Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ

އުތުރު ކޮރެއާއިން މިނިވަންކުރި އެމެރިކާގެ ދަރިވަރު ކޯމާއެއްގައި އޮވެ މަރުވެއްޖެ

ވާމްބިއާ ހައްޔަރުކުރީ ޓޫރިސްޓް ވިސާގައި އުތުރުކޮރެއާއަށް ދިޔަ ދިއުމެއްގައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 20 ޖޫން 2017 | އަންގާރަ 00:17
އެމެރިކާގެ ޔުނިވާސިޓީ އޮފް ވާރޖިނިއާގެ ދަރިވަރު، އުމުރުން 22 އަހަރުގެ އޮޓޯ ވާމްބިއާ

އެމެރިކާގެ ޔުނިވާސިޓީ އޮފް ވާރޖިނިއާގެ ދަރިވަރު، އުމުރުން 22 އަހަރުގެ އޮޓޯ ވާމްބިއާ

އުތުރު ކޮރެއާއިން ހައްޔަރުކޮށްގެން ގެންގުޅުނު އެމެރިކާގެ ޔުނިވާސިޓީ އޮފް ވާރޖީނިއާގެ ދަރިވަރު، އުމުރުން 22 އަހަރުގެ އޮޓޯ ވާމްބިއާ، ކޯމާއެއްގައި އޮވެ މަރުވެއްޖެއެވެ.

އުތުރު ކޮރެއާގައި 17 މަސްދުވަހު ހައްޔަރުކޮށްފައި ބެހެއްޓުަމަށްފަހު އޭނާ މިނިވަން ކުރީ ނިމިގެންދިޔަ ހަފްތާގެ ތެރޭގައެވެ.

ވާމްބިއާ ހައްޔަރުކުރީ ޓޫރިސްޓް ވިސާގައި އުތުރުކޮރެއާއަށް ދިޔަ ދިއުމެއްގައި، އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮންގ އުންގެ ޕްރޮޕެގެންޑާ ފެތުރުމަށް ދަމާފައިހުރި ބެނާއެއް ވަގަށްނެގި މައްސަލާގައެވެ. މި ދައުވާއަށް އޭނާ އިއުތިރާފް ވުމާއެކު އޭނާގެ މައްޗަށް ވަނީ ބުރަ މަސައްކަތާއިއެކު 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ވާމްބިއާ ބެލި ޑޮކްޓަރުން ބުނެފައިވަނީ އޭނާ ކޯމާއަކަށް ގޮސްފައިވަނީ ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން ސިކުނޑިއަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކާއި ގުޅިގެން ކަމަށެވެ.

ވާމްބިއާގެ އާއިލާއިން ޑޮކްޓަރުންނާ ހަވާލާދީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޯމަދުވަހުގެ މެންދުރު 2.20 ގައި އެމީހުންގެ ދަރިފުޅު މަރުވެފައިވާކަމަށެވެ.

އާއިލާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ވާމްބިއާއަށް އުތުރު ކޮރެއާއިން ދީފައިވަނީ ލާއިންސާނީ އަނިޔާތަކެއްކަމަށާއި، އެހެންކަމުން ޑޮކްޓަރުން ގެ މިންނެތް މަސައްކަތުންވެސް ދަރިފުޅު ރަނގަޅު ނުވާނެކަން ކުރިންވެސް އެނގޭކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެ އާއިލާއަށް ތައުޒިއާ ދަންނަވާފައެވެ. އަދި އުތުރު ކޮރެއާގެ އަނިޔާވެރި ސަރުކާރަކީ އިންސާނީ އެއްވެސް ހައްގަކަށް އިހްތިރާމް ނުކުރާ ވެރިކަމެއްކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ވާމްބިއާގެ އާއިލާއިން ބުނެފައިވާ ގޮތުގައި އެ އާއިލާއިން ބޭނުންވަނީ އުތުރުކޮރެއާގެ މި އަނިޔާވެރި އަމަލު މުޅި ދުނިޔެއަށް ހާމަކުރާށެވެ.

އެމެރިކާގެ އޮހާޔޯއަށް ނިސްބަތްވާ މި ދަރިވަރުގެ މަރާއި ގުޅިގެން އެ ސްޓޭޓްގެ އިސްވެރިން ގެންދަނީ އުތުރުކޮރެއާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި އެ އަމަލު ކުށްވެރިކުރަމުންނެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު