Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރޯޑްކާސްޓިންގ އެވޯޑް

ނޫސްވެރިކަމުގެ މައްޗަށް ސަރުކާރުން އަތްގަދަކުރާނެ ޖާގައެއް މިއަދު ނެތް: ރައީސް

ބުނެވޭ ބަހެއްގެ ސަބަބުން، ނުވަތަ ލިޔެވޭ ލިޔުމެއްގެ ސަބަބުން، ނުކުންނަ ނަތީޖާއަކީ، ރަނގަޅު ނުވަތަ ގޯސް ނަތީޖާއެއްތޯ ބަލައިލުމަކީ، ޒިންމާދާރު ނޫސްވެރިން ކުރަންޖެހޭނެ ކަމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:37
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ނޫސްވެރިކަމުގެ މައްޗަށް ސަރުކާރުން އަތްގަދަކުރާނެ ޖާގައެއް މިއަދު ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކޮށް ބޭއްވި ފުރަތަމަ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މީޑިއާ ކައުންސިލް މިނިވަންކަމާއެކު ޙަރަކާތްތެރިވާނެ ފުރުޞަތު މިއަދު އެބައޮތްކަމަށެވެ. މީގެއިތުރުން ރާއްޖޭގެ ނޫސްވެރިކަން، އަންނަން އޮތް ޖީލަށް، އަމާނާތްތެރިކަމާއެކު، ރައްދު ކުރެވެންޖެހޭނެ ކަމަށާއި އެކަމަށްޓަކައި ރާއްޖޭގެ ގިނަ ނޫސްވެރިން ގަދައަޅައި މަސައްކަތްކުރާކަން ފާހަގަކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އަދިވެސް ކުރަންޖެހޭ ކަންކަން ގިނަ ކަމަށާއި މާލީ ދަތިކަން ހުރިކަން ގަބޫލުފުޅުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ބޭނުންވާ ހުނަރާއި، ޤާބިލްކަމާއި، ތަމްރީނު، ރާއްޖޭގެ ނޫސްވެރިންނަށް ލިއްބައިދިނުމަށް، އިހުނަށްވުރެ އިތުރަށް، މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމުގައި ސަރުކާރާއި ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މީޑިއާ ކައުންސިލްގެ ދައުރު މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަމަކާ ގުޅިގެން ތިމާއަށް ފެންނަ ގޮތާއި ދެކޭގޮތް ހާމަކުރުމަކީ އޮންނަންޖެހޭ މިނިވަންކަމެއްކަމަށެވެ. އެހެންނަމަވެސް ފާޅުކުރެވޭ ޚިޔާލުވާންވާނީ އަނެކާއަށް އިހުތިރާމް ކުރެވޭ ޚިޔާލަކަށްކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޚިޔާލެއް ފާޅުކުރުމުގެ ކުރިން، ނުވަތަ ބަހެއް ބުނުމުގެ ކުރިން، އެކަމަކުން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ ވިސްނާލަންޖެހޭކަމަށާއި އެއީ ތިމާއަށް ފެންނަގޮތް ހާމަކުރުމަކީ، ގޯސް ކަމަކަށް ވެގެން ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އެ ބުނެވޭ ބަހެއްގެ ސަބަބުން، ނުވަތަ ލިޔެވޭ ލިޔުމެއްގެ ސަބަބުން، ނުކުންނަ ނަތީޖާއަކީ، ރަނގަޅު ނުވަތަ ގޯސް ނަތީޖާއެއްތޯ ބަލައިލުމަކީ، ޒިންމާދާރު ނޫސްވެރިން ކުރަންޖެހޭނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރުމާއި، މަޢުލޫމާތު ފެތުރުމަށްވުރެ، ނޫސްވެރިކަމާއި ބްރޯޑްކާސްޓް ކުރުމުގެ ޒިންމާ މާބޮޑުކަމަށާއި އެއީ ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޤައުމީ މަޞްލަޙަތާ ގުޅިފައިވާ ކަންކަމަށް، ރައްޔިތުންގެ ޚިޔާލާއި ވިސްނުން، ސީދާކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ބްރޯޑްކޮމް

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2025

ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި

01 ސެޕްޓެމްބަރު 2025
ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި
31 އޯގަސްޓު 2025

މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟

31 އޯގަސްޓު 2025
މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟
21 އޯގަސްޓު 2025

ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި

21 އޯގަސްޓު 2025
ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި
27 ޖެނުއަރީ 2025

ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު

27 ޖެނުއަރީ 2025
ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު
19 ނޮވެމްބަރު 2024

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

19 ނޮވެމްބަރު 2024
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު