Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ޖަލްސާ

ފަސް ކަމެއް މަޖިލީހަށް ބަލައިގަނެ ހަތަރު ކަމެއް ތަޅުމުން ބޭރު

ބަލައިގަނެފައިވަނީ ތިން ބިލަކާ ދެ ގަރާރެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ސެޕްޓެމްބަރު 2022 | އަންގާރަ 12:54
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހު ކުރިޔަށްދިޔަ ޖަލްސާގައި 9 ކަމަކަށް ވޯޓަށް އެހިއިރު ފަސް ކަމެއް މަޖިލީހަށް ބަލައިގަނެ ހަތަރު ކަމެއް ތަޅުމުން ބޭރުކޮށްލައިފިއެވެ.

އެގޮތުން މަޖިލީހަށް ބަލައިނުގަނެ ތަޅުމުން ބޭރުކޮށްލާފައިވަނީ މާވަށު ދާއިރާގެ މެމްބަރ މުހައްމަދު ސައީދު ހުށަހަޅުއްވާފައިވާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ ސަސްޕެންޑްކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރާއި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ދިވެހި ފުލުހުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް އެދި ހުށަހަޅާފައިވާ ގަރާރާއި މަހިބަދޫ ދާއިރާގެ މެމްބަރ އަހުމަދު ތާރިގު ހުށަހަޅުއްވާފައިވާ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ޓޫރިޒަމްގެ ޒަރީޢާއިން ރާއްޖެއަށް ލިބޭ އާމްދަނީ އަބަދަށް ދެމިގެންދާ ގޮތެއްގައި ރާއްޖޭގައި ބެހެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތް ކަންކަމުގެ ތެރެއިން އެއް ކަމަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވާފައިވާ ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުންދާތީ މިމައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތުންނަށް އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ދަށުން ބޭސްފަރުވާގެ ފުރުސަތުތައް މިހާރަށްވުރެ ފުޅާކޮށް ފަސޭހަކުރުމަށް ހުށަހަޅާފައިވާ ގަރާރެވެ. މިގަރާރު އިތުރަށް ދިރާސާކުރުމަށް ވަނީ އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް ވިލިމާލެ ދާއިރާގެ މެމްބަރ އަހުމަދު އުޝާމް ހުށަހަޅުއްވާފައިވާ ބިލްވެސް ވަނީ މަޖިލީހަށް ބަލައިގަނެފައެވެ. މިބިލް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރ މުހައްމަދު ނިހާދު ހުށަހަޅުއްވާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ވަނީ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

މީގެއިތުރުން ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރ ޖަމްޝީދު މުހައްމަދު ހުށަހަޅުއްވާފައިވާ ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްވެސް ވަނީ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރ ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ ސްޓެލްކޯ އާއި ފެނަކަ އިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ ރަށްރަށާއި މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި ބޭންޑު ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާފައިވާ ގަރާރު ވަނީ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އެސްއޯއީ ކޮމިޓީއަށް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު