Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެމްކޯގެ އެއްބަސްވުން އުވާލުން

200 ދިވެހިންގެ ވަޒީފާ ގެއްލިގެންދަނީ، މުއިއްޒު ގަދަފައި ވިއްދާފަ!

ސިޓީ ކައުންސިލްގެ ދަށަށް މާލެ ސިޓީ ސާފްކުރުމުގެ މަސައްކަތް ބަދަލުކުރާ އިރު މުވައްޒަފުންނަށް ވާނެގޮތެއް އަދިވެސް ނާންގާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2022 | ހޯމަ 13:00
ވިލިމާލޭގައި މަގުތައް ސާފްކުރާ މުވައްޒަފުން

ވިލިމާލޭގައި މަގުތައް ސާފްކުރާ މުވައްޒަފުން

މާލެ ސިޓީގެ މަގުތައް ކުނިކެހުމާއި ސާފްކުރުމުގެ އެއްބަސްވުން ނިމުމަކަށް ގެންނަން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއެކު، 200 އެއްހާ ދިވެހި މުވައްޒަފުންގެ ވަޒީފާއާއި މެދު ސުވާލު އުފެދިއްޖެއެވެ.

މި އެއްބަސްވުމަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ސިޓީ ކައުންސިލާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް މަގުތަކަށް އަޅާފައި ހުންނަ ކުނިތައް ކަހާ ސާފްކުރުމަށް ވަނީ ހަވާލުކޮށްފައެވެ. އެތަކެއް އަހަރުވީ މި އެއްބަސްވުމާއެކު މި މަސައްކަތުގައި މާލެ އަދި ވިލިމާލޭގައި ޖުމްލަ 200 އެއްހާ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Advertisement - newsAdvertisement

ނަމަވެސް މި އެއްބަސްވުން މާލެ ސިޓީގެ މޭޔަރު އުވާލައްވާނެ ކަމުގެ އިންޒާރާއެކު އެ ފަރާތްތަކުގެ ވަޒީފާއާއި މެދު ވަނީ ސުވާލު އުފެދިފައެވެ. މި އަހަރުގެ ނިޔަލަށް މި އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، މިކަމުގައި ސިޓީ ކައުންސިލުން އެއްބާރުލުން ލިބުނަސް، އަދި މައްސަލަތައް ހުރި ނަމަ އެ މައްސަލަތައް ހައްލުކޮށްގެން ކުރިއަށް ދިއުމަށް ސިޓީ ކައުންސިލްގެ މެންބަރުން ބޭނުންވި ނަމަވެސް، މޭޔަރ މުއިއްޒު ބޭނުންވަނީ އެއްބަސްވުން އުވާލާ ސިޓީ ކައުންސިލުން މި މަސައްކަތް ކުރުމަށެވެ.

މިކަމާއި ގުޅޭގޮތުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ، މި މައްސަލައިގައި ސީޓީ ކައުންސިލާއެކު އެއްބަސްވުމަކަށް ދިއުމަށް، ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލްހެ މުނިސިޕަލް ކަންކަމުގެ ޗެއަރ މި މައްސަލައިގައި ޕޮޒިޓިވް ވާހަކަތަކެއް ދެއްކެވި ކަމަށާއި، ކައުންސިލް މެންބަރުން ވެސް މި މައްސަލައިގައި ވާހަކަ ދައްކައިގެން ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

ނަމަވެސް މޭޔަރު ބައިވެރިވެވަޑައި ނުގަންނަވާ މި ބައްދަލުވުމަށްފަހު، އެއްބަސްވުން ކުރިއަށް ނުގެންދަން ފަހުން މޭޔަރު ބޭނުންވެގެން އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރަމުންދަނީ މި މައްސަލަ ހައްލު ކުރެވޭތޯ ކަމަށާއި، އެއްބަސްވުން އާ ނުކުރެވިއްޖެނަމަ 200 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު އޮތް ކަމަށް ސިރާޖު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ވެމްކޯގައި މަސައްކަތް ކުރާ މަގުތައް ސާފްކުރާ މުވައްޒަފުން ރާއްޖެއެމްވީ އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ، މި މަސައްކަތަކީ އެމީހުން ކުރާ ހިތުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތް ކޮށްގެން ލިބޭ އާމްދަނީއަކީ ގޭގެ ހަރަދުތައް ބަލެހެއްޓުމުގައި ލިބިގެންދާ އެހީތެރިކަމެއް ކަމަށާއި، ވަޒީފާ ގެއްލިގެން ދިއުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

ސިޓީ ކައުންސިލްގެ ތުހުމަތުތަކަށް އިންކާރުކޮށް އެފަރާތްތަކުން ބުނެފައިވަނި މަގުތަކަށް އާންމުން ކުނިއެޅުން ނުހުއްޓުވޭނެ ކަމަށެވެ. ނަމަވެސް މަގުތަކަށް އަޅާފައި ހުންނަ ކުނިތައް ކޮންމެ ދުވަހަކު ސާފުކުރާ ކަމަށާއި، މޭޔަރު އެފަދަ ދޮގު ވާހަކަ ފަތުރާތި ހިތާމަ ކުރާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މި އެއްބަސްވުން އުވާލަން ނިންމާ، މުނިސިޕަލް ހިދުމަތުގެ ގޮތުގައި މި މަސައްކަތް ކުރަން ނިންމާފައިވާ އިރު، މާލެ ސިޓިއަށް 100 އަދި ވިލިމާލެއަށް 15 މުވައްޒަފުން ނަގައިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ މަސައްކަތުގައި ގެންގުޅޭނީ ދިވެހިން ކަމެއް ނުވަތަ ބިދޭސީން ކަމެއް ސިޓީ ކައުންސިލުން ބުނެފައެއް ނުވެއެވެ. ނަމަވެސް 200 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދައިރު އާންމުން އުފައްދާ ސުވާލަކީ، މާލެ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން ބެލެނިވެރި ފަރާތުން އެފަދަ ނިންމުމެއް ނިންމާއިރު އެކަމުގައި އަސަރުކުރާނެ ފަރާތްތަކަށް ބެލުމެއް ނެތީހެއްޔެވެ.

ވެމްކޯޑރ. މުހައްމަދު މުއިއްޒުމާލޭ ސިޓީ ކައުންސިލްމާލެ ސިޓީވިލިމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު