Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީޔޫއާއި ޔޫކްރެއިން ގުޅުން

ޔޫކްރެއިނުން އީޔޫ އާއި ގުޅުމަށް ކުރާ މަސައްކަތް ދަނީ ރަނގަޅަށް: އީޔޫގެ ރައީސް

އީޔޫއިން ޔުކްރެއިންގެ ސްކޫލްތައް އަލުން އެޅުމަށް 100 މިލިއަން ޔޫރޯގެ އެހީ ވެދޭނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 16 ސެޕްޓެމްބަރު 2022 | ހުކުރު 10:39
ރައީސް ޒެލެންސްކީ އަދި އީޔޫގެ ރައީސް އުރްސަލާ

ރައީސް ޒެލެންސްކީ އަދި އީޔޫގެ ރައީސް އުރްސަލާ

ޔޫކްރެއިނުން އީޔޫ އާއި ގުޅުމަށް ކުރާ މަސައްކަތް ކުރިޔަށް ދަނީ ރަނގަޅަށްކަމަށް ޔޫރަޕިއަން ކޮމިޝަން ގެ ރައީސް އުރުސަލާ ވޮންޑަލެޔަރން ވިދާޅުވެއްޖެއެވެ. ޔޫކްރެއިން އަށް ކުރެއްވި ދަތުރު ފުޅެއްގައި ރައީސް ޒެލެންސްކީގެ އަރިހުގައި ކީވް ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުރުސަލާ ވިދާޅުވީ އެމަސައްކަތް ކުރިޔަށްދާ ސްޕީޑްއާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމުގައެވެ.

އުރުސަލާ އިތުރަށް ވިދާޅުވީ ހަނގުރާމައަށްފަހު ޔޫކްރެއިން ގެ ސްކޫލްތައް އަލުން ބިނާ ކުރުމަށް 100 މިލިއަން ޔޫރޯގެ އެހީއެއް އީޔޫ އިން ފޯރުކޮށްދޭނެ ކަމުގައެވެ. ޔޫކްރެއިންގެ ރައްޔިތުން ވަމުންދާ ގުރުބާނީގެ އަގު ނުދެވޭނެ ކަމަށާ އެހެންނަމަވެސް ޔޫކްރެއިންގެ، ޔޫރަޕް ރަހުމަތްތެރިން ކިތަންމެ ގިނަ ދުވަހެއް ވިޔަސް ޔޫކްރެއިންއާއި އެކުގައި ތިބޭނެ ކަމަށް އުރްސަލާ ވިދާޅުވެފައި ވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޒެލެންސްކީ ވަނީ ޔޫކްރެއިން ހިމާޔަތް ކުރުމަށްޓަކާ އެއާ ޑިފެންސް ސިސްޓަމް ވަރުގަދަ ކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

އުރުސަލަ ޔޫކްރެއިން އަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޒެލެންސްކީ ވަނީ އެގައުމުގަދެވޭ ޚާއްސަ އެވޯޑެއް އެކަމަނާއަށް ދެއްވާފައެވެ.

ޔޫކްރެއިންއާ ބެހޭ އެހެން ބައެއް ޚަބަރު ތަކަށް ބަލާއިރު، އެގައުމުގަ ހުންނަ ބޮޑު ނިއުކްލިއަރ އިންޖީނުގެ ރަޝިޔާއިން ހިސޯރުކޮށްގެން އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ އައިއޭ އީއޭގެ ބޯޑުން ވަނީ އަމުރެއް ނެރެވަފައެވެ. 35 ގައުމު ހިމެނޭ އދގެ ޖަމާއަތުން ވަނީ މިކަމަށް އަވަހަށް އަމަލު ކުރުމަށްވެސް ގޮވާލާފައެވެ.

ޔޫކްރެއިނުން ދާދި ފަހުން އަލުން އަނބުރާ ހޯދި ޔޫކްރެއިންގެ އިޒްޔޫމް ސަރަހައްދުން 440 އެއްހާ މީހުން ވަޅުލާފައިވާ ގަބުރުސްތާނެއް ފެނިއްޖެ ކަމަށް ޔޫކްރެއިނުން ބުނެފައިވެއެވެ. މިމީހުންނަކީ ކޮން އިރަކު ކިހިނެއް މަރުވި މީހުންކަން ނޭނގޭ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަދުނިޔެޔޫރަޕިއަން ކޮމިޝަން ޔޫރަޕިއަން ޔޫނިއަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު