Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީ ކޭޝްފްލޯ

ގޯތި ވިއްކުމަށް ނިންމީ އުސޫލާ އެއްގޮތަށް: ޝާހިދު

15 އޮކްޓޯބަރު 2018 | ހޯމަ 08:54

ގޯތި ވިއްކުމަށް ކުރިން ވެސް ވަނީ ޕްލޭން ކުރެވިފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 15 އޮކްޓޯބަރު 2018 | ހޯމަ 08:54
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ އިމާރާތްތަކެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ އިމާރާތްތަކެއް

ހައުސިންގ ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މާލީ ހާލަތު ރަނގަޅުކުރަން ގޯތި ވިއްކަން ނިންމީ އުސޫލާ އެއްގޮތަށް ކަމަށް އެ ކުންފުނީގެ ޗެއަރމަން މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ބަލިވެފައި ވަނިކޮށް ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ނިންމި މައްސަލައަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވެ، އަދި ގޯތި ވިއްކުމާ ދެކޮޅަށް އެޗްޑީސީގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް ޝާހިދު ވިދާޅުވީ، ގޯތި ވިއްކުމަށް ނިންމީ ކުއްލިއަކަށް ނޫން ކަމަށާއި އެއީ މި އަހަރު ފެށުނު އިރުވެސް ނިންމާފައި އޮތް ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ކޭޝްފްލޯ ރަނގަޅު ކުރަން ރާވާފައިވާ ކަންކަމުގެ ތެރޭގައި އެޗްޑީސީން އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ޝާހިދު ވިދާޅުވި ގޮތުގައި ބިންތައް ކުއްޔަށް ދީގެން ލިބޭ އާމްދަނީ އަށާއި އާއި ލިބޭ ކުއްޔަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ބޮންޑު ވިއްކުމަށެވެ. ހުޅުމާލެއިން ބިން ވިއްކުމަކީ ވެސް ކޭޝްފްލޯ ރަނގަޅުކުރަން ރޭވިފައިޥާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ބޮންޑު ނުވިއްކީ ޝާހިދު ވިދާޅުވި ގޮތުގައި އެކަން އެއީ ކުންފުންޏަށް މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުވުމުންނެވެ. އާމްދަނީ ހޯދުމުގެ ކަންކަން ނިންމާފައިވަނީ އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަލީ ޝަރީފްގެ ލަފާގެ މަތިން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް ގޯތި ވިއްކުމާ ދެކޮޅަށް އެޗްޑީސީގެ 170 މުވައްޒަފުން ސޮއިކުރި ޕެޓިޝަންގައި އެންމެ ފުރަތަމަ ސޮއިކުރައްވައި، އެ ޕެޓިޝަން ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އަލީ ޝަރީފެވެ.

ގޯތި ވިއްކުން ބޮޑު މައްސަލަގަނޑަކަށް ވެފައިވާއިރު، ކޭޝްފްލޯ ރަނގަޅުކުރަން ހުުޅުމާލެއިން މީގެ ކުރިން ވެސް ބިން ވިއްކާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. މިފަހަރު މިކަން މައްސަލައަކަށް ވީ ޝާހިދު ފާހަގަކުރެއްވި ގޮތުގައި ގޯތި ވިއްކުމަކީ ސޯޝަލް ހައުސިންގެ ބަޔަކަށް ސަރުކާރުން ހެދުމުންނެވެ. ނަމަވެސް އެޗްޑީސީއަކީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމާއެކު، ސަރުކާރުން ނިންމާ އެފަދަ ނިންމުންތަކަށް އަމަލުކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައްސަލަ ބޮޑުވެ ގޯތި ވިއްކުން ވަގުތީ ގޮތުން މިހާރު ހުއްޓާލާާފައިވާއިރު، އެކަމާ ގުޅޭ ގޮތުން ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 1،000 އަކަފޫޓްގެ 400 ގޯތި ދޫކުރަން ނިންމާފައިވަނީ ގޯއްޗެއް ޖުމުލަ އަގު 400،000 ރުފިޔާގެ ރޭޓުންނެވެ. ޑައުންޕޭމެންޓްގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށް ފަހު، ގޯއްޗަށް ދައްކަން ޖެހޭ ބާކީ ފައިސާ 10 އަހަރަށް ބަހާލައިގެން ދެއްކޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާގެ އުސޫލް ސާފުކޮށް ދިނުމަށް ހުށަހަޅައިފި

13 އެޕްރީލު 2017
އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާގެ އުސޫލް ސާފުކޮށް ދިނުމަށް ހުށަހަޅައިފި
28 މާރިޗު 2017

ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް

28 މާރިޗު 2017
 ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
24 މާރިޗު 2017

ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން

24 މާރިޗު 2017
ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން
22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް