Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާޒްގެ މައްސަލަ

މައްސަލަ ނިމެންދެން ރިޔާޒް ހައްޔަރު ކުރުމަށް ނިންމީ މަރޗު 2 ވަނަ ދުވަހު ހައްޔަރު ކުރި ކުރުމުގައި ޤާނޫނީ ކުލަ ޖެއްސުމަށް: ވަކީލުން

19 މާރިޗު 2018 | ހޯމަ 11:52

ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް ދޭންޖެހޭ މުއްދަތު ދީފައިނުވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 19 މާރިޗު 2018 | ހޯމަ 11:52
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒް މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ މިދިޔަ އަހަރު ބަލަން ފެށި މައްސަލައަކާ ގުޅިގެން ކަމަށާއި، މިއީ މަރިޗު 2 ވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރު ކުރި ކުރުމުގައި ގާނޫނީ ކުލަޖެއްސުމަށް ކުރި ކަމެއް ކަމަށް އޭނާގެ ގާނޫނީ ވަކީލުން ބުނެފިއެވެ.

ރިޔާޒް ހައްޔަރުކުރި މައްސަލައާއި ގުޅިގެން، ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަބްދުﷲ ރިޔާޒްގެ މައްސަލައަކީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ކުރިއަށްގެންދާ މައްސަލައެއް ކަމަށާއި މިކަމުގައި ޝާމިލުވާ ފުލުހުންނާއި ޕްރޮސިކިއުޓަރުންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ކަމާގުޅުންހުރި އެންމެހާ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.

Advertisement - newsAdvertisement

މިމަހުގެ 2 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ރިޔާޒް ހައްޔަރުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒް ޤާނޫނަކީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރުން ސަސްޕެންޑްކޮށްފައި ނުވާ ޤާނޫނަކަށް ވީނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަންދުކުރުމަށް އެޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއާތަށް، އޭނާ ހައްޔަރުކުރުމުގައި އަމަލުކޮށްފައިނުވާ ކަމަށް ވަކީލުން ބުނެއެވެ.

ރިޔާޒް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރުގެ ދަށުން ކަމަށް ވިދާޅުވެ، ދޫނިދޫ ގޮޅިއެއްގައި ބަންދުކޮށްފައިވާއިރު އޭނާ ހައްޔަރުކޮށްފައިވަނީ މާލޭގެ މަގުތަކަށް މީހުން އެއްކޮށް، އެކަން ރާވައި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައިކަމަށް ވަކީލުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރިޔާޒް ބަންދުގައި ހުންނަވަނިކޮށް، ބަންދު ކުރުމުގެ ކުރިން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައެއް ބަލަން ފަށައި، މައްސަލަ ބަލާ ގާޒީ އެއްވެސް ސަބަބެއް އެންގުމަކާ ނުލައި ބަދަލުކޮށްފައިވާކަން މި ބަޔާނުގައި ވަކީލުން ފާހަގަކޮށްފައިވެއެވެ.

މައްސަލައާ އަލަށް ހަވާލުވި ގާޒީ މައްސަލައިގެ އަޑުއެހުމެއް، މިމަހުގެ 11 ވަނަ ދުވަހު ބޭއްވުމަށްފަހު، ގާނޫނީ ވަކީލަކު އައްޔަންކުރުމަށް ފަސް ދުވަހުގެ ފުރުސަތެއް ދެއްވާފައިވާކަމަށް ގާނޫނީ ވަކީލުން ބުނެއެވެ. ނަމަވެސް ގާނޫނީ ހަމަތަކުގެ މަތީން ފަސް ދުވަސް ހަމަނުވަނީސް، އިއްޔެގެ ވަގުތެއްގައި އިތުރު އަޑުއެހުމެއް ބާއްވައި، ދެދުވަހުގެ ތެރޭގައި ވަކީލަކު އައްޔަންކުރުމަށް އަންގައި، ޝަރީއަތުގެ އަޑުއެހުން ނިންމާލައްވާފައިވާ ކަމަށްވެސް ވަކީލުން ބުނެއެވެ.

އެއަޑުއެހުން ނިންމައި އެންމެން ދިޔަ ފަހުން ހަމަ އެދުވަހު އަލުން އިތުރު އަޑުއެހުމެއް ބާއްވައި، ދައުވާކޮށްފައިވާ މައްސަލައާ ގުޅުވައި، އެމައްސަލާގައި ވަކީލެއްގެ ފުރުސަތުދީފައިވާ މުއްދަތު ދެމިއޮއްވައި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމެއް ނެތި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދި އެގޮތުގެ މަތީން ބަންދުގައި ބެހެއްޓުމަށް ގާޒީ އަމުރުކުރައްވާ ކަމަށް ވަކީލުން ބުނެއެވެ.

ނަމަވެސް އެމައްސަލައަކީ އެމައްސަލަ ކޯޓަށް ހުށަހަޅައި ގިނަ ދުވަސްތަކެއް ވެފައިވާއިރުވެސް، އެމައްސަލައިގެ ބާވަތުން، އެމައްސަލައާ ގުޅުވައިގެން ރިޔާޒް ބަންދުގައި ނުބެހެއްޓުމަށް މީގެ ކުރިން ނިމިފައިވާ މައްސަލައެއް ކަމަށާއި އެމައްސަލައާ ގުޅުވައިގެން ޢަބްދުﷲ ރިޔާޒް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް، ވަކީލެއްގެ ފުރުސަތުވެސް ނުދީ ކުއްލިއަކަށް ނިންމާފައިވާ ކަމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް ވަކީލުން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް