Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ ތަޢުލީމު

މަތީ ތަޢުލީމު ފުޅާކުރުމަށް އަމިއްލަ ފަރާތްތަކުން ކުރައްވާ މަސައްކަތްތައް ފަސޭހަކޮށްދެއްވުމަށް ސަރުކާރުން އެހީވެދެއްވާނެ – ނައިބް ރައީސް

ދެވޭ ތަޢުލީމާ ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މިހާރު މަސައްކަތް ކުރަންޖެހިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ސެޕްޓެމްބަރު 2022 | ބުދަ 06:29
ނައިބް ރައީސް ފައިސަލް ނަސީމް

ނައިބް ރައީސް ފައިސަލް ނަސީމް

ސިއްޙީ ޚިދުމަތްތަކާއި މަތީ ތަޢުލީމުފަދަ ޚިދުމަތްތައް ފުޅާކޮށް ފޯރުކޮށްދިނުމަށްޓަކައި އަމިއްލަ ފަރާތްތަކުން ކުރައްވާ މަސައްކަތްތައް ފަސޭހަކޮށްދެއްވުމަށް، ސަރުކާރަށް ކޮށްދެއްވެން އޮތް ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވިލާކޮލެޖްގެ ކިއު.އައި ކެމްޕަހުގައި ބޭއްވި އެކޮލެޖްގެ "ސްޓޫޑެންޓްސް އެޗީވްމަންޓް އެވޯޑްސް 2022" ޙަފްލާ ޝަރަވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި އަމިއްލަ ފަރާތްތަކުން އެންމެ ފުރަތަމަ ޚިދުމަތްތައް ދޭންފެށީ ދަތި އުނދަގޫތަކާއި، ގޮންޖެހުންތަކާއި އެކުގައިކަން ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި، ފާއިތުވި 15 އަހަރުގެ ތެރޭގައި ވިލާކޮލެޖުން މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި ޝުކުރު އަދާކުރެއްވިއެވެ. މިޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދެވޭ ތަޢުލީމާ ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މިހާރު މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.

އަދި ކުރިން ރާއްޖޭގައި ހިންގިފައި ނުވާފަދަ އެތައް މަޝްރޫއުތަކެއް މިހާރު ހިނގަމުންދާއިރު، އެދާއިރާތަކުން ތަމްރީންވެފައިވާ ދިވެހި ޒުވާނުން މިހާރު ބޭނުންވެފައިވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އެންމެ މުހިއްމު ދާއިރާތަކުން މީހުން ބިނާކުރުމަށް، މަތީ ތަޢުލީމް ފޯރުކޮށްދޭ މުއައްސަސާތަކާއި ސަރުކާރާއި އަދި ކުންފުނިތައް ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިއްމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހަފްލާގައި، ވިލާކޮލެޖުން ދެމުން އަންނަ، "ޤާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސަލެންސް" ލިބުނު 11 ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. ވިލާ ކޮލެޖުގެ "ސްޓޫޑެންޓްސް އެޗީވްމަންޓް އެވޯޑްސް" ޙަފްލާ އެންމެ ފުރަތަމަ ބޭއްވީ 2021 ވަނަ އަހަރުގައެވެ. މިއީ މިއެވޯޑު ޙަފްލާ ބޭއްވި ދެވަނަ އަހަރެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު