގެ ހިނިތުންވުމަކީ ބަލިމީހާގެ ބައްޔަށް ފަރުވާއެއްކަމަށްވެއެވެ. އަދި ޚިދުމަތްދޭ މީހުންގެ ހިނިތުންވުމާއި ރަނގަޅު މުޢާމަލާތަކީ ޚިދުމަތް ލިބިގަންނަ މީހުންގެ އެއްބާރުލުން ލިބި، ދެވޭޚިދުމަތް ހަލުވިވެގެންދާކަމެކެވެ. އަދި އޭގެ ސަބަބުން މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ރަނގަޅުވެ، އެއްބައިވަންތަކަން އިތުރުވެގެން ދެއެވެ. އަދި މީސްތަކުންގެ ހިތްތަކުން ބޮޑާކަމާއި ނީހަވެރިކަން ނެތި، އަމާން މުޖުތަމަޢެއް ޤާއިމްވެގެން ދެއެވެ.

މާއްދީ އެއްވެސް އަގަކާއިނުލައި އެކަކު އަނެކަކަށް ދެވޭ އެންމެ އަގުބޮޑު އެއްހަދިޔާއަކީ ހިތްހެޔޮކަމާއެކު އުފާވެރިކަމުގެ ހިނިތުންވުމަކުން ހިނިތުންވެލުމެވެ. އެއީ އަޅުގަނޑުމެންގެ ގުޅުންތައް ބަދަހިކުރުމަށާއި ހިތްތަކުގައިވާ ކިލަނބުކަން ފިލުވައިދޭ ފަރުވާއެކެވެ. އަޅުގަނޑުމެންކުރާ އެކިއެކި މުޢާމަލާތާއި ދޭޚިދުމަތް ދެމިގެން ދިއުމަށާއި ކާމިޔާބުވުމަށް ބޭނުންކުރެވޭ ބާރުގަދަ ވަޞީލަތެކެވެ. އަދި ހިނިތުންވެ، އުފާވެރި މޫނަކާއެކު ދެވޭ ޚިދުމަތުގެ އަގުވަޒަންކުރާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " لاَتَحْقٍرَنَّ مِنَ الْمَعْرُوْفِ شَيْئًا وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلِيْقٍ" (رواه مسلم)  މާނައީ: އެޔޮކަންތައްތަކުގެ ތެރެއިން އެއްވެސް ކަމަކީ ކުޑަކަމެއްކަމުގައި ނުދެކޭށެވެ. އެއީ ހިނިތުންވެފައިވާ އުފާވެރި މޫނަކާއިގެން ތިބާގެ އަޚާއާއި ބައްދަލުކުރުން ކަމުގައިވިޔަސްމެއެވެ."

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްޖިދުލް ހަރާމުގެ ގޯތިތެރޭގައި ބޯކޮށާ، ބޯ ބޭލޭނެ ޚިދުމަތް ޤާއިމު ކޮށްފި

މަސްޖިދުލް ހަރާމުގެ ގޯތިތެރޭގައި ބޯކޮށާ، ބޯ ބޭލޭނެ ޚިދުމަތް ޤާއިމު ކޮށްފި

03 މާރިޗު 2025
ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައި ދިނުން މުހިންމު

ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައި ދިނުން މުހިންމު

18 އެޕްރީލު 2022
ދަރަނީން ޒަކާތްދިނުން:

ދަރަނީން ޒަކާތްދިނުން:

11 ޖޫން 2018
ކައްފާރާ ދިނުން

ކައްފާރާ ދިނުން

15 މެއި 2018
 ދަތުރަށް ފުރުމުގެ ކުރިން އަމިއްލަ ގައުމުގައި ހައްޖަށްދާ މީހުންގެ ޕާސްޕޯޓް ޕްރޮސެސް ކުރުމުގެ ޚިދުމަތް ސައުދީން ފަށައިފި

ދަތުރަށް ފުރުމުގެ ކުރިން އަމިއްލަ ގައުމުގައި ހައްޖަށްދާ މީހުންގެ ޕާސްޕޯޓް ޕްރޮސެސް ކުރުމުގެ ޚިދުމަތް ސައުދީން ފަށައިފި

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު