Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

"ބަޔާންގައި ހުރެގެން ބެލެންޑޯ ހޯދުމަށްވުރެ، ބާސެލޯނާގައި ހުރެގެން ހޯދަން ފަސޭހަވާނެ"

ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުން އައި ލެވަންޑޯސްކީ ބާސެލޯނާ އަށް ބަދަލުވީ މިއަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ސެޕްޓެމްބަރު 2022 | އަންގާރަ 02:55
ރޮބާޓް ލެވަންޑޯސްކީ

ރޮބާޓް ލެވަންޑޯސްކީ

ބަޔާން މިއުނިކްގައި ހުރެގެން ބެލެންޑޯ ކާމިޔާބު ކުރުމަށްވުރެ، ބާސެލޯނާގައި ހުރެގެން ބެލެންޑޯ ކާމިޔާބުކުރަން މާ ފަސޭހަވާނެ ކަމަށް ރޮބާޓް ލެވަންޑޯސްކީ ބުނެފިއެވެ.

ޕޮލެންޑުގެ ފޯވާޑް ވަނީ 2021 ވަނަ އަހަރުގެ ބެލެންޑޯ އެވޯޑުގެ ގަދަ ތިނެއްގައި ހިމެނިފައެވެ. އެ އަހަރު ލިއޮނެލް މެސީ ބެލެންޑޯ ކާމިޔާބުކުރިއިރު، ލެވަންޑޯސްކީ އަށް ލިބުނީ ދެ ވަނައެވެ. ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުން އައި ލެވަންޑޯސްކީ ބާސެލޯނާ އަށް ބަދަލުވީ މިއަހަރުއެވެ.

ލެވަންޑޯސްކީ ބުނީ ބެލެންޑޯ އެވޯޑު އެންމެ ގިނަ ފަހަރު ހޯދާފައިވަނީ ބާސެލޯނާގެ ކުޅުންތެރިން ކަމަށެވެ. ލެވަންޑޯސްކީ ބުނީ ބެލެންޑޯ އެވޯޑަކީ އޭނާ ރޭގަނޑުގެ ނިދުމުން މަހުރޫމު ކުރާ އެއްޗެއް ނޫން ކަމަށެވެ. އިތުރަށް ބުނީ އޭނާ އަށް ފެންނަ ގޮތުގައި ބަޔާނަށްވުރެ ބާސެލޯނާގައި ހުރެގެން ބެލެންޑޯ ކާމިޔާބުކުރަން ފަސޭހަވާނެ ކަމަށެވެ.

މީގެ އިތުރުން ލެވަންޑޯސްކީ ބުނީ ބުންޑެސްލީގާ އަކީ ވަރަށް ފިޒިކަލް ލީގެއް ކަމަށެވެ. ނަމަވެސް ސްޕެއިންގައި ފުޓުބޯޅަ ކުޅެން ބޭނުންވާ ގިނަ ކުލަބުތައް އޮތްކަން ފާހަގަކޮށް އޭނާ ބުނީ، ސްޕެނިޝް ލީގުގައި އޮތީ އަމިއްލަ ޓީމު ދިފާއުކުރާވަރުގެ މޮޅު ޓީމުތަކެއް ކަމަށެވެ. މިސާލެއްގެ ގޮތުގައި ލެވަންޑޯސްކީ ބާސެލޯނާ އިން އެންމެ ފަހުން އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗު ފާހަގަކޮށްފައެވެ. އޭނާ ބުނީ މެޗުގައި އޭނާ އަށް ދެ ލަނޑު ޖެހުނީ ވެސް ވަރަށް އުނދަގުލުން ކަމަށާއި، އިދިކޮޅު ޓީމަކީ ވަރަށް ޑިފެންސިވް އަދި ހުނަރުވެރި، ދަނޑަށް ވަރުގަދަ ޓީމެއް ކަމަށެވެ.

ލެވަންޑޯސްކީ ބުނީ ބާސެލޯނާގައި އޭނާ ހުންނަނީ ހިތްހަމަ ޖެހިގެން ކަމަށާއި، ކުލަބުގެ މުވައްޒަފުންނާއި، ކުޅުންތެރިންނަކީ ވަރަށް ރަނގަޅު ބައެއް ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބާސެލޯނާ އަށް ފިޓުވުމަށް އެ އެންމެން ވެދިން އެހީ ފާހަަގަކޮށްފައެވެ.

ބަޔާން ދޫކޮށް ބާސެލޯނާ އަށް ބަަދަލުވެ ލެވަންޑޯސްކީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ބާސެލޯނާރޮބަރޓް ލެވަންޑޯސްކީބަލޮންޑޯ އެވޯޑް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު