Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަދުރޭއާ ދެކޮޅަށް ޕީޕީއެމް ތެރެއިން މަސައްކަތްކުރުމުގެ ސިއްރަކީ ކޮބާ؟

އަދުރޭއަކީ ރައީސް ޔާމީނަށް އެންމެ ވަފާތެރި އެެކަކު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2022 | ހޯމަ 04:23
އިދިކޮޅު ކޯލިޝަނުން އާދިއްތަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އިދިކޮޅު ކޯލިޝަނުން އާދިއްތަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕީޕީއެމާއި ޕީއެންސީއަކީ ނަމެއްގައި ދެޕާޓީގެ ގޮތުގައި ހިނގިނަމަވެސް އެއީ ހަމަ އެއްބައެކެވެ. ރައީސް ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރަށްޓަކައި އުފެއްދެވި ޕީއެންސީގެ ރައީސަކަށް ބެހެއްޓެވީ އެވަގުތައް ވެސް ރައީސް ޔާމީނަށް އެންމެ އިތުބާރު ކުރެއްވޭ ޢަބްދުއް ރަހީމް، އަދުރޭ އެވެ. އަދުރޭ އުޅުއްވި ބޮޑު ޕާޓީންވަކިވެ އަލަށް އުފެއްދި ޕާޓީއަކާ ގުޅިވަޑައިގަތީ ވެސް ރައީސް ޔާމީން ވިދާޅުވެގެން އެމަނިކުފާނަށް ޓަކައެވެ. ޕީޕީއެމާއި ރައީސް ޔާމީނަށްޓަކައި ޢަބްދުއްރަހީމް ވެވަޑައިގަންނަވާ ޤުރުބާނީގެ ވާހަކަ ފަށަންމިއީ ރަނގަޅު މިސާލެކެވެ.

ޕީޕީއެމް ތެރެއިން ޢަބްދުއްރަހީމް ނުވަތަ އަދުރޭ ފެނިފައިވަނީ އެންމެ އެކްޓިވް އެންމެ އިޚްލާސްތެރި އެއް ބޭފުޅާގެ ގޮތުގައެވެ. ޕާޓީގައި ތިބި ޒުވާނުންނަށްވުރެ އަދުރޭގެ ހަރަކާތްތެރިކަން މާބޮޑެވެ. އިންތިޚާބުތަކުގެ ކެމްޕެއިންތަކުގައެވެ. ރައީސް ޔާމީނާއި ޕާޓީއަށްޓަކައި އަދުރޭ ނުކުރައްވާކަމެއް މަދެވެ. ރައީސް ޔާމީން ދިފާއު ކުރެއްވުމަށާއި އެމަނިފާނުގެ އޭރުގެ ސަރުކާރު ނެގެހެއްޓުމަށް އަދުރޭ ނެންގެވި ރިސްކުތަކާއި އެހެން މީހުންނަށް ދެއްކެވި ނަމޫނާތަކަކީ އޭގެ މިސާލުތަކެވެ. ބޮޑެތި ޕްރެސް ކޮންފަރެންސްތަކުގައި ޕާޓީގެ ފައުޖުތައް ނޫސްވެރިންގެ ލޯމައްޗަށް އެތުރިފައި އޮތަސް އެވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވައި މޫނުމަތި މުޅިން ބަދަލުކޮށްލުމުގެ ބައި އިސްކޮށް ކުޅުއްވަނީ އަދުރޭއެވެ. އެހެން މީހުންނަށް ވިދާޅުވާން ނުކެރޭ ވާހަކަތައް ވިދާޅުވެ ބޮޑެތި ހިސާބުތައް ޖައްސަވައި އިދިކޮޅު މީހުންނަށް ރައްދު ދެއްވުމުގެ އާރުކާޓީއަކީވެސް ޚުދު އަދުރޭއެވެ.

އަދުރޭގެ ޚިދުމަތް ޕީޕީއެމާއި ޕީއެންސީގެ ތެރެއިން ޤަބޫލު ނުކުރެވޭނެ ހަމަ އެންމެ މީހަކުވެސް ހުންނާނެ ހެނެއް ހީއެއްނުވެއެވެ. ހަމަގައިމުވެސް ޕީޕީއެމާއި އިދިކޮޅު މީހުންނަށް އަދުރޭއަކީ ގޮންޖެހުމެކެވެ. ވިސްނާލަން ޖެހޭވަރުގެ ބޭފުޅެކެވެ. ނަމަވެސް ޕީޕީއެމްތެރެއިން މިހާރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އެތެރޭގެ ކޯޅުން އިންތިހާއަށް ބޮޑުވެ ހަފޮޅުން ބޭރުވެ މީސްމީޑިޔާއަށާއި މަޖިލީސް ފްލޯއަށް ތިލަވިއިރު ފެންނަނީ ބަޔަކު އަދުރޭއާ ޖައްސާލާފައިވާތަނެވެ. ނޫންނަމަ ވަކި ފެކްޝަނަކުން އަދުރޭއާ ދެކޮޅަށް މަސައްކަތް ކުރާތަނެވެ.

އެކަން ފެށުމުގެ ގޮތުން މީސްމީޑިޔާއިން ފެނުނު ފުރަތަމަ ހަމަލައިގައިވެސް ފާހަގަވީ އެއީ ސީދާ ރައީސް ޔާމީން ކުރައްވާ ކަމަކާ ވައްތަރު ގޮތަކަށެވެ. އިދިކޮޅު މީހުން އަދުރޭއާ މުޚާތަބުކުރާ ނަމަކުން އެކަން ކުރެއްވީ ރައީސް ޔާމީންގެ ދައުރުގައި މުލިއާގޭގެ ޗީފް އޮފް ސްޓާފް މުސްތަފާއެވެ. ބުނެވޭ ގޮތުގައި އެއީ ސީދާ ރައީސް ޔާމީނެވެ. އެމަނިކުފާނުގެ ޕަރސަނަލް ކަންތައްތަކުގައިވެސް އެންމެ އަރިހުގައި ގެންގުޅުއްވާކަމަށް ބުނާ މުސްތޮފާއަށް ރައީސް ޔާމީން ނުރުއްސަވާ ގޮތަކަށް އިނގިލިވެސް ހިއްލައެއް ނުލެވޭނެއެވެ. އެހެންކަމަށްވާނަމަ އެފަދަ ގޮތަކަށް އަދުރޭއާ ދިމާކޮށް ބަސްބުނުމުގެ ފަހަތުގައި ރައީސް ޔާމީން ނުހުންނަވާ ނުދާނެ ކަމަށް ސިޔާސީ ކަންކަން ދިރާސާކުރާ މީހުން ބުނެއެވެ. ދެން އައީވެސް ސީދާ ރައީސް ޔާމީން ކުރެއްވި ކަމެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅުވައިގެން ވިދާޅުވި ވާހަކަފުޅެކެވެ. އަދުރޭގެ ޚާލިސް ކަމާއެކު ޕާޓީގެ ޓިކެޓް ރައީސް ޔާމީނާ ހަވާލު ކުރެއްވި ފަހުން ވިދާޅުވި ބަސްފުޅެކެވެ. ރައީސް ޔާމީން ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިންގ މޭޓެއް ކަނޑަނޭޅިގެން އަދި އުޅެން ނުޖެހޭ ކަމަށާއި ޕާޓީގައި "ތައުލީމީ ޒުވާނުން" އެބަތިބި ކަމަށެވެ. ސިޔާސީ މާހިރުން ބުނާގޮތުގައި ނުސީދާކޮށް މިއެއްލެވި ގާބުރިއަކީ ސީދާ އަދުރޭއަށް ކުރެއްވި އަމާޒެކެވެ. ޕީޕީއެމްގައި އަދުރޭއަށް ފާޑު ކިޔާމީހުންގެ ބަސްތައް ހުރީ މިބަސްފުޅާ ސީދާ އެއްދިމާލަކަށެވެ. ޕާޓީގެ ފަރާތުން އެންމެ އުހުގައި އުޅުއްވޭވަރަށް ނުވަތަ ރިޔާސީ ކެންޑިޑޭޓް ކަމަށާއި ރަނިންމޭޓަކަށް ލާވަރަށްވުރެ އަދުރޭގެ ތައުލީމީ ފެންވަރު ދަށްކަމަށް ބުނެއެވެ. އެހެންކަމުން ރައީސް ޔާމީންގެ މިބަސްފުޅަކީ އަދުރޭއާ ދިމާލަށް ވިދާޅުވި ބަސްފުޅެއް ކަމަށް ބައެއް މީހުން ބުނެއެވެ.

ކޮންމެއަކަސް ފެންނަ ފެނުމަށް ޕީޕީއެމްގެ ފެކްޝަންތަކުގެ ކޯޅުން ކުޑަ ނޫންކަން މިހާރު އެވަނީ އާއްމުންނާ ހަމައަށް ތިލަވެފައެވެ. އެކަމަކު ސުވާލަކީ ނުވަތަ ނޭނގި އޮތް ކަމަކީ ޕާޓީގެތެރެއިން އަދުރޭއާ ދެކޮޅަށް ސީދާ ރައީސް ޔާމީން ނުކުންނެވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ. ސީދާ އެސަބަބު ނޭނގުނަސް ސިޔާސީ ކަންކަން ދިރާސާކުރާ މީހުން ޖަހާ ހިސާބުތަކެއް އެބަހުއްޓެވެ. ބުނެވޭގޮތުގައި ރައީސް ޔާމީން ނެތް ހިނދެއްގައި އަދުރޭ ވެގެންދާނީ ޕީޕީއެމްގެ އެންމެ އިސްމީހާއަށެވެ. ރައީސް ޔާމީންގެ ޝަރީއަތް ނިމޭގޮތަކުން އިންތިޚާބުގައި ވާދަނުކުރެއްވިއްޖެ ނަމަ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގައި އަދުރޭގެ ދައުރު ބޮޑުވާނެއެވެ. ޕާޓީގެ އެތެރޭގެ ބާރުތަކަށް ބަލާއިރު އަދުރޭގެ ނުފޫޒު ބޮޑެވެ. އެހެންކަމުން ރައީސް ޔާމީން ނޫން ބޭފުޅަކު ކެނޑިޑޭޓަކަށް ނަގަން ޖެހޭނެ ހާލަތެއް އައިސްދާނެކަމަށް ވާހަކަދައްކަން ނުކެރުނަސް އެހަޤީގަތްވެސް ޤަބޫލުކުރެއެވެ. ބިރުން އެވާހަކަ ދައްކާން ނުކެރި އުޅެނީއެވެ. އެހާލަތުގައި މިހާރު އެ ޓިކެޓަށް ފައިނަންގަވައިގެން ތިއްބެވި ބޭފުޅުންނާއި އެކަމަށްޓަކައި ދުރުން އައިސްތިބި "ބާޒުތަކަށް" އަދުރޭއަކީ ހުރަހެކެވެ. ސީދާ ރައީސް ޔާމީންގެ ފެކްޝަނަށްވެސް އަދުރޭއަކީ އެމަނިކުފާނު ބޭނުންވާގޮތައް އަނބުރާލުމުގައި ހުރި ކަންބޮޑުވުމެކެވެ. ބުނެވޭގޮތުގައި ދިމާވެގެން އުޅެނީ އެމައްސަލައެވެ. ސިއްރަކީ އެއީއެވެ. އެކަމަކު ހަޤީގަތް ބޮޑަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށާއި ޕީޕީއެމަށެވެ.

ޕީޕީއެމް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު

17 ފެބުރުއަރީ 2025
އަދުރޭގެ އަދުގެ ސައިޒް: އެހެން މެންބަރުންނަށް އިންޒާރެއް

އަދުރޭގެ އަދުގެ ސައިޒް: އެހެން މެންބަރުންނަށް އިންޒާރެއް

03 ފެބުރުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލް އަށް ޓަކައި ފަޚުރުވެރިވަން. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރީ އިޚްލާޞްތެރިކަމާއި އެކު: އަބްދުއްރަހީމް

ފައިސަލް އަށް ޓަކައި ފަޚުރުވެރިވަން. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރީ އިޚްލާޞްތެރިކަމާއި އެކު: އަބްދުއްރަހީމް

28 ޖެނުއަރީ 2025
އަބްދުއްރަހީމް ކުރުދޮށިން ރައީސް ޔާމީނަށް ދެއްވުން: މަޖާ އާ ފިލްމެއްގެ ފެށުން

އަބްދުއްރަހީމް ކުރުދޮށިން ރައީސް ޔާމީނަށް ދެއްވުން: މަޖާ އާ ފިލްމެއްގެ ފެށުން

24 ޖޫން 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު