Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސާޖަންޓް އެޓް އާމްސްގެ މަގާމަށް ހުޅުވާލުން

މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ޝަރުތު ފުރިހަމަވާ ފަރާތްތަކުން 28 ސެޕްޓެމްބަރ ވާ ބުދަ ދުވަހުގެ މެންދުރު 12 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ސެޕްޓެމްބަރު 2022 | ބުދަ 02:01
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް މީހަކު އައްޔަނުކުރުމަށްޓަކައި އެމަގާމަށް ކުރިމަތިލުމަށް އެދޭފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެންމެ ދަށްވެގެން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޝަންޑް އޮފިސަރެއްގެ މަޤާމަށް ޝަރުޠު ފުރިހަމަވާ އުމުރުން 25 އަހަރު ވެފައިވާ މީހުންނަށް އެމަގާމަށް ކުރިމަތިލެވޭނެކަމަށެވެ. މީގެއިތުރުން މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވާންވާނެކަމަށާއި އެމީހަކީ ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތަކަށް ވާންވާނެކަމަށެވެ. ޝަރުތު ފުރިހަމަވާ ފަރާތްތަކުން 28 ސެޕްޓެމްބަރ ވާ ބުދަ ދުވަހުގެ މެންދުރު 12 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން އަންނަނިވި ކަންކަމަކީ ސާޖަންޓް އެޓް އާމްސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އެއީ:

- މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާ ވަގުތުތަކުގައި، މަޖިލީހުގެ ރައީސް އަންގާ ގޮތެއްގެމަތިން މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލުން.

- މަޖިލީހުގެ ރައީސް ކުރާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒުކުރުން.

- މަޖިލީހުގެ އިމްތިޔާޒާގުޅޭ އުސޫލުތައް ތަންފީޒުކުރުމުގައި ދިމާވާ ކަންކަން ފާހަގަކޮށް، ޢާންމު ކޮމިޓީގެ ސަމާލުކަމަށް ގެނައުން. އަދި އޭނާގެ މުވައްޒަފުންގެ ޢަމަލުތަކާ ގުޅޭގޮތުން ޢާންމު ކޮމިޓީއަށް ޖަވާބުދާރީވުން.

- މަޖިލީހުގެ ގެލެރީތަކަށް މީހުން ވަންނަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމާއި ގެލެރީތަކުން ނެރެންޖެހޭ މީހުން ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ނެރުމުގެ ޒިންމާ އުފުލުން.

- މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދައޮތް މީހަކު ފިޔަވައި، އެނޫން މީހަކު ޖަލްސާއެއް ހިނގަމުންދާ ވަގުތު، މަޖިލިސްކުރާ މާލަމުގައި ނުބެހެއްޓުން.

- މަޖިލީހުގެ ގެއަށް އަންނަ މެހެމާނުންނާއި މަޖިލީހުގެ ކޮމިޓީތައް ހިނގަމުންދާ ވަގުތުތަކުގައި ކޮމިޓީއަކަށް އަންނަ މެހެމާނުންނާއި ނޫސްވެރިން މަޖިލީހުގެ ނިޒާމާ ޚިލާފު އެއްވެސްކަމެއް ހިންގައިފިނަމަ، އެކަމެއް ޢާންމު ކޮމިޓީގެ ސަމާލުކަމަށް ގެނައުން.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ގެ 18 ވަނަ މާ އްދާގެ (ށ) ގެ ދަށުން، ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ޝަރުޠު ފުރިހަމަވާ މީހުންގެ ނަންތައް، މަޖިލީހުގެ ރައީސް މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި އެ މާއްދާގެ ދަށުން، އެ މަޤާމަށް ޢައްޔަންކުރާނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވާ މީހެކެވެ.

މިމަގާމަށް ހޮވޭ މީހެއްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ އަސާސީ މުސާރައިގެ ގޮތުގައި 32،000 ރުފިޔާ އާއި ލިވިންގ އެލަވަންސްގެ ގޮތުގައި ހަތަރު ހާސް ރުފިޔާ އާއި ފޯނު އެލަވަންސްގެ ގޮތުގައި އެއް ހާސް ރުފިޔާ އާއި ޕާލިމަންޓަރީ ސަރވިސް އެލަވަންސްގެ ގޮތުގައި ހަހާސް ހަތަރު ސަތޭކަ ރުފިޔާއެވެ. ޖުމްލަ 43،400 ރުފިޔާއެވެ.

ސާޖެންޓް އެޓް އާމްސްގެ މަގާމު އުފައްދާފައިވަނީ އޮކްޓޫބަރު 31، 2013 ގައެވެ. އޭގެފަހުން މިދިޔަ މަހާ ހަމައަށް ވެސް އެ މަގާމުގައި ހުންނެވީ މުހައްމަދު ހަލީމެވެ. ނަމަވެސް މަޖިލީހުގެ އާއްމު ކޮމިޓީން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން ދޮޅު އަހަރު ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު ހަލީމު ވަނީ މަގާމުން ވަކިކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު