Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2018

ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ

18 ސެޕްޓެމްބަރު 2018 | އަންގާރަ 17:05

ވަކި ދާއިރާއެއް ވަކި ގިންތިއެއް ނެތި ހުރިހާ ސިވިލް ސާވިސް މުއައްޒަފުންނަށް ވެސް މުސާރަބޮޑުވެގެން ދާނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 18 ސެޕްޓެމްބަރު 2018 | އަންގާރަ 17:05
ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު

ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު

ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފައްޓަވާނެކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިބޫ ވިދާޅުވެެއްޖެއެެވެ.

ރިޔާސީ ކެންޑިޑޭޓަށް ޚާއްސަކޮށްގެން ރާއްޖެޓީވީން އަންގާރަ ދުވަހުގެރޭ ބޭއްވި "ރައްޔިތުންގެ ދަރުބާރު" މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަށްޓަކައި ކަމާގުޅޭ ހުރިހާ ފަރާތްތައް އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަހުގެތެރޭގައި އެއް މޭޒެއްގެ ދޮށަށް ގެންނަވާ އެކަމާއި މެދު މަޝްވަރާކުރައްވާނެކަމަށެވެ.

އިބޫ ވިދާޅުވީ، ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހިންނާއި ބޭރު މީހުންނާއި މެދުވެސް މުސާރައިގެ ތަފާތުކުރުންތައް އެބައޮތްކަމަށެވެ. އިބޫ ވިދާޅުވީ ވަކި ދާއިރާއެއް ވަކި ގިންތިއެއް ނެތި ހުރިހާ ސިވިލް ސަރވިސް މުއައްޒަފުންނަށް ވެސް މުސާރަ ބޮޑުވެގެން ދާނެކަމަށެވެ.

އެމަނިކުފާނުގެ ވިދާޅުވީ، ރިސޯޓްތަކުގައި މަސައްކަތް ކުރާ މުއައްޒަފުންގެ އެންެމެ ބޮޑު އެއް ޝަކުވާއަކީ އެކަށީގެންވާ ގޮތެއްގައި ސަރވިސް ޗާޖާއި ޓިޕްސް ނުލިބޭ ކަމުގެ ޝަކުވާ ކަމަށެވެ. އިބޫ ވިދާޅުވީ، ސަރވިސް ޗާޖާއި ޓިޕްސް ދިނުމުގައި ގާނޫނެއްގައި ވަކި ޕަސެންޓެއް ކަނޑައެޅިފައި ނުވި ނަމަވެސް އެބޭފުޅުންގެ ސަރުކާރެއްގައި އެކަން ޒިންމާދާރު ގޮތެއްގައި ކުރޭތޯ މޮނިޓަރ ކުރައްވާނޭކަމަށެވެ.

"ގާނޫނެއްގައި ވަކި ޕަސެންޓެއް ކަނޑައެޅިފައެއް ނެތް. އެހެންނަމަވެސް ޓިޕްސްއާއި ސާވިސްޗާޖު ހަމަ ހަމަގޮތެއްގައި ލިބޭނެގޮތް ހަދައިދޭނަން" އިބޫ ވިދާޅުވިއެވެ.

އެބޭފުޅުންގެ ވެރިކަމެއްގައި ވަޒީފާގައި ޖިންސްގެ ތަފާތު ކުރުމާއި މުސާރައިގެ ތަފާތު ކުރުންތައް ނައްތާލައްވާނެކަމަށް އިބޫ ވިދާޅުވިއެެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ވަކި ޖިންސެއް ނެތި ވަޒީފާގެ އުޖޫރަ ހަމަހަމަކޮށްދޭނަން. ވަޒީފާދޭ ފަރާތުގެ ޝަކުވާ އެބައޮތް. ޗުއްޓީއެއް ނެގުމެއް ނެތި މުއައްޒަފު ގެއްލޭތަން އާދޭ، މިއަށް އެބަ ޖެހޭ ވަޒީފާ އަދާކުރާ މީހާގެ ޒިންމާއެއް ނަގަން" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ވަޒީފާ ދޭ މިހާއާއި ވަޒީފާ އަދާކުރާ ފާރާތުގެ ހައްގުތައް ކަށަވަރުވާންޖެހޭކަމަށެވެ. އަދި އެބޭފުޅުންގެ ވެރިކަމެއްގައި އެކަން ކަށަވަރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް