Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕިކްނިކް އައިލެންޑް

ޕިކްނިކް އައިލެންޑް މިއަހަރުގެ ތެރޭގައި ހުޅުވަނީ

ޕިކްނިކް އައިލެންޑެއް ގާއިމްކޮށްދެއްވުމަކީ ރައީސްގެ ވައުދުފުޅެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 13:13
ޕިކްނިކް އައިލެންޑް ކުޑަގިރި

ޕިކްނިކް އައިލެންޑް ކުޑަގިރި

މިއަހަރުގެ ތެރޭގައި ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑް ހުޅުވުމަށް ހަމަޖެހިފައިވާކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ, މި އަހަރުގެ ތެރޭގައި ކުޑަގިރި ހުޅުވުމުގެ އުންމީދު ވަރަށް ބޮޑުކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިޞަލް ނަސީމްވެސް ކުޑަގިރީގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ސަރުކާރުން ކުރިން މަސައްކަތްކޮށްފައި ވަނީ މި އަހަރުގެ ޖުލައި 26 ވަނަ ދުވަހު ކުޑަގިރި ހުޅުވުމަށެވެ. ސަރުކާރުން ބުނީ ކުޑަގިރި ހުޅުވުން ފަސްކުރީ އެ ރަށް ފެހިކުރުމުގެ މަސައްކަތާއި ރަށުގައި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައި ނުވާތީކަމަށެވެ. ކުޑަގިރީގެ ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑް ތަރައްގީކުރަން ޕްލޭނިންގ މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފައި ވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެ މަސައްކަތުގެ އަގަކީ 41.4 މިލިއަން ރުފިޔާއެވެ. ކުޑަގިރިފަޅުން 8 ހެކްޓަރުގެ ބިން ހިއްކައި 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓަރއަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް ވަނީ އަޅާފައެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ގާއިމްކޮށްދެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ.

ޕިކްނިކް އައިލެންޑްއެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް

އިތުރަށް ކިޔާލަން

15 މާރިޗު 2023

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޓެއިނަރައިޒްޑް ޑޭޓާ ސެންޓަރެއް ހުޅުވައިފި

15 މާރިޗު 2023
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޓެއިނަރައިޒްޑް ޑޭޓާ ސެންޓަރެއް ހުޅުވައިފި
05 ފެބުރުއަރީ 2023

ހިޔާ ޓަވަރުތަކުގެ ސީސީޓީވީ ފުޓޭޖް ހިއްސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ފުލުހުންނާއި އެޗްޑީސީން ސޮއިކޮށްފި

05 ފެބުރުއަރީ 2023
ހިޔާ ޓަވަރުތަކުގެ ސީސީޓީވީ ފުޓޭޖް ހިއްސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ފުލުހުންނާއި އެޗްޑީސީން ސޮއިކޮށްފި
18 ޑިސެމްބަރު 2022

ތިލަފުށީގެ މަސައްކަތް ނިމުމުން ސިނާއީގޮތުން މާލެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ލިބޭނެ: އެޗްޑީސީ

18 ޑިސެމްބަރު 2022
ތިލަފުށީގެ މަސައްކަތް ނިމުމުން ސިނާއީގޮތުން މާލެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ލިބޭނެ: އެޗްޑީސީ
20 ނޮވެމްބަރު 2022

އެޗްޑީސީން އެންމެ ބޮޑު އިސްކަމެއްދެނީ ހުޅުމާލެއަކީ އަސާސީ ވަސީލަތްތައް ފުރިހަމަތަނަކަށް ހެދުމަށް - އެޗްޑީސީ

20 ނޮވެމްބަރު 2022
އެޗްޑީސީން އެންމެ ބޮޑު އިސްކަމެއްދެނީ ހުޅުމާލެއަކީ އަސާސީ ވަސީލަތްތައް ފުރިހަމަތަނަކަށް ހެދުމަށް - އެޗްޑީސީ
31 ޑިސެމްބަރު 2021

ޕިކްނިކް އައިލެންޑް ވަގުތީގޮތުން ބޭނުންކުރުމަށް ފުރުސަތު ހުޅުވާލައިފި

31 ޑިސެމްބަރު 2021
ޕިކްނިކް އައިލެންޑް ވަގުތީގޮތުން ބޭނުންކުރުމަށް ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު