Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން

ވީއައިއޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އެއާޕޯޓުގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ގޮވާލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2022 | ހޯމަ 07:46
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެލި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ. މެންބަރު ސައީދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ދިވެހިރާއްޖޭގެ މައި ދޮރާށި ކަމަށްވެފައި ރާއްޖެއަށް ކޮންމެ ދުވަހަކު އަންނަ އެތައް ހާސް ފަތުރުވެރިންނާ އި އަދި ދިވެހި އެތަކެއް ރައްޔިތުން ކޮންމެ ދުވަހަކު ބޭނުންކުރަމުން އަންނަ އިގްތިސާދީ އެންމެ ބޮޑު މަންފާއެއް ލިބޭ ތަން ކަމަށެވެ.

Advertisement - newsAdvertisement

ދާދިފަހުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސަލާމަތަށް ނުރައްކާވާފަދަ ހާދިސާއެއް ހިނގާފައިވާއިރު، ބައިނަލްއަގްވާމީ މީޑިއާތަކުން އަނެއްކާވެސް މިހާދިސާއާއި ގުޅޭ ގޮތުން ކަންބޮޑު ވާފަދަ ބިރުވެރި ވާހަކަތަކެއް ޝާއިއުކޮށްފައިވާތީއާއި، އެ މައުލޫމާތުތަކަށް ބަލާއިރު މިހާދިސާ ހިނގުމުގެ ކުރިން ރާއްޖޭގައި މިކަމުގައި ބައިވެރިން ބައްދަލުވުމެއް ބާއްވާފައިވާ ކަމާއި މިހާދިސާ ހިނގުމަށްފަހު އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ރާއްޖެއައިސް ހައްޔަރުކޮށްފައިވާ ދެމީހުން ދޫކޮށްލުމަށް އެދިފައިވާ ކަމަށާއި އަދި މިބައްދަލުވުމަށްފަހު ފުލުހުން މިހާދިސާގެ އަސްލު ރިޕޯޓުގެ ބަދަލުގައި އެހެން ރިޕޯޓެއް ނެރުނު ކަމަށާއި، މިއީ ރޭވިގެން ހިންގާފައިވާ ވަރަށް ނުރައްކާތެރި ޢަމަ ލެއްކަމާއި އަދި މިކަމުގެ ބިރު އަވަށްޓެރި ބައެއް ޤައުމުތަކަށްވެސް އޮތްކަން ހާމަކޮށްފައިވާ ކަމަށެވެ.

އަދި މިހާދިސާއާއި ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވެގެން އިންޑިއާގެ ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާތީއާއި އަދި ޖާސޫސު ކުރިކަމުގެ ހެކި ފުލުހުން ކޯޓަށް ހުށައަޅާފައިވާތީއާއި، އެކަމާ ގުޅުންހުރި ބަޔަކު ފުރައިގެން ދިޔަކަންވެސް ހާމަވާތީއާއި، އެމީހުން ދިޔައީ ވީޑިއޯ މެދުވެރިކޮށް އެއާޕޯޓުގެ ކަންކަން ހިނގަމުންދިޔަގޮތް ލައިވް ކުރަމުން ކަމަށްވާތީއާއި، ރާއްޖެއަށް ފޫނުބެއްދޭވަރުގެ، ގައުމީ ސަލާމަތަށް ނުރައްކާވާވަރުގެ ޢަމަލެއް ހިންގުމަށްޓަކައި އެމީހުން ތައްޔާރުވަމުން ދިޔައީ އެއާޕޯޓުގެ ސެކިއުރިޓީ ގޭޓުތައް ފަހަނައަޅާ، ޗެކިން ޕޮއިންޓުތަކާއި، ކަސްޓަމާއި އިމި ގްރޭޝަނާއި އެއާޕޯޓުގެ ސެކިއުރިޓީއާއި އަދި ފުލުހުންނާއި އެމްއެންޑީއެފަށްވެސް ނޭނގި ކަމަށެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުންގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި މީޑި އާތަކަށްވެސް މައުލޫމާތު ދެމުން ނުދާތީއާއި، އަދި މިކަމާގުޅުންހުރި ކަންކަން ރައްޔިތުންނަށް ސިއްރު ކުރަމުން ދާތީއާއި، ހައްޔަރުކުރި ދެމީހުން ވީތަނެއްވެސް ދިވެހި ފުލުހުންނަށް މިވަގުތު ނޭނގޭތީއާއި، ހަމައެއާއެކު އެއާޕޯޓުގައި ހިނގި ނުރައްކާތެރި ހާދިސާއާއި ގު ޅިގެން އަދިވެސް އެތަނުގެ ސަލާމަތީ ކަން ހަރުދަނާ ކުރުމަށް އިތުރު ބަދަލުތަކެއް އައިސްފައި ނުވާތީއާއި، މިފަދަ ކިތަންމެ ކުޑަ ކަމަކީ ވެސް ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އިޤްތިސާދު ފުނޑި ގައުމަށް އިއާދަ ނުކުރެވޭނެފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިނގާދިޔަ ހާދިސާގެ ދެފުށްފެންނަ ތަހްޤީޤެއް ހިންގުމަށާއި، މިކަމާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރުމަށާއި އަދި މިހާރުން މިހާރަށް އެއާޕޯޓުގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ ހުށައަޅާފައިވެއެވެ.

މި މައްސަލަ ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރި 40 މެންބަރުންގެ ތެރެއިން 34 މެންބަރުން ވަނީ މި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުދެއްވާފައެވެ. މި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 6 މެންބަރުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުރައްޔިތުންގެ މަޖިލިސްމުހައްމަދު ސައީދު، މާވަށު ދާއިރާ މެމްބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު