Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑްކަޕް 2022

ވޯލްޑްކަޕުގެ ކެޕްޓަން ބޭންޑްތަކުން ބުނެދެނީ ކޮން ވާހަކައެއް؟

22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:00

ޕޮލެންޑުން އަޅާނީ ރަޝިޔާ-ޔުކްރޭނު ހަނގުރާމައާ ދެކޮޅުކަން އަންގައިދޭ ބޭންޑް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:00
ލެވޮންޑޯސްކީ ޔުކްރޭނުގެ ކުލަތައް ހިމެނޭ ބޭންޑް އަޅައިގެން

ލެވޮންޑޯސްކީ ޔުކްރޭނުގެ ކުލަތައް ހިމެނޭ ބޭންޑް އަޅައިގެން

އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާ ކެޕްޓަން ބޭންޑްތައް މެދުވެރިކޮށް ދުނިޔެ އަށް ހާއްސަ މެސެޖުތަކެއް ދިނުމަށް ގައުމުތަކުން ނިންމައިފި އެވެ.

މި ގޮތުން ޕޮލެންޑުގެ ކެޕްޓަން ރޮބަޓް ލެވޮންޑޯސްކީ އަޅާނީ ޔުކްރޭނުގެ ގައުމީ ދިދާގައިވާ ރީނދުލާއި ނޫ ކުލަތަކުގެ ބޭންޑެކެވެ. ބޭނުމަކީ ރަޝިޔާއިން ޔުކްރޭނުގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމެވެ. ހަނގުރާމައިން ދުނިޔެ ސުންނާފަތިކުރުމުގެ ބަދަކުގައި ސުލްހަ ގެނުވުމަށް ގޮވާލުމެވެ. ޖަރުމަނާއި އިނގިރޭސިވިލާތް އަދި ފްރާންސް ހިމެނޭހެން 13 ގައުމަކުން ބޭނުންކުރަން ނިންމާފައިވަނީ "ވަންލަވް" ކެޕްޓަން ބޭންޑެވެ. މި ބޭންޑްގައި ވަނީ ހިތެއްގެ ތެރޭގައި ރެއިންބޯގައި ހިމެނޭ ކުލަތައް ހިމަނައިފަ އެވެ. އަދި އެކުލަތަކުގެ މަތީގައި ހިތުގެ ތެރެއަށްވާގޮތަށް ހިސާބު އަކުރުން އެކެއް ޖަހާފައިވެ އެވެ. އަދި ހިތުގެ ބޭރުގައި ވަންލަވް އިނގިރޭސިބަހުން ޖަހާފައިވެ އެވެ. މީގެ އިތުރުން ނަސްލީ އިމްތިޔާޒުތަކަށާއި ޖިސްމާނީ ހަމަހަމަކަމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ބޭންޑްތައް ވެސް ބޭނުންކުރާނެ އެވެ.

މިކަމާހެދި ފީފާ އާއި ގަތަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއް ޖިންސުން ކައިވެނިކުރުމާއި ގުޅުން ހިންގުމަކީ ގަތަރުން ތާއީދުކުރާ ކަމެއްނޫނެވެ. އަދި އެފަދަ އަމަލުތަކެއް ފާޅުގައި ހިންގައިފިނަމަ ގަތަރު ސަރުކާރުން އެބަޔަކާމެދު ފިޔަވަޅުއަޅާނެ އެވެ. އެފަދަ ކަމެއްކުރާ ބަޔަކަށް އާއްމުންގެ ފަރާތުން އަތުވެދާނެ ހަމަލާއަކަށް ގަތަރު ސަރުކާރުން ޒިންމާނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕޮލެންޑުން ޔުކްރޭނުގެ ކުލަތައް ހިމެނޭ ބޭންޑް އަޅަން ނިންމިކަން ރަސްމީކޮށް އިއުލާނު ކުރީ ޕޮލެންޑުގެ ވެރިރަށް ވާސޯގެ ނެޝަނަލް ސްޓޭޑިއަމުގައި ލެވޮންޑޯސްކީ އާއި ޔުކްރޭނުގެ ފުޓްބޯޅައިގެ އެމްބެސެޑަރު އަދި އެ ގައުމުގެ ކުރީގެ ކެޕްޓަން އަންދްރޭ ޝެވްޗެންކޯ އެވެ.

ރަޝިޔާއިން ޔުކްރޭނުގައި ކުރާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން ލެވޮންޑޯސްކީ ވަނީ އޭނާގެ ކުރީގެ ކުލަބު ޖަރުމަނުގެ ބަޔާން މިއުނިކްގައި ވެސް ޔުކްރޭނުގެ ކުލަތައް ހިމެނޭ ބޭންޑެއް އަޅައިފަ އެވެ.

ޝެވްޗެންކޯ ބުނީ އޭނާގެ ގައުމުގެ ކުލަތައް ހުރި ބޭންޑެއް އެޅުމަށް ލޮވެންޑޯސްކީ ނިންމުމުން އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އިނގިރޭސި ކެޕްޓަން ހެރީކޭން ބުނީ ކެޕްޓަން ބޭންޑްތަކަކީ ވަރަށް ނުފޫޒުގަދަ އެއްޗެއް ކަމަށާއި ބޭންޑް މެދުވެރިކޮށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެގައުމަކުން ދޭން ބޭނުންވާ މެސެޖް ފޯރުކޮށްދެވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
10 ފެބުރުއަރީ 2017

އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

10 ފެބުރުއަރީ 2017
އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް