Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕެސްޓުގެ މައްޗަށް ކުރާ ދައުވާ

ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިކަމަށް ކަނޑައަޅާފައި އޮތް އޮތުން ބާތިލު

ހައިކޯޓުން އޭނާގެ ބޭންކް ސްޓޭޓްމަންޓް ގަބޫލުކުރުމަށް ނިންމީ ރަނގަޅަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ސެޕްޓެމްބަރު 2022 | ބުދަ 10:26
އިފްހާމްގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައެއްގެ އަޑުއެހުން

އިފްހާމްގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައެއްގެ އަޑުއެހުން

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ, ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ އެ ކޯޓުން ނިންމައިފިއެވެ.

އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިފްހާމްގެ ވަކީލުން ވިދާޅުވާގޮތުގައި، މި މައްސަލައިގައި ހައިކޯޓުން އަމަލުކޮށްފައިވަނީ އޭނާއަށް ގާނޫނުން ލިއްބައިދޭ، ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ހުރަސްއެޅޭގޮތަށެވެ. އެގޮތުން ހައިކޯޓުގައި ކަން ހިނގާފައިވާ ގޮތަށް ބެލުމުން އެކަން ސާފުވެގެންދާކަމަށް ވަކީލު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވަކީލު ވިދާޅުވީ، ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ދިންނަމަވެސް، ވަކީލާ މަޝްވަރާކޮށް، ގާނޫނީ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ހޯދުމުގެ ފުރުސަތާއި ވަގުތު އޭނާއަށް ލިބިފައިނުވާކަމަށެވެ.  

އިފްހާމްގެ ފަރާތުން ހުށަހަޅާ ދެވަނަ އިސްތިއުނާފީ ނުކުތާއަކީ އޭނާގެ ބޭންކް އެކައުންޓުގެ ސްޓޭޓްމެންޓް ހޯދީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމުމާއި ގުޅިގެން އިސްތިއުނާފުކުރި ނުކުތާއެކެވެ. އެގޮތުން އޭނާގެ އެކައުންޓް ސްޓޭޓްމަންޓް ޝަރީއަތަށް ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމެވުމުން، ދައުލަތުން އެ ނިންމެވުން އިސްތިއުނާފުކޮށް، އެ ނުކުތާ ނިމިފައިވަނީ ދައުލަތާ އެއްކޮޅަށެވެ.

އެ ދެ ނުކުތާއާ ގުޅިގެން ދެފަރާތުންވެސް ތަފްސީލީ ގޮތެއްގައި ވާހަކަދައްކާފައިވާއިރު، ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ވަނީ ސާފުކުރައްވާފައެވެ.

މި މައްސަލައިގެ ހުކުމްކުރެއްވުމަށް އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ހައިކޯޓުން އިސްމާއީލް އިފްހާމް މުހައްމަދުގެ ބޭންކް ސްޓޭޓްމަންޓް ގަބޫލުކުރުމަށް ނިންމީ ރަނގަޅަށް ކަމުގައިވީނަމަވެސް، ހައިކޯޓުގެ ހުކުމުގައި އެ ހެތްކަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ހެތްކެއްކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަކަށް ނޫންކަމަށް ބަޔާންކުރައްވާފައެވެ.

ވުމާއެކު، އޭނާގެ ބޭންކް ސްޓޭޓްމަންޓަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިކަމަށް ކަނޑައަޅާފައި އޮތް އޮތުން ބާތިލުކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމާފައެވެ. ހަމައެއާއެކު، ފަނޑިޔާރުން ނިންމަވާފައިވަނީ އޭނާގެ އެކައުންޓްގެ ސްޓޭޓްމަންޓަކީ ޝަރީއަތަށް ގަބޫލުކުރެވޭނެ ހެކިކަމަށެވެ.

އެހެންނަމަވެސް، އެ ހެތްކަކީ ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއްކަމަށް ދެފަރާތުގެ މެދުގައި ޚިލާފުވުން އުފެދިފައިވާނަމަ، އެކަމަކާމެދު ދެން ގޮތެއް ކަނޑައަޅަންވާނީ މައްސަލައިގެ ޝަރީއަތުގެ ތެރެއިންކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން، ފަނޑިޔާރު މުހައްމަދު އިބްރާހީމްއެވެ.

އޭގެ އިތުރުން، އިސްމާއީލް އިފްހާމް މުހައްމަދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ މައުލޫއު ގަޒިއްޔާ ހިނގަމުންދާއިރު، ހެތްކެއްގެ ދުސްތޫރިއްޔަތާމެދު ނުވަތަ އެ ހެތްކެއްގެ ސައްހަކަމާމެދު ސުވާލު އުފައްދާނަމަ، އެކަމެއް ޝަރީއަތަށް ހުށަހަޅައި، ބަހުސްކުރެވި، އެކަމާމެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ގާނޫނީ ހުރަހެއް ނެތްކަމަށްވެސް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

09 އެޕްރީލު 2017
ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ
09 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

09 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
24 މާރިޗު 2017

ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން

24 މާރިޗު 2017
ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު