Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިނަރެސް ފްލެޓަށް ކުރިމަތިލި ފަރާތްތައް

ވިނަރެސްގެ 1344 ފްލެޓަށް އެދި 1413 ފަރާތަކުން ފޯމު ހުށަހަޅައިފި

ފުލެޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ޝަރުތުހަމަވާކަން ކަނޑައަޅާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2022 | އަންގާރަ 09:48
ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓް

ހުޅުމާލޭގެ ފޭސް 2ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ތަރައްގީކުރަމުން އަންނަ ވިނަރެސް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި 1413 ފަރާތަކުން ކުރިމަތިލާފައިވާކަމަށް އެޗްޑީސީން ބުނެފިއެވެ.

ވިނަރެސް ހައުސިން މަޝްރޫއުގެ އެޕާޓްމަންޓްތައް ދެއްކުމަށް އާއްމުންނަށް ހުޅުވާލި ފުރުސަތު 21 ޖުލައިގައެވެ. އެމުއްދަތު ހަމަވެފައިވަނީ 15 ސެޕްޓެމްބަރުގައެވެ. ވިނަރެސް މަޝްރޫއުގެ ދަށުން ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން 10 ޓަވަރުގެ މަސައްކަތް ކުރިއަށްގެންދެއެވެ. މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާފައިވެއެވެ.

Advertisement - newsAdvertisement

އެޗްޑީސީން ބުނީ ފުލެޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ޝަރުތުހަމަވާކަން ކަނޑައަޅާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންކަމަށެވެ.

ވިނަރެސްގައި ދެ ވައްތަރެއްގެ އެޕާޓްމަންޓް ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓް ހިމެނޭ މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރި އަދި 3 ފާހާނަ އަދި ބެލްކަނީ ހިމެނެއެވެ.

ހައުސިންގ މިނިސްޓްރީން ވިނަރެސް ފްލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު ސްކޯރ ތަރުތީބުން ލިސްޓުކުރާނެއެވެ. އެއަށްފަހު އެޗްޑީސީން ލިސްޓް އޯޑަރަށް ޔުނިޓް ހިޔާރުކުރުމަށް ހުޅުވާލާނެއެވެ. އެއަށްފަހު އެޗްޑީސީން ފައިނޭންޝިއަލް އެލިޖިބިލިޓީގެ އިވެލުއޭޝަންގެ މަސައްކަތް ކުރިޔަށްގެންދެވި އެލިޖިބަލްވާ ފަރާތްތަކަށް ޔުނިޓް ހަވާލުކުރާނެއެވެ. އަދި ފައިނޭންޝިއަލް އެލިޖިބިލިޓީން ޝަރުތުހަމަނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލުކޮށް ވެއިޓް ލިސްޓުގައިވާ ފަރާތްތަކަށް ފުރުސަތު ދޭނެއެވެ.

އެޗްޑީސީން ބުނީ މިހާރު ކުރިޔަށްދަނީ މިފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިނަރެސް ފްލެޓް އާންމުންނާ ހަވާލުކުރެވިގެންދާނެއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ހައުސިން މަޝްރޫއުތަކުުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު މަޝްރޫއެވެ. މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހިޔާ މަޝްރޫއެވެ.

ވިނަރެސްއެޗްޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު