Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖެ އިޝްތިހާރުކުރުން

އެމެރިކާ އާއި ކެނެޑާގައި މަތީ ފަންތީގެ ރޯޑް ޝޯތަކެއް!

15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 06:28

މި ރޯޑްޝޯ ތަކުގައި ރާއްޖޭގެ ޕްރޮޑަކްޓުތައް އިޝްތިހާރުކުރާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 06:28
ނިއު ޔޯކުގައި ކުރިއަށްގެންދިޔަ ރޯޑްޝޯގެ ތެރެއިން

ނިއު ޔޯކުގައި ކުރިއަށްގެންދިޔަ ރޯޑްޝޯގެ ތެރެއިން

އުތުރު އެމެރިކާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި މާކެޓަށް އަމާޒުކޮށްގެން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހާއްސަ ރޯޑްޝޯ ސިލްސިލާއެއް ކުރިއަށްގެންގޮސްފިއެވެ.

މި ސިލްސިލާގެ ފުރަތަމަ ރޯޑްޝޯ ބާއްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްގައެވެ. އަދި ސެޕްޓެމްބަރު 14 މަނަދުވަހު ދެވަނަ ރޯޑްޝޯ ނިއު ޔޯކް ސިޓީގައި ބާއްވާފައިވާއިރު، ސެޕްޓެމްބަރު 15 ވަނަ ދުވަހު މި ސިލްސިލާގެ އެންމެ ފަހު ރޯޑްޝޯ ބާއްވާނީ ކެނެޑާގެ ޓޮރޮންޓޯގައެވެ.

އެމްއެމްޕީއާރުސީން ބުނީ މި ރޯޑްޝޯތަކަކީ އެމެރިކާ އަދި ކެނެޑާގެ ޓްރެވަލް ޓްރޭޑާ ގުޅުން ބަދަހިކޮށް، ފަތުރުވެރިކަމުގެ އުޖާލާ މަންޒިލެއްގެގޮތުގައި ރާއްޖެ އިސްތިހާރުކޮށް، ރާއްޖެއާ ބެހޭގޮތުން އެ ފަރާތްތައް އަހުލުވެރިކޮށް، މި މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މި ރޯޑްޝޯތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއިން ޖުމުލަ 11 ކުންފުންޏަކުން ބައިވެރިވެއެވެ. މި ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ރިސޯޓްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އިންޑަސްޓްރީގެ ތަޖުރިބާކާރުން ބައިވެރިވެއެވެ. ރޯޑްޝޯތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިސޯޓް، ހޮޓަލް، ގެސްޓްހައުސް އަދި ލިވަބޯޑްތައް އިތުރަށް އިޝްތިހާރުކޮށް، ގުދުރަތީ ގޮތުން ރާއްޖޭގެ ޖަޒީރާ ރަށްތައް އުފެދިފައިވާ ގޮތާއި، ރާއްޖެއިން ލިބޭ ތަފާތު ފޯރިގަދަ ތަޖުރިބާތައް އެމްއެމްޕީއާރުސީ އާއި އިންޑަސްޓްރީ ޕާޓްނަރުން މާކެޓްކުރަމުންދެއެވެ.

އެމެރިކާ މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑްގެ މަގުބޫލުކަން ދަމަހައްޓާ ހަރުދަނާ ކުރުމުގެ ސަބަބުން އެމެރިކާއަކީ ދިވެހިރާއްޖެއާ ދުރު މަންޒިލެއްކަމުގައިވިޔަސް އެތައް ހާސް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ މުހިންމު މާކެޓެވެ. މި އަހަރު ސެޕްޓެމްބަރ 7 ގެ ނިޔަލަށް އުތުރު އެމެރިކާއިން 52,168 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން އެމެރިކާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 6 ވަނަ އެންމެ ބޮޑު މާކެޓެއެވެ. އޮގަސްޓް 13 ވަނަ ދުވަހު ދިވެހިރާއްޖެއަށް މި އަހަރުގެ އެއް މިލިޔަންވަނަ ފަތުރުވެރިޔާ ވަނީ ޒިޔާރަތްކޮށްފައެވެ.

ވިޒިޓް މޯލްޑިވްސްއެމެރިކާކެނެޑާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
09 ނޮވެމްބަރު 2025

ކެޓްރީނާ އަށް ދަރިޔަކު ލިބިގެން މުއިއްޒު ސަރުކާރުން މަރުހަބާ ކިޔައިފި

09 ނޮވެމްބަރު 2025
ކެޓްރީނާ އަށް ދަރިޔަކު ލިބިގެން މުއިއްޒު ސަރުކާރުން މަރުހަބާ ކިޔައިފި
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް