Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންނަށް ރައްކާތެރިކަން ނެތްކަމުގެ މައްސަލަ

ފުލުހުންނަށް ރައްކާތެރިކަމެއް ނެތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް

ހަމަލާދިން ފަރާތްތައް ދެނެގަނެވި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވީނަމަވެސް މީވަރަށް ނުރައްކާތެރި އަދި އެހާމެ ސީރިއަސްކޮށް ހައްލު ހޯދަންޖެހޭ މައްސަލައެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ސެޕްޓެމްބަރު 2022 | އަންގާރަ 05:23
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

އެއްވެސް ފަސްޖެހުމެއްނެތި ފުލުހުންނަށް މަރުގެ އިންޒާރުދީ މާރާމާރީ ހިންގާނަމަ މިއަށްވުރެ އަވަހަށް ހައްލު ހޯދަންޖެހޭ މައްސަލައެއް މިގައުމުގައި ނެތްކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ މިމަހުގެ 9 ވީ ހުކުރު ދުވަހު އޮފް ޑިޔުޓީގައި އުޅުނު ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ތިން ފުލަހަކަށް ގޭންގަކުން ދިން ހަމަލާއަކީ ފަހަކަށް އައިސް ގޭންގުތަކުން ދެމުން އަންނަ ހަމަލާތަކަށް އިތުރުވި ބޮޅެއްކަމަށެވެ. ހަމަލާދިން ފަރާތްތައް ދެނެގަނެވި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވީނަމަވެސް މީވަރަށް ނުރައްކާތެރި އަދި އެހާމެ ސީރިއަސްކޮށް ހައްލު ހޯދަންޖެހޭ މައްސަލައެއްކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިމައްސަލަ ކުއްލި މައްސަލައަކަށް ވަނީ ގާނޫނު ތަންފީޒުކޮށް ކުށްވެރިން ހިފާހައްޔަރުކޮށް މުޖުތަމައުގެ ސަލާމަތްކުރުމާއި ރައްކާތެރިކަމަށް އެޅެންޖެހޭ ފުލުހުން އުޅޭ ހާލަތަކީ މިއީކަމަށްވާތީކަމަށެވެ.

ޖާބިރު ވިދާޅުވީ މިމައްސަލަ ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސް އަވަސް ހައްލެއް ގެނައުމަށް މިކުއްލި މައްސަލަ ހުށަހަޅުއްވާކަމަށެވެ.

ކުއްލި މައްސަލަ ބަލައިގަތުމަށް ނެގުނު ވޯޓުގައި 38 މެމްބަރުންގެ އިއްތިފާގުން ވަނީ މިމައްސަލަ ބަލައިގަނެ ބަހުސްކުރަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ.

އެއާއެކު މިމައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖެ ހަމަމަގަށް ގެނައުމަށް ފުލުހުންނަށް މިހާރުން މިހާރަށް ޓްރެއިންކޮށް ފިސްތޯލަ ދޭންޖެހޭކަމަށެވެ. އަދި ފުލުހަކު މަރާލުމަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެކޭކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ފުލުހުންގެ ތެރޭގައި ނޭއްގާނީ އަމަލުތައް ހިންގާ ފުލުހުންވެސް އުޅޭކަމަށެވެ. އަދި ސިޔާސީ ސަބަބުތަކަށްޓަކައި ފުލުހުންގެ މުއައްސަސާ ބޭނުންކުރުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އެމުއައްސަސާއަށް ގެއްލިފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން މެމްބަރުން ވަނީ މިމައްސަލައަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ. ފުލުހުންގެ މުއައްސަސާގައި ހުރި މައްސަލަތައް ހައްލުކުރަންޖެހޭކަމަށާއި މުޖުތަމައުގައި ހަރަކާތްތެރިވާ ގޭންގުތަކުން ކުރަމުންދާ ކަންކަންވެސް ހުއްޓުވަންޖެހޭކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު