Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

ކޮމިޓީންވެސް ނިންމީ ބިދޭސީންނަށް މިނިމަމް ވޭޖް ދޭނެ ތާރީހެއް ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދޭން

21 ސެޕްޓެމްބަރު 2022 | ބުދަ 02:04

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުޙައްމަދު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 ސެޕްޓެމްބަރު 2022 | ބުދަ 02:04
އިޖުތިމާއީ ކޮމިޓީގެ މުގައްރިރު މުޙައްމަދު ޝިފާއު

އިޖުތިމާއީ ކޮމިޓީގެ މުގައްރިރު މުޙައްމަދު ޝިފާއު

ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް އިޖުތިމާއީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އާއްމުކޮށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިޖުތިމާއީ ކޮމިޓީގެ ރިޕޯޓުގައި އެ ކޮމިޓީން އިސްލާހު ކުރަން ފާސްކުރީ ރާއްޖޭގައި މަސައްކަތް ކުރާ ފަރާތަކީ ބިދޭސީއެއް ނަމަ، ރާއްޛޭގެ އިގްތިސާދީ ހާލަތާއި ޤައުމުގެ ފުދުންތެރިކަމަށް ރިއާޔަތް ކޮށް ބޯޑުން މިނިސްޓަރަށް ދޭ ލަފާގެ މަތިން ވަޒީފާއާ ބެހޭ ޤާނޫނޫގެ 62 ވަނަ މާއްދާގެ (ބ) ގެ ދަށުން މިނިސްޓަރު ކުރާ އަމުރަށް ވަޒީފާ ދޭ ފަރާތްތަކުން އަމަލުން ކުރަން ޖެހޭ ތާރީހެއް މިނިސްޓަރު ކަނޑައަޅައި އާއްމުކޮށް އިއުލާން ކުރަންވާނެ ކަމަށެވެ. މި ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މެމްބަރުންނަށް ހުޅުވާލާފައިވަނީ ބުދަ ދުވަހުގެ މެންދުރު 11:00 އާ ހަމައަށެވެ.

Advertisement - newsAdvertisement

ބިދޭސީންނަށް މިނިމަމްވޭޖް (އެންމެ ކުޑަ އުޖޫރަ) ދިނުން މުއްދަތެއް ނެތް ގޮތަށް ލަސްކުރަން ގާނޫނަށް ހުށަހެޅި އިސްލާހު އިތުރަށް ދިރާސާކޮށް ގޮތެއް ކަނޑައެޅުމަށް އެ ބިލު އިޖުތިމާއީ ކޮމިޓީއަށް ފޮނުވީ އަންގާރަ ދުވަހުއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުޙައްމަދުއެވެ.

ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނެސް، އެ ގާނޫނަށް އަމަލު ކުރަން ފެށީ 22 ސެޕްޓެމްބަރު 2020 ގައެވެ. އެ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހު އެންމެ ކުޑަ އުޖޫރަ ދޭން ފެށި ނަމަވެސް ބިދޭސީ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ދިނުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ގާނޫނުގައި ވަނީ ހިމަނައިފައެވެ. މި މުއްދަތު މި މަހުގެ 22 ވަނަ ދުވަހު ހަމަވާނެއެވެ.

ޤާނޫނުގައި ދެ އަހަރުގެ މުއްދަތެއް ކަނޑައަޅައިފައި އޮތުމުން އެ މުއްދަތު އިތުރުކޮށް ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ހުށަހެޅި ބިލަކީ ގާނޫނުގައި ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާ އިރު، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ކޮށްފައިވާތީ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

މި ބިލު ދިރާސާ ކުރުމަށްފަހު މިނިމަމްވޭޖް ބޯޑުން ދޭ ލަފަޔާއެއްގޮތަށް ތާރީހު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ލިބޭގޮތަށް ނިންމީ އަންގާރަ ދުވަހު ބޭއްވި އިޖުތިމާއީ ކޮމިޓީއަސް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2018

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން ނިންމީ ގާނޫނާ ހިލާފަށް: ހައިކޯޓު

22 ނޮވެމްބަރު 2018
ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން ނިންމީ ގާނޫނާ ހިލާފަށް: ހައިކޯޓު
13 ނޮވެމްބަރު 2018

ބިދޭސީންނަށް ބިން މިލްކުކުރެވޭ އުސޫލު ބާތިލްކުރަން ހުށައަޅައިފި

13 ނޮވެމްބަރު 2018
ބިދޭސީންނަށް ބިން މިލްކުކުރެވޭ އުސޫލު ބާތިލްކުރަން ހުށައަޅައިފި
15 އޮކްޓޯބަރު 2018

ގޯތި ވިއްކުމަށް ނިންމީ އުސޫލާ އެއްގޮތަށް: ޝާހިދު

15 އޮކްޓޯބަރު 2018
ގޯތި ވިއްކުމަށް ނިންމީ އުސޫލާ އެއްގޮތަށް: ޝާހިދު
18 ސެޕްޓެމްބަރު 2018

ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ

18 ސެޕްޓެމްބަރު 2018
ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ
19 މާރިޗު 2018

މައްސަލަ ނިމެންދެން ރިޔާޒް ހައްޔަރު ކުރުމަށް ނިންމީ މަރޗު 2 ވަނަ ދުވަހު ހައްޔަރު ކުރި ކުރުމުގައި ޤާނޫނީ ކުލަ ޖެއްސުމަށް: ވަކީލުން

19 މާރިޗު 2018
މައްސަލަ ނިމެންދެން ރިޔާޒް ހައްޔަރު ކުރުމަށް ނިންމީ މަރޗު 2 ވަނަ ދުވަހު ހައްޔަރު ކުރި ކުރުމުގައި ޤާނޫނީ ކުލަ ޖެއްސުމަށް: ވަކީލުން
08 ނޮވެމްބަރު 2017

ޗެނަލް 13ގެ މައްސަލަ ބްރޯޑްކޮމްއިން ނިންމީ ތަހްގީގު ކޮމިޓީގެ ނިންމުމާ ހިލާފަށް!

08 ނޮވެމްބަރު 2017
ޗެނަލް 13ގެ މައްސަލަ ބްރޯޑްކޮމްއިން ނިންމީ ތަހްގީގު ކޮމިޓީގެ ނިންމުމާ ހިލާފަށް!
07 މެއި 2017

ދިވެހި ރައްޔިތުންވެސް ނިންމީ މަސީހުގެ އިތުބާރު ނެތްކަމަށް: އަމީތު

07 މެއި 2017
ދިވެހި ރައްޔިތުންވެސް ނިންމީ މަސީހުގެ އިތުބާރު ނެތްކަމަށް: އަމީތު
28 މާރިޗު 2017

ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް

28 މާރިޗު 2017
 ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް