Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

އަންޗެލޮޓީގެ ތައުރީފު ވަލްވާޑޭ އާއި ރޮޑްރީގޯއަށް، އެއީ ޚާއްސަ ދެ ކުޅުންތެރިން

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ ވަލްވާޑޭ އާއި ރޮޑްރީގޯ ޖެހި ލަނޑުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ސެޕްޓެމްބަރު 2022 | ހޯމަ 03:17
ރެއާލްގެ ކޯޗު އަންޗެލޮޓީ

ރެއާލްގެ ކޯޗު އަންޗެލޮޓީ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފެޑެރިކޯ ވަލްވާޑޭ އާއި ބްރެޒިލްގެ ރޮޑްރީގޯ އަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ތައުރީފުކޮށްފިއެވެ.

ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗުން ރެއާލް މޮޅުވީ ވަލްވާޑޭ އާއި ރޮޑްރީގޯ ޖެހި ލަނޑުންނެވެ. މެޗަށްފަހު އަންޗެލޮޓީ ވަނީ އެ ދެ ކުޅުންތެރިންނާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދު ކަނޑާލިއިރު، ސަތޭކަ އިންސައްތަ މޮޅާއެކު ރެއާލުން އޮތީ އެއް ވަނަ މަގާމުގައެވެ.

އަންޗެލޮޓީ ވަނީ އެތުލެޓިކޯގެ ދަނޑުގައި ރެއާލުން ދެއްކީ މޮޅު ކުޅުމެއް ކަމަށް ބުނެފައެވެ. މީގެ އިތުރުން އޭނާ ބުނީ ވަލްވާޑޭ އާއި ރޮޑްރީގޯ އަކީ ވަރަށް ޚާއްސަ ދެ ކުޅުންތެރިން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އަންޗެލޮޓީ ބުނީ، މި ޒަމާނުގެ ކުޅުންތެރިންގެ ގައިގައި ހުންނަން ޖެހޭ ކަންކަން އެ ދެ ކުޅުންތެރިންގެ ހުރުން ކަމަށެވެ. އޭނާ ބުނި ގޮތުގައި ތަފާތު މަގާމުތަކަށް ކުޅެވޭ ކުޅުންތެރިންނަކީ ހުނަރުވެރި ބައެއް ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ދެ ކުޅުންތެރިން ވެސް އަންނަނީ ރެއާލްގައި ކުރިއެރުންތަކެއް ހޯދަމުން ކަމަށާއި، ކުޅުންތެރިންގެ މަސައްކަތާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަންޗެލޮޓީ ބުނީ ކޯޗުންގެ މަސައްކަތަކީ ރަނގަޅު ޕްލޭނެއް ހެދުން ކަމަށާއި، އެއަށް މަސައްކަތް ކޮށް ކާމިޔާބު ހޯދާނީ ކުޅުންތެރިން ކަމަށެވެ.

މި ސީޒަންގައި ވަލްވާޑޭ އާއި ރޮޑްރީގޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ ރެއާލް އެއް ވަނައިގައި އޮތީ 18 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް ލިބެނީ ހަ މެޗުން 16 ޕޮއިންޓެވެ.

ރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީފެޑެރިކޯ ވަލްވާޑޭރޮޑްރީގޯ ސިލްވާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު