Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ. ފެލިދޫ ކުނިކޮށި

ވ. ފެލިދޫ ކުނިކޮށިން ގާތްގަނޑަކަށް 500 ޓަނުގެ ކުނި ފަސް ދުވަހުގެ ތެރޭގައި ހުސްކޮށްފި

ކުނީގެ މައްސަލަ އަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވި އޮތް ބޮޑު މައްސަލައެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ސެޕްޓެމްބަރު 2022 | ހޮނިހިރު 07:08
ވ. ފެލިދޫ ކުނިކޮށި

ވ. ފެލިދޫ ކުނިކޮށި

ވ. ފެލިދޫ ކުނިކޮށިން ގާތްގަނޑަކަށް 500 ޓަނުގެ ކުނި ފަސް ދުވަހުގެ ތެރޭގައި ހުސްކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ކުނީގެ މައްސަލަ އަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވި އޮތް ބޮޑު މައްސަލައަކަށްވާ ކަމަށާއި، ނަމަވެސް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ކުނި ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުން މިހާރު ފަށާފައިވާ ލެގަސީ ވޭސްޓް ޕްރޮޖެކްޓަކީ 8 ރަށެއް ހިމެނޭގޮތަށް، 3.5 މިލިޔަން ރުފިޔާގެ އަގުހުރި މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ. އަދި މިގޮތަށް ޖަމާވެފައިވާ ކުނިފުނިތަކުގެ ތެރެއިން މާލެއަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތަކުގައި ހުރި ކުނިފުނިތައް ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މަސައްކަތުގެ ދަށުން މިދިޔަ ހަފްތާގައި ވ. ތިނަދޫ ކުނިކޮށިން 1350 ޓަނުގެ ކުނި 3 ދަތުރެއްގެ މަތިން ހުސްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މި މަސައްކަތް ނިންމާފައިވަނީ 8 ދުވަހުގެ މުއްދަތުގެ ތެރޭގައެވެ.

ވ. ފެލިދޫ ކުނިކޮށިން ގާތްގަނޑަކަށް 500 ޓަނުގެ ކުނި  ހުސްކޮށްފައިވާއިރު ކުނިވާ ޒާތުގެ ކުނީގެ ގޮތުގައި ދުވާލަކު 250 ޓަނުގެ ކުނި ވެމްކޯ އިން ނަގަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވަނީ ވިދާޅުވެފައެވެ.

ސިރާޖު ވިދާޅުވީ ތިލަފުށީގައި ކުނީގެ ބަރުދަން ބެލޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ތަފާސްހިސާބުތަކަށް ބަލާއިރު ކުނި ނުވާޒާތުގެ ކުނީގެ ގޮތުގައި 700 ޓަނުގެ ކުނި ކޮންމެ ދުވަހަކު ވެސް ނަގާ ކަމަށާއި ދެ ޓަނާއި ގާތަށް ޕްލާސްޓިކް ފުޅި ކަލެކްޓް ކުރެވޭ ކަމަށެވެ.

ކަސްޓަމަރުންގެ 15 އިންސައްތަ އާއި 18 އިންސައްތަ މީހުން މުޅި މާލެ ސަރަހައްދުން ކުނި ވަކި ކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އުކާލަން ނެރޭ ކުނި ވަކިކުރަން ވެމްކޯއިން އެންގީ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އާއްމުކޮށްފައިވާ ގަވާއިދުގެ ފަސް ވަނަ އިސްލާހުގައި، އުކާލަން ނެރޭ ކުނި، ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކުރަން އަންގާފައިވާތީއެވެ. އެގޮތުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ކުނި އުކާލަން ނެރޭއިރު، ވަކިކޮށްފައި ހުންނަން ޖެހޭނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތުގެ ކުންޏެވެ.

މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކާއި ސިނާއީ ރަށްތަކާއި ރިސޯޓްތަކުން ކުނި އުކާލާއިރު ހަތަރު ބަޔަކަށް ބަހާލަން ޖެހޭނެއެވެ. އެއީ އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅިއާއި މައުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި އެހެނިހެން ބާވަތްތަކެވެ.

މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކާއި ސިނާއީ ރަށްތަކާއި ރިސޯޓްތަކުން ކުނި އުކާލާއިރު ހަތަރު ބަޔަކަށް ބަހާލަން ޖެހޭނެއެވެ. އެއީ އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅިއާއި މައުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި އެހެނިހެން ބާވަތްތަކެވެ.

ކުނި ވަކިކޮށްގެން އުކާލުމަކީ މިހާރު ގިނަ ގައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތެވެ. އެއީ ވަކިކޮށްގެން ކުނި އުކާލުމުގެ ސަބަބުން ރިސައިކަލް ކުރަން ފަސޭހަވުމާއި، މެނޭޖުކުރަންޖެހޭ ކުނި ނިސްބަތުން މަދުވެފައި، ކުނި ނައްތާލަން ފަސޭހަވާނެތީއެވެ.

ވެމްކޯވ. ފެލިދޫ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު