Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އައުޓް ގަރާރު

ރައީސްގެ ގަރާރު ބާތިލުކުރުމަށް އެދި ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ސެޕްޓެމްބަރު 2022 | އަންގާރަ 08:27

މި މައްސަލަ މިހާރު އެ ކޯޓުން ވަނީ ބަލައިގެންފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ސެޕްޓެމްބަރު 2022 | އަންގާރަ 08:27
އިދިކޮޅުގެ ކެމްޕޭނު، ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެންމެ ފުރަތަމަ އެ ކެމްޕޭނުގެ ހަރަކާތް ބޭއްވީ ފުވައްމުލަކު ސިޓީގައި

އިދިކޮޅުގެ ކެމްޕޭނު، ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެންމެ ފުރަތަމަ އެ ކެމްޕޭނުގެ ހަރަކާތް ބޭއްވީ ފުވައްމުލަކު ސިޓީގައި

އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް ކަނޑައަޅުއްވައި ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނެރުއްވި ގަރާރު ބާތިލުކުރުމަށް އެދި ހައިކޯޓަށް ހުށައަޅާފައިވާ މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

މި މައްސަލަ ފުރަތަމަ ހުށައެޅީ ސުޕްރީމް ކޯޓަށް ނަމަވެސް، އެ ކޯޓުން މައްސަލަ ބޭރުކޮށްލީ މިއީ ފުރަމަތަ މަރުހަލާގައި ހައިކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއްކަން ބަޔާންކޮށެވެ.

Advertisement - newsAdvertisement

ހައިކޯޓުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލަ މިހާރު އެ ކޯޓުން ވަނީ ބަލައިގެންފައެވެ.

ރައީސްގެ ޤަރާރުގައި ބަޔާން ކޮށްފައިވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ޤައުމަކާއި ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ޤައުމީ ސަލާމަތާ ގުޅުންހުރި، އަދި ނުރައްކާ އޮތް ކަމެއްކަމަށާއި، ވަކިވަކި ޤައުމުތަކާއި ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް މަޖިލީހުން ނިންމައިފައިވާ ކަމަށެވެ.

ވުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، މި ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މިގޮތުގެ މަތީން ތަންފީޛުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ޤަރާރު އެކަށައެޅުއްވީކަން ވަނީ ބަޔާން ކުރައްވާފައެވެ.

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ޙަރަކާތަކީ ރާއްޖޭގެ ޤާނޫނުތަކާއި އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި ޚިލާފު ޙަރަކާތެއް ކަމަށް ކަނޑައަޅުއްވައި އޭޕްރިލް މަހުގެ 21ގައި ނެރުއްވި ޤަރާރުގައި ޤާނޫނު އަސާސީއާ ޚިލާފު އަދި އެއްވެސް މީހެއްގެ ހައްޤު ގެއްލޭ ކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އިންޑިއާ އައުޓް ޙަރަކާތާއި ގުޅޭ ގޮތުން އެމްއެންޑީއެފް އާއި ޕޮލިހުން ޤައުމީ ސަލާމަތާ ބެހޭ މަޖިލީހަށާއި، ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް މައްސަލަތަކެއް ހުށަހެޅި ކަމަށެވެ. ރައީސް ވިދާޅުވީ، ނެޝަނަލް ސެކިއުރިޓީއާ ބެހޭ މައްސަލަތަކެއް މިކަމުގައި އުޅޭ ކަމަށެވެ. އެހެންކަމުން ޤާނޫނު އަސާސީން އެމަނިކުފާނުގެ މައްޗަށް 115 ވަނަ މާއްދާއިން މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކެއްވާކަމަށެވެ.

އެއީ ހައްޤުތަކާއި މިނިވަންކަން ރައްކާކުރުމާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ސިޔާދަތުތަކަށް އިޙްތިރާމް ކުރުން އިތުރުކުރުމާއި، ޚާރިޖީ ސިޔާސަތު ކަނޑައެޅުން ފަދަ މަސައްކަތް ކުރުން ކަމަށެވެ. އެކަންކަން ކުރުމުގައި ލިޔުމުންވެސް އެކަން ކުރެއްވުމުގެ އިޚްތިޔާރު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާއިރު، އެކަމުގައި ޤަރާރެއްވެސް ނެރެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެއިން އެއްވެސް ކަމަކަށް ޤާނޫނު އަސާސީ ހުރަހެއްނާޅާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ޙަރަކާތަކީ ވަރަށް ބޮޑަށް ރޭވިގެން ހިންގާ ހަރަކާތެއް ކަމަށާއި، އެކަމަކީ ނުބައި ކަންތައްތަކެއް އަޑީގައި އޮވެގެން ވަކި މަޤުސަދެއްގައި ހިންގާ ޙަރަކާތެއްކަން ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް އެމްއެންޑީއެފްއާ ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެކައުންސިލްގެ ނިންމުމަކަށްވީ މި ކަންތައްތައް ހުއްޓުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކުރެއްވުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުގެ މަތިން އެ ޤަރާރު ނެރުއްވީ ކަމަށާއި، އޭގައި ޤާނޫނު އަސާސީ އާއި ޤާނޫނަކާއި ޚިލާފުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެެއްވިއެވެ. ރައީސް ވިދާޅުވީ، އެއްވެސް މީހެއްގެ އެއްވެސް ޙައްޤަކަށް ހުރަސްއެޅޭ ކަމެއްވެސް އެޤަރާރުގައި ނޯންނާނެ ކަމަށެވެ.

އިންޑިއާ އައުޓްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
15 ސެޕްޓެމްބަރު 2025

ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް