Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޤުފު ފަންޑު

އެމްފައިސާ މެދުވެރިކޮށް ވަޤުފު ފަންޑަށް ފައިސާ ޖަމާކުރެވޭ ގޮތް ހަދައިފި

21 ސެޕްޓެމްބަރު 2022 | ބުދަ 16:05

ފައިސާ ޖަމާކުރުމަށް ކިޔުއާރު ކޯޑުތައް މިސްކިތްތަކުގައި ބަހައްޓާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 ސެޕްޓެމްބަރު 2022 | ބުދަ 16:05
އެމްފައިސާ މެދުވެރިކޮށް ވަޤުފު ފަންޑަށް ފައިސާ ޖަމާކުރެވޭ ޚިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެމްފައިސާ މެދުވެރިކޮށް ވަޤުފު ފަންޑަށް ފައިސާ ޖަމާކުރެވޭ ޚިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އިސްލާމިކް މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން އެ ކުންފުނީގެ "އެމްފައިސާ" މެދުވެރިކޮށް ވަޤުފު ފަންޑަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހަދައިފިއެވެ.

މި ޚިދުމަތް ތަޢާރަފު ކޮށްފައިވަނީ ބުދަ ދުވަހު ކ. ހިންމަފުށި، މަސްޖިދުލް އިނާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެ ޚިދުމަތް ތައާރަފު ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޚާލިދު އަލް ހަމާދީއެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީގެ ވަޤުފް ފަންޑަށް އެމްފައިސާ މެދުވެރިކޮށް ޞަދަގާތް ކުރަން ބޭނުންވާ ފަރާތްތަކަށް، މިސްކިތްތަކުގައި ބަހައްޓާ ކިއުއާރު ކޯޑު އުރީދޫ އެޕްމެދުވެރިކޮށް ސްކޭން ކުރުމުން ސަދަގާތް ކުރެވޭނެއެވެ. މި ޙިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން ފުރަތަމަ ކިއުއާރު ކޯޑް ބަހައްޓާފައިވަނީ ހިންމަފުށީގައި ހުންނަ މަސްޖިދުލް އިނާރާގައެވެ. މި ކިއުއާރު ކޯޑުތައް އެހެން މިސްކިތްތަކުގައިވެސް ކައިރި މުސްތަގުބަލެއްގައި ބަހައްޓާނެކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫގެ ސީއީއޯ ޚާލިދު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައު ބިނާކޮށް، އެ ކުންފުނީގެ ވަސީލަތްތަކުގެ ބޭނުންކޮށްގެން ތަރައްގީއަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އަދި ވަޤުފު ފަންޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކަންކަމަށް ފަންޑުކުރުމުގައި އެންމެ ދެމެހެއްޓެނިވި އެއް ވަސީލަތް ކަމަށާއި ރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި ތަރައްޤީކުރުމަށް އިސްލާމިކް މިނިސްޓްރީން އުފައްދާފައިވާ އެ ފަންޑަށް އެމްފައިސާ މެދުވެރިކޮށް ރައްޔިތުންނަށް ފައިސާ ޖަމާކުރެވޭ ގޮތް މަގުފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ރައްޔިތުންގެ ތެރޭގައި މިސްކިތްތަކަށް އެހީވުމަށްޓަކައި ޞަދާޤާތްކުރަން ބޭނުންވާ ގިނަ މީހުން ތިބުމާއެކު، މިނިސްޓްރީގައި އުފައްދާފައިވާ "މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑު" އަށް ފައިސާ ޖަމާކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ އަބަދުވެސް އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން އުރީދޫ އެމް ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވުމުގެ ފުރުޞަތު ހޯދައިދެވިގެން ދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނޭކަން ޤަބޫލުކުރައްވާ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް އުރީދޫ މޯލްޑިވްސް އިން ގެންގުޅޭ ތަސައްވުރާއި އެއްގޮތަށް، ފެށުނީއްސުރެވެސް އެކުންފުނިން ދަނީ ފަސޭހަކަމާއި ރައްކާތެރިކާމާއެކު އެމްފައިސާ ޕްލެޓްފޯމް މެދުވެރިކޮށް ސަރުކާރާއި، ޖަމިއްޔާ ޖަމާޢަތްތަކާއި، ފައުންޑޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހި ކޮށްދެމުންނެވެ. އެގޮތުން އެމްފައިސާ މެދުވެރިކޮށް މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެވޭ ފަރާތްތަކުގެ ތެރޭގައި ކެންސަރ ސޮސައިޓީ އާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗާއި މޮމްސް އެންޖީއޯ އާއި ޕީސް ފައުންޑޭޝަން ހިމެނެއެވެ.

މިސްކިތްތަކަށް އެހީވާ ވަޤުފް ފަންޑަކީ މިސްކިތްތައް އިމާރާތްކުރުމަށާއި މިސްކިތްތަކުގެ މަރާމާތަށާއި މިސްކިތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް މިސްކިތްތަކަށް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ވަޤްފް ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އުފައްދާފައިވާ ފަންޑެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް